Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަ ނޫސްވެރިންގެ މައްސަލަ

ރައީސް އޮފީހުގެ ނަމުގައި، މީޑިއާގެ އެއްވެސް ފަރާތަކާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެއް ނުވާނެ: ރައީސް އޮފީސް

ހަ ނޫސްވެރިންގެ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައި ވަނީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 މެއި 2017 | ހޯމަ 14:12
ރައީސް އޮފީހުން ހުށަހަޅާފައިވާ ކަމަށް ބުނާ މައްސަލަތަކުގައި ހިމެނޭ ރާއްޖެޓީވީގެ ނޫސްވެރިން

ރައީސް އޮފީހުން ހުށަހަޅާފައިވާ ކަމަށް ބުނާ މައްސަލަތަކުގައި ހިމެނޭ ރާއްޖެޓީވީގެ ނޫސްވެރިން

މީޑިއާގެ އެއްވެސް ފަރާތަކާއި ދެކޮޅަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މައްސަލައެއް ހުށަހަޅާފައިނުވާނެކަމަށް ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަބުރާއި ބެހިފައިވާކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރަ، މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅި ޝަކުވާތަކަކާއި ގުޅިގެން ގިނަ އަދަދެއްގެ ނޫސްވެރިންތަކެއްގެ މައްސަލަ ބަލަން ނިންމާ، ނޫސްވެރިންނަށް ވަކިވަކިން ސިޓީ ފޮނުވާފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ ނަމުގައި އެއްވެސް މީޑިއާއަކާއި ދެކޮޅަށް އަދި ނޫސްވެރިޔަކާއި ދެކޮޅަށް އެއްވެސް މައްސަލައެއް އެއްވެސް މުއައްސަސާއަކަށް ހުށަހަޅާފައިނުވާނެކަމަށެވެ. އަދި އެކަން ވާނީ މިހާރު މޯލްޑިވްސް މީޑިއާ ކައުންސިލަށްވެސް އަނގާފައިކަމަށް މުއާޒު ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

މިއާޒު އެގޮތަށް ވިދާޅުވިއިރު، މީޑިއާ ކައުންސިލުން ވަނީ "ރާއްޖެއެމްވީ"ގައި ލިޔެފައިވާ ލިޔުންތަކަކާ ގުޅިގެން ހަ ނޫސްވެރިއެއްގެ މައްސަލައެއް އެކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާތީ އެ މައްސަލަތައް ކައުންސިލުން އިސް ނަގައިގެން ބަލަން ފަށާފައެވެ. އަދި މައްސަލަ ރައްދުވާ ފަރާތްތަކަށް ޖަވާބުދާރީވުމަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. އޭގެއިތުރުން މިހާރު ނޫހާއި، ވީއެފްޕީ އޮންލާއިނާއި، ވަގުތު އޮންލައިންގެ ނޫސްވެރިންތަކަކާއި ދެކޮޅަށްވެސް ވަނީ މީޑިއާ ކައުންސިލް އިން މައްސަލަތަކެއް ބަލަން ފަށައިފަ އެވެ. އެ ނޫސް އިދާރާތަކުގެ އިތުރުން މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިންގެ މައްސަލަތަކެއްވެސް މީޑިއާ ކައުންސިލަށް ހުށަހެޅި ބަލަމުންގެންދާކަން އެނގިފައިވެއެވެ. އެ ހުރިހާ މައްސަލައެއްގައިވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަބުރާ ބެހުނުކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެވެ.

އެމައްސަލަތައް ރައީސް އޮފީހުގެ ފަރާތުން މީޑިއާ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައި ވަނީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ކަމަށް ކައުންސިލުން ބުނެއެވެ. އެ މައްސަލަތައް މީޑިއާ ކައުންސިލްގެ ސަމާލުކަމަށް ގެނައި ކަމަށް ބުނާ ތާރީހްތަކަށްބަލާއިރު، އޭރު ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރއަކަށް ހުންނެވީ އަލީ ހާލިދު އެވެ. ނަމަވެސް ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އަލީ ހާލިދު އެފަދަ މައްސަލަތަކެއް މީޑިއާ ކައުންސިލަށް ހުށަހަޅާފައެއް ނުވެއެވެ. އޭނާ މިހާރު ހުންނެވީ އެ މަގާމުން ދުރުކުރައްވާފައެވެ. މިކަމާ ބެހޭ ގޮތުން އަލީ ޚާލިދުގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ހޯމަ ދުވަހު މުއާޒު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެއްވެސް މީޑިއާ ނުވަތަ ނޫސްވެރިޔަކާ ދެކޮޅަށް އެއްވެސް މުއައްސަސާއަކަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ނޫސްވެރިންނަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭ ބައެއް ކަމަށް އެކަމަނާ ގަބޫލުކުރައްވާ ކަމަށް ވެސް މުއާޒްގެ ޓްވީޓްގައި ފާހަގަކުރެއްވިއެވެ.

ކައުންސިލުން ބަލަމުން ގެންދަނީ ރާއްޖެ ޓީވީގެ ނޫސްވެރިން ކަމަށްވާ ޢަލީ ޔޫސްފް، އަހްމަދު މުހްސިން، މުހައްމަދު ފަޒީން، އަޒްމޫން އަހުމަދު، މުހައްމަދު ވިސާމް އަދި ޢަބްދުﷲ ނަސީރު އިބްރާހިމްގެ މައްސަލައެވެ. އަދި ފަޒީނާއި އަޒްމޫންގެ މައްޗަށް ވަކިވަކިން ދެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރ ޢަލީ ޔޫސުފްގެ މައްޗައް މައްސަލަ ހުށަހަޅާފައިވަނީ "މެޑަމް ފާތުންގެ މަޤްބޫލުކަން އިތުރުވަނީ. ދެންވާނީ ކިހިނެތް" މިނަމުގައި އޭނާ ލިޔެފައިވާ ރިޕޯޓާ ގުޅިގެންނެވެ.

ރާއްޖެ ޓީވީގެ އެސިސްޓެންޓް ނިއުސް ޑައިރެކްޓަރ ޢަބްދުﷲ ނަސީރު އިބްރާހިމާ ގުޅޭގޮތުން މައްސަލަ ހުށަހަޅާފައިވަނީ އޭނާ ލިޔެފައިވާ "ރެހެންދި ޚަދީޖާއަށްފަހު "ރެހެންދި ފާތުމަ" މިނަމުގައި ލިޔެފައިވާ ރިޕޯޓާ ގުޅިގެންނެވެ.

ރާއްޖެ ޓީވީގެ އެސިސްޓެންޓް އެޑިޓަރ އަހުމަދު މުހްސިންގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ "މެޑަމް ފާތުން ދެވަނަ އަދީބަށް ވެދާނެބާ" މިމައުލޫގައި އޭނާ ލިޔެފައިވާ ރިޕޯޓް ލިޔެފައިވާތީއެވެ.

ރާއްޖެ ޓީވީގެ އެސިސްޓެންޓް އެޑިޓަރ އަޒްމޫން އަހުމަދުގެ މައްޗަށްވެސް ދެމައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ އަޒްމޫން ލިޔެފައިވާ "މެޑަމް ފާތުން އިންތިޒާމް ކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ" މިނަމުގައި ލިޔެފައިވާ ޚަބަރާއި "ކަދުރު، ޕެނަޑޯލް،ދަބަސް، ޚިތާނު ކުރުން. މިއީ ހަމަ ފިސާރި މެޑަމެއް" މިނަމުގައި ލިޔެފައިވާ ރިޕޯޓާ ގުޅިގެންނެވެ.

ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖާރނަލިސްޓް މުހައްމަދު ފަޒީނާ ގުޅޭގޮތުން ދެ މައްސަލަ ހުށަހަޅާފައިވާއިރު އެއް މައްސަލައަކީ "މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން" މިނަމުގައި ލިޔެފައިވާ ރިޕޯޓެވެ. އަނެއް މައްސަލައަކީ "މެޑަމް ފާތުން ގއ ވިލިނގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުޙަބާ ކިއުމަށް ދިއުމަށް އަންގައިފި" މިނަމުގައި ލިޔެފައިވާ ޚަބަރު ލިޔެގެން ހުށަހަޅާފައިވާ މައްސަލައެވެ.

ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖާރނަލިސްޓް މުހައްމަދު ވިސާމްއާ ގުޅޭގޮތުން މައްސަލަ ހުށަހަޅާފައިވަނީ "މެޑަމް ފާތުން ވަށާ ތޮވާފް ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހްލޫފް" މިނަމުގައި އޭނާ ލިޔެފައިވާ ޚަބަރުގެ ސަބަބުންނެވެ.

ވަކިވަކިން ހުށަހަޅާފައިވީނަމަވެސް މައްސަލަ ހުށަހަޅާފައިވަނީ އެއްކަމަކާ ގުޅޭގޮތުންނެވެ. އެގޮތުން މައްސަލަ ތަކުގެ ޚުލާސާގެ ގޮތުގައި ބުނެފައިވަނީ މެޑަމް ފާތިމަތު އިބްރާހީމްގެ ޙައްޤަކަށް، ނަމަކަށް އަދި އަބުރަށް ގެއްލުން ލިބޭފަދަ އެއްޗެއް ހިމެނޭކަމަށް ފާހަގަ ކުރެވުން ކަމަށެވެ. މައްސަލައިގެ ގޮތުގައި ހުށަހަޅާފައިވާ ޝަކުވާގެ ބާވަތެއްގެ ގޮތުގައި ބުނެފައިވަނީ މީހެއްގެ ޙައްޤަކަށް/ ނަމަށް/އަބުރަށް ގެއްލުން ދިނުން ކަމަށެވެ.

މީގެ ކުރިންވެސް ވަނީ ރާއްޖެ ޓީވީން ގެނެސްދިން ޚަބަރަކާ ގުޅިގެން ލިޔުންތެރިއަކު 50،000ރ. އިން ޖޫރިމަނާކޮށް ރާއްޖެ ޓީވީ 2 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ރާއްޖެ ޓީވީން އެޖޫރިމަނާ ދެއްކި ދުވަހު ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރިކަމަށް ބުނެ ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެފައިސާ ވެސް ރާއްޖެ ޓީވީން މިހާރު ވަނީ ދައްކާ ޚަލާސް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު