Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ އަނބިކަނބަލުންގެ ބައްދަލުވުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެމެރިކާގެ ގަރލް ސްކައުޓްސްގެ އިންޓެރިމް ޗީފް އެގްޒެކެޓިވް އޮފިސަރާ ބައްދަލުކުރައްވައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ނާޒުކު ހާލަތުގައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގަރލް ގައިޑުން ޢީޖާދީ ދައުރެއް އަދާކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2021 | ހުކުރު 07:20
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެމެރިކާގެ ގަރލް ސްކައުޓްސްގެ އިންޓެރިމް ޗީފް އެގްޒެކެޓިވް އޮފިސަރާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެމެރިކާގެ ގަރލް ސްކައުޓްސްގެ އިންޓެރިމް ޗީފް އެގްޒެކެޓިވް އޮފިސަރާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އެމެރިކާގެ ގަރލް ސްކައުޓްސްގެ އިންޓެރިމް ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) މިސް ޖުޑިތް ބެޓީއާއި، އެމެރިކާގެ ގަރލް ގައިޑްސްގެ ޑިރެކްޓަރ އޮފް ގްލޯބަލް ގަރލް ސްކައުޓިންގ މިސް އަޑްވޯ އައިޑޫއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ގަރލް ގައިޑް އެސޯސިއޭޝަނަށް، ގަރލް ގައިޑް މޫވްމެންޓުންނާއި، ވަރލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑް އެންޑް ގަރލް ސްކައުޓްގެ ފަރާތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ނާޒުކު ހާލަތުގައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގަރލް ގައިޑުން ޢީޖާދީ ދައުރެއް އަދާކޮށްފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ. ޚާއްޞަކޮށް، އެ ދުވަސްވަރު އައި އިސްލާމީ ޢީދުތަކުގައި ދުވަސްމީ މީހުންނަށް މިފަދަ އެހީތެރިކަން ވަރޗުއަލްކޮށް ފޯރުކޮށްދިނުމަށް ޒުވާނުން އަދާކޮށްފައިވާ ދައުރު އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އެމެރިކާގެ ގަރލް ސްކައުޓްސްގެ އިންޓެރިމް ސީ.އީ.އޯ ޖުޑިތް ބެޓީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްދަލުކޮށްލެވީތީ ޝުކުރުއަދާކުރައްވައި ކަމުގައި ވިދާޅުވެ، ގަރލް ގައިޑްސް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކުރެއްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި، ކުރިޔަށް އޮތް ދުވަސްތަކުގައި މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ ކޮމިޝަނަރާއެކު މަސައްކަތް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުއދ.ގެ އާންމު މަޖިލިސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

24 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު