Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު

ކުރެވެނީ މަނީ ލޯންޑަރިންގެ ތުހުމަތުކަން ގާނޫނީ އިންޒާރުގައި އޮތް، ޔާމީނު ސޮއިވެސް ކުރެއްވި

މިހާރު ކުރިއަށްދަނީ ދައުލަތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމުގެ މަރުހަލާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 04:54
ރައީސް ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ރައީސް ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ތަހުގީގު ކުރިއަށްދިޔައިރު، ތުހުމަތު ކުރެވޭ ކުށް ބުނެދީފައި ނުވާކަމަށް ބުނެ އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާއަށް ދައުލަތުން ޖަވާބުދީފިއެވެ.

ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ދައުލަތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމުގެ މަރުހަލާއެވެ. އެގޮތުން މި މައްސަލައަކީ ތަހުގީގު މަރުޙަލާގައިވެސް ގޯސްތަކެއް ހަދާފައިވާ މައްސަލައެއްކަން ފާހަގަކޮށް ޔާމީނުގެ ވަކީލުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ކުރިއަށްދިޔަ ސުވާލުތަކަކީ މަނީ ލޯންޑަރިންއާ ގުޅޭ ސުވާލުތަކެއް ނޫން ކަމަށެވެ. އަދި ތަހުގީގު މަރުހަލާއިން ފެށިގެން ދައުވާ ކުރުމުގެ މަރުހަލާއަށްވެސް ދައުލަތުން ޔާމީނުގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން ސާފު ކޮށްދީފައިނުވާކަމަށް ވިދާޅުވިއެވެ. ޔާމީނުގެ ވަކީލުން ވަނީ މި މައްސަލައިގެ ގާނޫނީ އިންޒާރުގައި އެކަންކަން ބަޔާންކޮށްދީފައި ނުވާކަން ފާހަގަ ކުރައްވާފައެވެ.

އެ ނުކުތާއަށް ރައްދު ދެއްވައި ދައުލަތުގެ ފަރާތުން ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރ އާއިޝަތު މުހައްމަދު ވިދާޅުވީ، ޔާމީނަށް ކުރެވެނީ މަނީ ލޯންޑަރިންގެ ތުހުމަތުކަން ގާނޫނީ އިންޒާރުގައިވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން 8 ޖެނުއަރީ 2019 ގެ އިންޓަރވިއު ރެކޯޑިންގ ޝަރީއަތާ ހިއްސާކޮށްފައިވާނެކަން ފާހަގަ ކުރައްވައި ވަކީލާ ވިދާޅުވީ، އެ ދުވަހުވެސް ގާނޫނީ އިންޒާރުގެ މާއްދާތައް ޔާމީނަށް ކިޔާދީފައިވާ ކަމަށެވެ. އަދި އޭގައި ޔާމީން ސޮއިކޮށްފައިވާކަންވެސް ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މަނީ ލޯންޑަރިންއާ ގުޅޭ ތުހުމަތުތަކެއް ކުރެވުނުކަން ރައީސް ޔާމީނުގެ ބަޔާނުންވެސް ދޭހަވާކަން ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެގޮތުން މަނީ ލޯންޑަރިންގެ މައްޗަށް އެމަނިކުފާނަށް ތުހުމަތު ކުރާއިރު، އެމްއެމްއޭއިންވެސް ސުވާލެއް ކޮށްފައިނުވާކަން ރައީސް ޔާމީނު އަމިއްލަފުޅަށް ވިދާޅުވިކަން ބަޔާނުންވެސް ފެންނަން އޮތްކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި އެހެން އޮތުމުންވެސް ތަހުގީގުގައި މަނީ ލޯންޑަރިންގެ ކުށްކަން އަންގައި، ޖަވާބުދާރީވާން ވެސް ފުރުސަތު ދެވިފައިވާކަން އެނގޭކަމަށް ވަކީލާ ވިދާޅުވިއެވެ.

ވަކީލާ ވިދާޅުވީ، މި މައްސަލައިގައި 6 ޖެނުއަރީ 2019 ގައި ވެސް ތަހުގީގާ ގުޅިގެން ސުވާލު ކުރެވުނު ކަމަށެވެ. އެ ދުވަހުގެ ރެކޯޑިންގެ 53 މިނެޓު 19 ސިކުންތުން ފެށިގެން ޔާމީން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ކެމްޕޭން ފައިސާ އަކީ އެއްވެސް ލިއެކިއުމަކުން ފެންނަން އޮންނާނެ ފައިސާ ނޫންކަމަށް ވިދާޅުވެފައިވާކަން ވަކީލާ ފާހަގަ ކުރެއްވިއެވެ. އަދި އޭރުވެސް އެކަންކަން ސާބިތު ކުރުމަށް ހެކި ހުށައެޅުމުގެ ފުރުސަތު ދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި މީގެ ކުރިން 5 އަޑުއެހުމެއް ބާއްވައި ރައީސް ޔާމީނުގެ ފަރާތުން އިސްތިއުނާފު ނުކުތާތައް ވަނީ ހުށައަޅާފައެވެ. އެއާއެކު ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އިިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ދެއްވާފައެވެ.

ރައީސް ޔާމީންކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު