Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖާބިރާ ދެކޮޅަށް މުޒާހަރާކުރުން

4.7 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ބުނެ، ޖާބިރާ ދެކޮޅަށް މަތިވެރީގެ ރައްޔިތުން މުޒާހަރާކުރަނީ!

21 ސެޕްޓެމްބަރު 2021 | އަންގާރަ 16:21

ޖާބިރު ހުންނެވީ ޕޮލިސް ސްޓޭޝަންގައި

އަމްނާ އިމާދު
އަމްނާ އިމާދު | 21 ސެޕްޓެމްބަރު 2021 | އަންގާރަ 16:21
ޕޮލިސް ސްޓޭޝަން ސަރަހައްދަށް ރައްޔިތުން އެއްވެފައި

ޕޮލިސް ސްޓޭޝަން ސަރަހައްދަށް ރައްޔިތުން އެއްވެފައި | ރާއްޖެއެމްވީ

ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރާ ދެކޮޅަށް އއ. މަތިވެރީ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މަތިވެރި ކައުންސިލްގެ ރައީސް އަޙުމަދު އަސްލަމް ވިދާޅުވީ, މެމްބަރު ޖާބިރު އެރަށަށް ވަޑައިގެންނެވީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:30ހާއިރު ކަމަށެވެ. ޖާބިރު ވަޑައިގެންނެވުމާއެކު ރައްޔިތުން ނުރުހުން ފާޅުކޮށް, އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ޖާބިރު މިވަގުތު ހުންނެވީ ޕޮލިސް ސްޓޭޝަންގައި ކަމަށާއި، ރައްޔިތުން ޕޮލިސް ސްޓޭޝަން ސަރަހައްދަށް އެއްވެ ނުރުހުންފާޅު ކުރަމުންދާ ކަމަށެވެ. އަދި މިމުޒާހަރާގައި 200އެއްހާ ރައްޔިތުން ބައިވެރިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ މަތިވެރީގެ ރައްޔިތުން ޖާބިިރާ ދެކޮޅަށް މުޒާހަރާއަށް ނުކުތީ ކައުންސިލަށް ދައްކަން ޖެހޭ 4.7 މިލިއަން ރުފިޔާ ނުދައްކާތީ ކަމަށާއި، އެފައިސާ ދައްކަން ރައްޔިތުން ޑިމާންޑް ކުރަމުންދާ ކަމަށެވެ.

ގެސްޓްހައުސް ތަރައްގީ ކުރުމަށް، ޓޫރިޒަމް މިނިސްޓްރީން ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މަތިވެރީ ބިމުން ކުއްޔަށް ދޫކޮށްފައިވާ ގެސްޓްހައުސް ބިން 1 އަދި ގެސްޓްހައުސް ބިން 2ގެ ކުލި ގަވާއިދުން ނުދައްކާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގަވާއިދުން ބިމުގެ ކުލި ދައްކަމުން ނުދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެކި ފަހަރު މަތިން ޖާބިރުއާ މަޝްވަރާކޮށް ހައްލު ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މަތިވެރީގައި ގެސްޓްހައުސް ތަރައްްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ޖާބިރަށް ކުއްޔަށް ދޫކޮށްފައިވާ ބިމާބެހޭ އެއްބަސްވުން ބަލައިގަތުމަށް މަތިވެރީ ކައުންސިލުން ވަނީ ދެކޮޅު ހަދާފައެވެ.

މިމައްސަލައާ ގުޅިގެން ކައުންސިލުން އާއްމުކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ އެރަށު ބިމުގެ ހުޅަނގު ދެކުނުފަރާތުގައިވާ ޓޫރިޒަމް ޒޯން-1 ގައި ހިމެނޭ މި 2 ބިމަކީ މަތިވެރީ ކައުންސިލްގެ ފުރިހަމަ އިޚްތިޞާޞްގައި ހިމެނޭ 2 ބިން ކަމަށެވެ. އަދި މި 2 ބިން، ޓޫރިޒަމް މިނިސްޓްރީއިން ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއަށް 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވަނީ, މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓު ގެސްޓުހައުސް ތަރައްގީ ކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނދައެޅުމާބެހޭ އުސޫލާ ޚިލާފަށް، މަތިވެރީ ކައުންސިލްގެ ބަހެއް ނެތި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީއާ ރިޗް ކްލަބް މޯލްޑިވްސްއާ ދެމެދު 29 ސެޕްޓެމްބަރ 2019ގައި ވެފައިވާ މަތިވެރީގެ ބިމާބެހޭ އެއްބަސްވުން އެކުލަވާލައިފައިވަނީ، 2017 ވަނަ އަހަރު މިނިސްޓްރީން އާންމުކޮށްފައިވާ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓު ގެސްޓުހައުސް ތަރައްގީ ކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާބެހޭ އުސޫލުގެ ދަށުންނެވެ. ނަމަވެސް މި އުސޫލުގެ 6 ވަނަ މާއްދާގައިވާ ގޮތުން، މިފަދަ ބިމެއް ޓޫރިޒަމް މިނިސްޓްރީއިން އެހެން ފަރާތަކަށް ކުއްޔަށްދޫކުރެވޭނީ، އެ ބިން ހިމެނޭ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ޖާބިރުގެ ރިޗް ކްލަބަށް މަތިވެރީގެ ބިމުން ޖުމްލަ 46280.25 އަކަފޫޓުގެ މި ބިން، 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވަނީ މަތިވެރީ ކައުންސިލާއި އެއްވެސް ކަހަލަ މަޝްވަރާއެއް ނުކޮށް ކަމަށް ކައުންސިލްގެ ޤަރާރުގައި ވެއެވެ.

މަތިވެރިމުޒާހަރާ

އިތުރަށް ކިޔާލަން

30 އެޕްރީލު 2026

އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

30 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް
19 އެޕްރީލު 2026

މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"

19 އެޕްރީލު 2026
މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
17 ސެޕްޓެމްބަރު 2025

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
16 ސެޕްޓެމްބަރު 2025

މުޒާހަރާ ރޫޅާލަން ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށް، އެތައް ނޫސްވެރިންނަކަށް އަނިޔާކުރި!

16 ސެޕްޓެމްބަރު 2025
މުޒާހަރާ ރޫޅާލަން ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށް، އެތައް ނޫސްވެރިންނަކަށް އަނިޔާކުރި!
01 ސެޕްޓެމްބަރު 2025

މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟

01 ސެޕްޓެމްބަރު 2025
މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟
19 އޯގަސްޓު 2025

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

19 އޯގަސްޓު 2025
މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ
03 މެއި 2025

ފުލުހުން އިންޒާރު ދިން ނަމަވެސް މާލޭގެ ހުރިހާ ތަނަކަށް ވެސް އެއްވެވޭނެ: ރައީސް

03 މެއި 2025
ފުލުހުން އިންޒާރު ދިން ނަމަވެސް މާލޭގެ ހުރިހާ ތަނަކަށް ވެސް އެއްވެވޭނެ: ރައީސް
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް