Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިން

ތަރައްގީވަމުން އަންނަ ގައުމުތަކަށް 500 މިލިއަން ޑޯޒު ވެކްސިން ހަދިޔާ ކުރަން އެމެރިކާއިން ނިންމައިފި

އެމެރިކާއިން ވަނީ މީގެ ކުރިންވެސް ކޮވެކްސް މެދުވެރިކޮށް 500 މިލިއަން ޑޯޒު ހަދިޔާ ކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 12:39
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

ތަރައްގީވަމުން އަންނަ ގައުމުތަކަށް 500 މިލިއަން ޑޯޒު ވެކްސިން ހަދިޔާ ކުރުމަށް އެމެރިކާއިން ނިންމައިފިއެވެ.

ފަގީރު ގައުމުތަކަށް ވެކްސިން ނުލިބޭ މައްސަލަ ހައްލުކުރުމަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކަށާއި ކޮވިޑްގެ ވެކްސިން ލިބުން ދަތިވެފައިވާ ގައުމުތަކަށް ފައިޒާ ވެކްސިންގެ 500 މިލިއަން ޑޯޒު ޑަބްލިއުއެޗްއޯގެ ކޮވެކްސް ޕްރޮގްރާމްގެ ދަށުން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް އެމެރިކާއިން ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް 500 މިލިއަން ޑޯޒު ފައިޒާ ވެކްސިން ފޯރުކޮށްދީފައެވެ. އިތުރު 500 މިލިއަން ޑޯޒު ހަދިޔާކުރުމަށް ނިންމުމާއިއެކު އެމެރިކާއިން ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެކްސިން ހަދިޔާކުރި އަދަދު އެއް ބިލިޔަނަށް އަރާނެއެވެ.

ކޮވިޑްގެ ވެކްސިން އުފައްދަން އެންމެ ގާބިލު ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެއެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ވެކްސިން މައްސަލާގައި އަމިއްލަ އެދުން އިސްކޮށް ފަގީރު ގައުމުތަކަށް އަޅާ ނުލާ މައްސަލަ ވަނީ މީގެ ކުރިން ފެންމަތިވެފައެވެ.

ކޮވިޑް-19އެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު