Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން

ޕީޕީއެމަށް ހުދުކާފޫރަށްވުރެ ހުދުކަން ބޮޑު ރައީސް ޔާމީން

އިދިކޮޅުން އަބަދުވެސް ގޮވަމުން އަންނަނީ ރައީސް ޔާމީން މިނިވަންކުރުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 04:28
ރައީސް ޔާމީނު ޕީޕީއެމްގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ޔާމީނު ޕީޕީއެމްގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ

ފާއިތުވި އެއް އަހަރާއި ބައިގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކުރުމަށް އޮތީ މާ ވަރުގަދަ މަސައްކަތެއް ހަވާލުވެފައެވެ. އެއީ ހަމަގައިމުވެސް އިދިކޮޅުގައި އޮންނަ ސިޔާސީ ޕާޓީން އާންމު ގޮތެއްގައި ކުރަމުން އަންނަ ސަރުކާރު ޒިންމާދާކުރެވުމެއް ނޫނެވެ. ކުރަމުން އަންނަ މަސައްކަތަކީ އެކޯލިޝަންގެ އެންމެ އިސް ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ މަސައްކަތެވެ.

އެކޯލިޝަންގެ މީހުން ބުނާގޮތުގައި ރައީސް ޔާމީން ރައްޔިތުންގެ އެންމެ ލޯލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާނެއެވެ. އެއީ އެއަށްވުރެ މާ ސީދާ ސާފު ބޭފުޅެކެވެ. ތެދެކެވެ. ޖެހިވަޑައިގަންފައިވަނީ އެންމެ ލާރިއެއްގައެއް ނޫނެވެ. އެތައް މިލިޔަން ރުފިޔާ އާއި ޑޮލަރުގައެވެ. އެކަން ކޯޓަށް ސާބިތުވެ މިހާރު އެހުންނެވީ ފަސް އަހަރުގެ ޖަލު ހުކުމެއްގައެވެ. އެހެންކަމުން އަމިއްލަފުޅު އެކައުންޓަށް މަނީ ލޯންޑަރ ކުރައްވައިގެން ވެއްދެވި ފައިސާ އަކީ ސައްހަ ފައިސާކަން ސާބިތު ކުރެއްވުމަށް ރައީސް ޔާމީން ހޭބޯ ނާރާ މަސައްކަތް ކުރައްވަނީއެވެ.

އެއީ މައްސަލައެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ މައުސޫމްކަން ސާބިތުކުރުމުގެ ހައްގު އޮންނާނެއެވެ. ރައީސް ޔާމީން މައުސޫމްކަން ސާބިތުކުރެއްވުމަށް މަސައްކަތް ކުރައްވާއިރު ކޯލިޝަންގެ އިސްވެރިންނާއި މެމްބަރުންގެ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވުމެވެ. މީގައި އިދިކޮޅު ސިޔާސީ ޕާޓީގެ ދައުރު އަދާކުރުމުގެ ގޮތުން މިގޮވާ ގޮވެލިފަތީގައި ތަފާތު ކަމެއްވެސް ހުރެއެވެ. އެއީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ހައްލަކީ ރައީސް ޔާމީންކަމަށް ދައްކައިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވުމެވެ. ގައުމުގައި އެއަށްވުރެ މުހިންމު އެހެން ކަމެއް ނެތް ފަދައެވެ.

ދޭތެރެ ދޭތެރެއިން މާލެ ތެރެއިން ތިރީހަކަށް ސާޅީހަކަށް މީހުން ހޯދައިގެން މިކުޅިވަރެއް އަންނަނީ ކުޅެމުންނެވެ. އެއްވަނީ ގައުމުގައި ހުރި މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށް ގޮވާލުމުގެ ނަމުގައެވެ. ސަރުކާރު ޒިންމާދާރުކުރުމުގެ ނަމުގައެވެ. ނަމަވެސް ވަކި ހިސާބަކުން އިވެނީ އަނެއްކާވެސް އެއްކަލަ ލަވައިގެ އަޑެވެ. ރައީސް ޔާމީން މިނިވަންކުރާށެވެ. އެއްވުމުގެ މެދު ތެރެއިން އޮންނަނީ ހިންދީ ފިލްމު "ގަޖުނީ"ގެ މަންޒަރަކަށް ބަދަލުވެފައެވެ.

އެއް ފަހަރެއްގައި އެއްވަނީ ކޮވިޑް ވެކްސިން ނުލިބިގެންނެވެ. ނަމަވެސް އެއްވުމުގެ މެދުތެރެއިން އެއްކަލަހެން މަގުމައްޗަށް ނިކުތް މަގްސަދު ހަނދާންނެތި ގޮވަން ފަށަނީ ރައީސް ޔާމީން މިނިވަންކުރުމަށެވެ. ހީވަނީ ވެކްސިންގެ ފޯމިއުލާ އޮތީ ރައީސް ޔާމީންގެ އަތްޕުޅުގައި ހެންނެވެ. މިނިވަންވުމުން ދިވެހި ހުރިހާ ރައްޔިތުންނަށް ބޭނުންވާނެ ވެކްސިން އުފައްދައި ދިވެހިންނަށް ވެކްސިން ފޯރުކޮށްދޭނެ ހެންނެވެ. ވެކްސިން އުފައްދާ ލެބޯޓްރީއެއް އެމަނިކުފާނު އުފައްދަވާފައި ހުރީ ތޯއްޗެކެވެ. ވެކްސިން ނުލިބިގެން ވެކްސިން ހޯދަން ގޮވަން ނިކުތް ބަޔަކު ޔާމީން މިނިވަންކުރަން ގޮވާނީ އެހެންވެތާއެވެ.

މިދޭތެރެއަކުން ފިޔަވަތީގައި ހިނގި ކަންތައްތަކެއްގައިވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރޝިޕު ވަރަށް ކަންބޮޑުވެއްޖެއެވެ. އެހެންކަމުން ކޮންމެހެންވެސް މަގުތަކަށް ނިކުމެ ގައުމަށްޓަކައި އޮތް ލޯބި ހާމަކުރަން ޖެހިއްޖެއެވެ. އެހެންވެ މާލެ ތެރެއިން އަނެއްކާވެސް ކުދިންކޮޅެއް ހޯދައި އެކުދީންގެ އަތަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ދިދަ ލައިގެން މަގުތަކަށް އެއްވެއްޖެއެވެ. ފިޔަވަތި އިސްލާހުކުރަން ގޮވާލަން ފަށައިފިއެވެ. ވަކި ހިސާބަކުން އަނެއްކާވެސް އިވެންފެށީ އެއްކަލަ ގޮވެލި ފައްޗެވެ. ރައީސް ޔާމީން މިނިވަންކުރާށެވެ.

މިފަހަރުވެސް ހިތަށް އައީ ފިޔަވަތީގެ މައްސަލައަށް ހައްލެއް އަންނާނީ ރައީސް ޔާމީން މިނިވަން ކުރުމުންނެވެ. އެއީ ފިޔަވަތީގެ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ބޭހަކަށް މިފަހަރުވެސް ރައީސް ޔާމީން ވުމެވެ. ނަމަވެސް ރައީސް ޔާމީންގެ ފަސް އަހަރުގައިވެސް ފިޔަވައްޗާއި ވިލިގިނލީގައި ހުންނަ ކުޑަކުދިންގެ ހިޔާގެ މައްސަލައަށް ވަކި ގެނެވުނު ހައްލެއް ފެންނާކަށް ނެތެވެ. ކަންތައްތައް ދިޔައީ ގޯސްވަމުންނެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރި ފަހުން މިބައި މީހުން މަގުތަކަށް ނިކުންނަ މިންވަރު މިވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ. ރަށުތެރޭގައި ކިޔާތީ އިވެއެވެ. އެއީ ރައީސް ޔާމީނަށް އެމަންޒަރު ދެއްކުމުގެ ގޮތުންވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރޝިޕުން ރައީސް ޔާމީން މިނިވަންކުރަން މަސައްކަތް ކުރާކަން އެމަނިކުފާނަށް ދައްކަން އެބަޖެހެއެވެ. އެހެންވެ މަގުތަކަށް ނިކުމެ އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ކައިރިއަށްވެސް އެއްވަނީއެވެ. ނުވިތާކަށް އެމަނިކުފާނުވެސް އަމިއްލަ ގޭގެ ކުޑަދޮރުން ބޯ ދިއްކުރައްވައިގެން އެއެއްވުމުގައި ބައިވެރިވަނީއެވެ. ހުކުމެއްކޮށްފައިވާ ގައިދީއެއްހެން ހީވެސް ނުވެއެވެ.

މީގެއިތުރުން ޖުޑީޝަރީ އިސްލާހުކުރުމުގެ ނަމުގައި އަދި އިންސާފު ގާއިމުކުރުމުގެ ނަމުގައި ހަމަ އެއްވަނީއެވެ. އެބައި މީހުންގެ ހަނދާނުގައި ނެތީ މިއީ އެބައި މީހުން މިނިވަންކުރުމަށް މިގޮވާ ޔާމީންގެ ދައުރުގައި ރައްޔިތުންގެ އެންމެ ބޮޑެތި ކަންބޮޑުވުންތައް ހުރި ދާއިރާތައް ކަމެވެ. މިސަރުކާރު އައިސް ކުރަމުންދަނީ އެކަންކަން ހައްލުކުރުމުގެ މަސައްކަތްކަމެވެ.

އެބައި މީހުން ދެކޭގޮތުގައި ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށްވުރެ ބޮޑު ކަމަކީ ރައީސް ޔާމީން މިނިވަންނުވުމެވެ. ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާނީވެސް އެމަނިކުފާނު މިނިވަންވުމުންނެވެ. ވިސްނާ ވިސްނާވެސް ރައީސް ޔާމީނަށް މިމައްސަލަތައް ހައްލުކުރެވޭނެ ގޮތެއް ނުވިސްނުނެވެ. ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔައިރު ނުކުރެއްވުނުކަމެއް ވަކި ދެން ވާނެހެއްޔެވެ؟ ވެރިކަމުގެ ހުރިހާ ބާރުތައް މުށުތެރެއަށް ލައްވައިގެން ކުރަން ބޭނުންފުޅުވި ހުރިހާ ކަމެއް ކުރައްވަމުން ގެންދެވިއިރު ނުވި ކަމެއް، ރަނގަޅު ނުކުރެވުނު ކަމެއް ދެން ވަކި ވާނެ ހެއްޔެވެ؟ އޭރުވެސް އެބައި މީހުން ދައްކަމުންދިޔަ ވާހަކައަކީ ގައުމު ހަމަމަގަށް އަޅުވާނީ ރައީސް ޔާމީން ކަމަށެވެ.

އެބައި މީހުން ބުނާގޮތުގައި ގައުމުގައި ހުރި ހުރިހާ މައްސަލަތަކެއްގެ ހައްލަކީ ރައީސް ޔާމީނެވެ. އެކަންކަމަށް އޮތް ޝިފާއަކީ ރައީސް ޔާމީނެވެ. ރައީސް ޔާމީން ހުންނެވިނަމަ ކޮވިޑްވެސް ރާއްޖެ ނާންނާނެއެވެ. ކޮވިޑްގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ގުޑުވާލިއަސް ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ހިލަމެއްވެސް ނުވާނެއެވެ. އެއީ އެހާވެސް މޮޅު އިކޮނިމިސްޓެކެވެ. ނަމަވެސް އެހާމެ މޮޅު އިކޮނޮމިސްޓުގެ ފަސް އަހަރުގެ ދައުރު ނިންމާލިއިރު ގައުމު ދަރުވާފައި އޮތްވަރާއި ނަގާފައިވާ ލޯނުތައް ބޮލު އަޅަންޖެހުނު މިސަރުކާރުން އަންނަނީ ކޮވިޑްގެ ދަތި ދަނޑިވަޅުގައިވެސް އެކަންކަން ފޫބައްދަމުންނެވެ. ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަމުންނެވެ.

ނަމަވެސް މިއީ އިދިކޮޅަށް އެހާ ފަސޭހައިން ހަޖަމުކުރެވޭ ކަހަލަ ކަންކަމެއް ނޫނެވެ. އެހެންކަމުން ގޮވެނީ ހަމަ އެކައްޗެކެވެ. ކަންކަން ހައްލުވެ ގައުމުގައި ހުރި މައްސަލަތައް އެއް ފަހަރާ ހައްލުވާނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ރައީސް ޔާމީނެވެ. ރައީސް ޔާމީނަށް އެކަން ވާނީ މިނިވަންވުމުންނެވެ. ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އަދާކުރެވެންވެސް އޮތީ ރައީސް ޔާމީން މިނިވަންވުމުންނެވެ.

ރައީސް ޔާމީންއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު