Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސާލިހު އދ. ގައި

އެއްވެސް ގައުމަކަށް ވަކިވެ އެކަހެރިވެގެން ހޯދޭ މޮޅު ނަތީޖާއެއް ނެތް - ރައީސް ސާލިހު

ކޮވިޑް19ގެ ސަބަބުން ގައުމުލީ ފުންނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 21 ސެޕްޓެމްބަރު 2021 | އަންގާރަ 15:01
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

އެއްވެސް ގައުމަކަށް ވަކިވެ އެކަހެރިވެގެން ހޯދޭ މޮޅުނަތީޖާއެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުންނެއެވެ.

ކޮވިޑް19ގެ އާލަމީ ވަބާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެފަދަ ކުދިޖަޒީރާ ގައުމުތަކުން ފެށިގެން، ބައްރުތަކަށް ފެތުރި، އެތުރިފައިވާ ބޮޑެތި ގައުމުތަކަށްވެސް ކޮވިޑް 19ގެ ނަތީޖާއަކީ ހަމަ އެކައްޗެއް ކަމަށެވެ. އަދި ދައްކައިދިނީ ކުރިންވެސް އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބި ހަގީގަތްތަކެއް ކަމަށެވެ. އެއީ، އެއްވެސް ގައުމަކަށް ވަކިވެ އެކަހެރިވެގެން ހޯދޭ މޮޅު ނަތީޖާއެއް ނެތްކަމެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަމާން ރައްކާތެރި ދިރިއުޅުމަށްޓަކާ އެންމެން އެއްބައިވަންތަވެ އެކުވެރިވާންޖެހޭ ކަމަށާއި، މުޅިދުނިޔެ ތަހައްމަލުކުރަން ޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.  

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން، ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތައް ބަޔާންކޮށްދެއްވަމުން، ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ ނާރެސް ބަރޯސާވަނީ ފަތުރުވެރިކަމަށް ކަމަށާއި، ކާބޯތަކެއްޗާއި، ބޭހާއި އަދި ބޯހިޔާވަހިކަމަށް ބޭނުންވާތަކެތި ގެންނަން ޖެހެނީ ބޭރުން ކަމަށެވެ. 

އެގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ތަހައްމަލްކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. ފަތުރުވެރިކަން މުޅިން ހުއްޓުނު ކަމަށާއި، ބޭރު ފައިސާ ލިބުން ދަތިވެ ވިޔަފާރިތައް ހުއްޓުމަކަށް އައި ކަމަށްވެސް ވިދާޅުވިއެވެ.  ބޯޑަރުތައް ބަންދުކުރީ ހިތާއި ޒަމީރު ރުހިގެނެއް ނޫން ކަމަށާއި، ބަޔަކު އެކަމަށް އެދިގެންނޫން ނަމަވެސް އެ އުނދަގޫ ނިންމުން އެވަގުތު ނިންމަވަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން އެޅި ފިޔަވަޅުތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިބަލިމަޑުކަމާ ކުރިމަތިލުމަށް ފަށަންޖެހުނީ ސުމަކުން ކަމަށާއި، އޭރު އަދި ވެކްސިންއޮތީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައި ކަމަށެވެ. 

މި ބަލިމަޑުކަމުގެ ތެރެއިން މި ހިސާބަށް އާދެވެންދެން ދިވެހި ސަރުކާރުން ކަށަވަރުކުރި ވަކިކަންތައްތަކެއް ހުރި ކަމަށެވެ. އެއީ ކަމާބެހޭ ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތީގައި ދެމިތިބުމާއި، މުވައްޒަފުންނާއި މުއައްސަސާތަކާއި ވޮލަންޓިއަރުންގެ ސަފުތައް ރުކުރުވާލުމާއި، ކާޑާއި، ބޭހާއި ތެލާއި އެނޫންވެސް ޒަރޫރީ ތަކެތީގެ ސްޓޮކް ގުދަން ކުރުމަކީ މި ދެންނެވި ގޮތުގެ މަތިން އެޅި ފިޔަވަޅުތަކެއް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެދުވަހު ގައުމުލީ ފުންނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފައި ކަމަށްވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

އދ.ގެ އާންމު މަޖިލިސް

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2023

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

24 އޮކްޓޯބަރު 2023
ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި
17 އޮކްޓޯބަރު 2022

ގައުމުތަކުގެ މަންދޫބުންގެ ތައުރީފު ޝާހިދަށް

17 އޮކްޓޯބަރު 2022
ގައުމުތަކުގެ މަންދޫބުންގެ ތައުރީފު ޝާހިދަށް
11 އޮކްޓޯބަރު 2022

"ހަނގުރާމައިގައި ޔޫއެންޖީއޭ މެމްބަރުންގެ ސްޓޭންޑު ސާފު، ޔޫކްރެއިނުން ރަޝިއާ އަސްކަރިއްޔާ ފައިބާ"

11 އޮކްޓޯބަރު 2022
"ހަނގުރާމައިގައި ޔޫއެންޖީއޭ މެމްބަރުންގެ ސްޓޭންޑު ސާފު، ޔޫކްރެއިނުން ރަޝިއާ އަސްކަރިއްޔާ ފައިބާ"
11 އޮކްޓޯބަރު 2022

ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް ރަޝިއާގެ ދަށަށް ގެންދިއުމާ ދެކޮޅަށް އދ. ގައި ނަގަން ހަމެޖެހިފައިވާ ވޯޓު ސިއްރުކޮށްދިނުމަށް އެދުމުން އެޖަމިއްޔާއިން އިންކާރުކޮށްފި

11 އޮކްޓޯބަރު 2022
ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް ރަޝިއާގެ ދަށަށް ގެންދިއުމާ ދެކޮޅަށް އދ. ގައި ނަގަން ހަމެޖެހިފައިވާ ވޯޓު ސިއްރުކޮށްދިނުމަށް އެދުމުން އެޖަމިއްޔާއިން އިންކާރުކޮށްފި
13 ސެޕްޓެމްބަރު 2022

"ޒުވާނުންނަށް ކުރެވޭ އިންވެސްޓްމަންޓަކީ މަލްޓިލޭޓަރަލިޒަމްއަށް ކުރެވޭ އިންވެސްޓްމަންޓެއް"

13 ސެޕްޓެމްބަރު 2022
"ޒުވާނުންނަށް ކުރެވޭ އިންވެސްޓްމަންޓަކީ މަލްޓިލޭޓަރަލިޒަމްއަށް ކުރެވޭ އިންވެސްޓްމަންޓެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު