Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިބު ރައީސް

ރާއްޖެ ދެމިއޮންނާނީ ހުރިހާ ޤައުމަކާއެކު ވެސް ގުޅިގެން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގަ: ނައިބު ރައީސް

މީހުން ބިނާކުރުމަށް ޤައުމުތަކުން ހުއްޓުމެއްނެތި ލިބެމުން އަންނަ އެހީތެރިކަން ފާހަގަކުރެވޭ

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 04:23
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް

ދިވެހިރާއްޖެއަށް ކުރިއެރުމާއި ކާމިޔާބީ ހޯދެންއޮތީ މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކާއެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޕީ.އެސް.އެމްގެ ޚާރިޖީ ސިޔާސަތު ޕްރޮގްރާމްގެ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ބުދަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.‎

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ބޭރު ދުނިޔެއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެއް ކަމަށާއި އެގޮތުން ޓުއަރިޒަމަށް ނުވަތަ ބޭރު ފައިސާއަށް ބަރޯސާވާ މިންވަރު ވެސް އޮންނަނީ މުޅި ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅިފައި ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ދުނިޔޭގެ ކުދި ބޮޑު އެންމެހާ ޤައުމުތަކާއެކު މެދުކެނޑުމެއްނެތި ގުޅުން ބަދަހި ކުރަންޖެހިފައިވާކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު އދ.ގެ އާންމު މަޖިލީހުގައި ދިވެހި ބަހުން ތަޤުރީރު ކުރެއްވިއިރު، އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަން ދިވެހި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންނެވުމުން ދޭހަކޮށްދެނީ ދުނިޔޭގެ ގައުމުތަކުން ދިވެހިރާއްޖެއަށް ކުރައްވާ އިތުބާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.‎

Advertisement - newsAdvertisement

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހިރާއްޖެ އޮތް ނާޒުކު ހާލަތު ސިފަކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ބައެއް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ގުޅުން ކަނޑާލެވިފައިވާ ކަމަށާއި އެގޮތުން ކޮމަންވެލްތާއި އަރަބި ބައެއް ޤައުމުތަކާއެކު އޮތް ގުޅުން ވެސް ކަނޑާލެވިފައިވާ ކަމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން މިގޮތަށް ކަނޑާލެވިފައިވާ ގުޅުންތައް އަލުން އިއާދަކުރެއްވުމަށް މަސައްކަތް ފެއްޓެވިކަން ފާހަގަކުރެއްވިއެވެ. އަދި އެކި ޤައުމުތަކާއެކު އޮތް ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމުގެ މަސައްކަތް އަލުން ފެއްޓެވުމާއެކު ދިވެހި ރައްޔިތުން ބޭނުންވި ގޮތަށް ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެވި، އެކި ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންގޮސްފައިވާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޯވިޑްގެ ހާލަތުން ދިވެހިރާއްޖެ އަރައިގަތުމަށް ކުރެވުނު މަސައްކަތަށް އެކަނި ބެލިކަމުގައިވިއަސް ދިވެހި ޚާރިޖީ ސިޔާސަތުގެ ފޮނިމީރުކަން ފެނިގެންދާކަމުގައި ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ އެތައް ޤައުމެއްގެ އެހީތެރިކަން އެ ހާލަތުގައިވެސް ލިބިގެން ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ވެކްސިން ލިބުނު ޤައުމުތަކުގެ ތެރެއިން ވެސް އެންމެ ކުރިން ވެކްސިން ލިބުނު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިގެންގޮސްފައިމިވަނީ ރާއްޖެއިން ގެންގުޅޭ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖެ ދެމިއޮންނާނީ ހުރިހާ ޤައުމަކާއެކުވެސް ގުޅިގެން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުގައިވެސް އިތުރު 7 ޤައުމަކާއެކު ގުޅުން ގާއިމުކުރެވިގެންގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު މިއަދު ބައްޓަންކުރެވިފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖެއަށް އެތައް ގިނަ ފައިދާއެއް ކުރާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.‎ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ މިހާރު މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ އެންމެހާ ޤައުމުތަކާއި ގުޅިގެން ކަމަށާއި މި ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެއަށް ކޯވިޑް 19 އިން އަރައިގަތުމަށް ވެސް އެތައް ބައިވަރު އެހީއެއް ލިބެމުންދާ ކަމަށާއި އޭގެ އިތުރުންވެސް އިންސާނީ ވަޞީލަތް ގާއިމުކުރުމަށާއި މީހުން ބިނާކުރުމާއި އެކިއެކި ދާއިރާތަކުން ހުއްޓުމެއްނެތި ލިބެމުން އަންނަ އެހީތެރިކަމަކީ ދިވެހިރާއްޖެއަށް އެކަންކަމުން ގިނަގުނަ ފައިދާތައް ލިބެމުންދާ ކަމެއް ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު