Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލީ ވަޙީދުގެ ތުހުމަތުތައް

އަލީގެ ތުހުމަތުތަކަށް ރައީސްގެ ސްޓޭންޑް ބަދަލެއް ނުވޭ: "ކޮމްޕްރަމައިޒް ވާނެ ކަމެއް ނޯންނާނެ"

ރައީސް ޞާލިޙުގެ ސްޓޭންޑަށް ބަދަލެއް އައިސްފައި ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 07:00
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރައީސް ޞާލިޙާއެކު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރައީސް ޞާލިޙާއެކު

ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކާއެކު މަޤާމުން ވަކި ކުރައްވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ މައްޗަށް ކުރައްވަމުން ގެންދަވާ ތުހުމަތުތަކަށް ރައީސް ޞާލިޙުގެ ސްޓޭންޑް ބަދަލު ނުވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އަލީ ވަޙީދު ވަނީ ރައީސް ޞާލިޙަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބިވަޑައިގެންފައިވާކަމަށް ދޭހަވާ މޭރުމުން ތުހުމަތުތަކެއް ކުރައްވާފައެވެ. އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙުގެ ސްޓޭންޑަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ކުރިން ވެސް ވިދާޅުވެފައިވާ ގޮތަށް، "ކޮމްޕްރޮމައިޒް" ވާނެ ފަދަ އެއްވެސް ކަމެއް ނޯންނާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

އަލީ ވަޙީދުގެ ތުހުމަތުތަކާއި ގުޅިގެން ރައީސް ޞާލިޙު ވަނީ މީގެ ކުރިން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ދީލާލައްވައި އަމާންދެއްވަން ޖެހޭ ކަހަލަ އެއްވެސް ލިޔުމެއް ނުވަތަ އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތުގައި ނޯންނާނެ ކަމަށާއި، އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ކޮމްޕްރަމައިޒް ވާކަހަލަ އެއްވެސް ލިޔުމެއް އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތުގައި ނޯންނާނެ. އޮތްނަމަ ހަމަކުރައްވަންވީ."

އަލީ ވަހީދުގެ މައްސަލައަށް އަލިއަޅުއްވާލައްވާ ރައީސް ޞާލިޙް އޭރު ވިދާޅުވީ އެ މައްސަލައިގެ ޝަކުވާ އައުމާއެކު އެ މުވައްޒަފުންނާއެކު ބައްދަލުކުރެއްވި ކަމަށެވެ. ޖެންޑާ މިނިސްޓަރާއެކު ބޭއްވި އެ ބައްދަލުކުރެއްވުމަށްފަހު އެވަގުތު އެޅެން އޮތް ފިޔަވަޅު އެމަނިކުފާނު އެޅުއްވި ކަމަށާއި، އެގޮތުން އަލީ ވަހީދު މަގާމުން ވަކި ކުރައްވާ އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އެންގެވި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެ މައްސަލަ އޮތީ ކޯޓު މަރުހަލާގައިކަން ފާހަގަކުރައްވައި ރައީސް ޞާލިޙް އޭރު ވިދާޅުވީ މިނިވަންކަމާއެކު ޝަރީއަތް ހިންގުމުގެ ޖާގަ ދެއްވާނެ ކަމަށާއި، އެކަމުގެ ތެރެއަށް އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ނުވަންނާނެ ކަމަށެވެ. ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ޤާނޫނުގެ ތަރަހައިގެ ތެރެއިން ފޯރުކޮށްދެމުންދާނެ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަލީ ވަޙީދުގެ މައްޗަށް ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވާއިރު، ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމުން އަލީ ވަހީދުގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުންވެސް ވަނީ އިއްވާފައެވެ. އަލީ ވަޙީދު މިހާރު ގެންދަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން ސަރުކާރަަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އަލީ ވަޙީދުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
އަލީ ވަހީދު އެމްޑީޕީއަށް

އަލީ ވަހީދު އެމްޑީޕީއަށް

07 ޑިސެމްބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު