Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާރިޖީ ދާއިރާއިން ރާއްޖެ ހޯދި ކާމިޔާބީ

ޚާރިޖީ ދާއިރާއިން ލިބުނު ކާމިޔާބީއާއެކު ގައުމުތަކުގެ ތައުރީފް ރާއްޖެއަށް!

24 ސެޕްޓެމްބަރު 2021 | ހުކުރު 20:27

މި ދަނޑިވަޅުގައި އދގެ އާއްމު މަޖިލީހުގެ ރިޔާސާތާ، ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ބޭފުޅަކު ހަވާލުވުމަކީ ފާހަގަކުރަން ޖެހޭކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ސެޕްޓެމްބަރު 2021 | ހުކުރު 20:27
ރަަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސްއާ ބައްދަލުކުރެއްވުން

ރަަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސްއާ ބައްދަލުކުރެއްވުން

ބޮޑު އަޣުލަބިއްޔަތަކުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ހޮވިވަޑައިގެން މިހާރު ކުރިޔަށްދާ އދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވާއިރު އާންމު މަޖިލީހުގައި ތަގުރީރުކުރައްވާ ގައުމުތަކުގެ ލީޑަރުން ގެންދަވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ތައުރީފްކުރައްވަމުންނެވެ.

އދގެ އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން ބޮޓްސްވާނާގެ ރައީސް މޮކްގްވިސްތީ މަސީސީ ވިދާޅުވީ މިނިސްޓަރ ޝާހިދު އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމަކީ ހައިރާންވާން ޖެހޭކަމެއް ނޫންކަމަށާއި، އެމަނިކުފާނު ރިޔާސަތަށް ވަޑައިގަތީ ތަޖުރިބާއާ ޤާބިލްކަމާއެކުގައި ކަމަށެވެ. އަދި ބޮޑު އަޣުލަބިއްޔަތަކުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ހޮވިވަޑައިގަތުމަކީ ބައިނަލްއަޤްވާމީ މުޖްތަމައުން އެމަނިކުފާނާއި، ދިވެހިރާއްޖެއާއި މެދު ދެކޭ ގޮތުގެ ނަމޫނާއެއްކަމަށް ބޮޓްސްވާނާގެ ރައީސް ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދުގެ ޑިޕްލޮމެޓިކް ތަޖުރިބާއާއި، ޤާނޫނު ހަދާ މަޖިލީހުގެ ތަޖުރިބާގެ އިތުރުން ސަރުކާރުގެ ތަޖުރިބާގެ އަލީގައި މިއަހަރުގެ އާއްމު މަޖިލީހުގެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމަށްވެސް ބޮޓްސްވާނާގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދުގެ މިޝަން ސްޓޭޓްމަންޓްގައި ހިމެނޭ "އުއްމީދުގެ 5 ދޯދި" (ފައިވް ރޭސް އޮފް ހޯޕް) އަކީ މިވަގުތު އިންސާނިއްޔަތަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް އުއްމީދެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ އުއްމީދުތައް ހާސިލްކުރުމަށް ބޮޓްސްވާނާއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަންވެސް ބޮޓްސްވާނާގެ ރައީސް ދެއްވިއެވެ.

ޢާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޯނީޝިއާގެ ރައީސް ޑޭވިޑް ޕަނުއެއްލޯ ވެސް ވަނީ މިނިސްޓަރ ޝާހިދަށާއި ދިވެހިރާއްޖެއަށް ތައުރީފުކުރައްވާފައެވެ. އަދި މި ހައްސާސް ދަނޑިވަޅުގައި އދގެ ޢާއްމު މަޖިލީހުގެ ރިޔާސާތާ، ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ބޭފުޅަކު ހަވާލުވުމަކީ ފާހަގަކުރަން ޖެހޭކަމެއްކަމަށް ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކާ ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަޤްވާމީ މުޖްތަމައުގައި އަޑުއުފުލާ އަދި ޤައުމުތައް ލީޑްކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރައްވައި، ދެޤައުމު އަދި ޖަޒީރާ ޤައުމުތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް މައިކްރޯނީޝިއާގެ ރައީސް އަލިއަޅުއްވާލެއްވިއެވެ.

އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ޤައުމުތަކުގެ އެންމެ އިސްވެރިން ތަޤްރީރުކުރެއްވުން ކުރިއަށްދާއިރު، ސެޝަންގެ ހަވާސާގައި މިނިސްޓަރ ޝާހިދު ގެންދަވަނީ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޤައުމުތަކުގެ ވެރިންނާއެކު ބައްދަލުކުރައްވަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ގެންދަވަނީ ސެޝަންގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، ސެޝަންގެ ހަވާސާގައި ކުރިއަށްދާ ތަފާތު އެކި އިވެންޓްތަކާއި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ

އެކުވެރި ދައުލަތްތައް (އ.ދ.)ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
23 ސެޕްޓެމްބަރު 2024

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
08 ޖޫން 2024

އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި

08 ޖޫން 2024
އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި
21 މެއި 2024

ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ

21 މެއި 2024
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ
10 މެއި 2024

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

10 މެއި 2024
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
03 މެއި 2024

ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ

03 މެއި 2024
ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ
26 އެޕްރީލު 2024

ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.

26 އެޕްރީލު 2024
ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް