Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަނޑުތަކާ ބެހޭ ކޮންފަރެންސް

ކަނޑުތަކާ ބެހޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙަށް ދައުވަތު ދެއްވައިފި

ޕޯޗުގަލްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ދެއްވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 03:48
ރައީސުލްޖުމްހޫރިއްޔާ ޕޯޗުގަލްގެ ރައީސްއާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޕޯޗުގަލްގެ ރައީސްއާ ބައްދަލުކުރެއްވުން

އަންނަ އަހަރު ބާއްވާ ކަނޑުތަކާ ބެހޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޕޯޗުގަލްގެ ރައީސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ދައުވަތު ދެއްވައިފިއެވެ.

ޕޯޗުގަލްގެ ރައީސް މާރޗެލޯ ރެބެލޯ ދެ ސޯޒާ، ރައީސް ޞާލިޙަށް މި ދައުވަތު ދެއްވާފައިވަނީ ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ 76 ވަނަ ސެޝަންގެ ހަވާސާގައި ބައްދަލުކުރައްވައެވެ. ކަނޑުތަކާ ބެހޭ ކޮންފަރެންސް އަންނަ އަހަރު ލިސްބަންގައި ބާއްވާ އިރު، މި ކޮންފަރެންސް ކޯ ހޯސްޓް ކުރަނީ ޕޯޗުގަލް އަދި ކެންޔާއިންނެވެ.

Advertisement - newsAdvertisement

ޔޫއެންގެ މައި އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ޕޯޗުގަލްގެ ރައީސް ވަނީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި އިންތިޒާމުކޮށް ބާއްވާ އޯޝަންސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި، އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ކޯވިޑް-19ގެ ހާލަތާ ބެހޭގޮތުންނާއި، މި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ކާމިޔާބު ފިޔަވަޅުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ވެކްސިންދެވޭ މުޅި އާބާދީއަށް ވީހާ އަވަހަށް ވެކްސިން ފޯރުކޮށްދީ ނިންމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ރާއްޖޭގައި މަދުވަމުން އަންނަކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހުރިއްޔާ ވަނީ އެކަމާ ގުޅިގެން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ފަތުރުވެރިންނަށް ލުއިތައް ދީފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.

ޕޯޗުގަލްގެ ރައީސް ވަނީ އެ ޤައުމުގެ އާބާދީގެ 95 އިންސައްތައަށް ވެކްސިން ދީފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ކާމިޔާބުކޮށްފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، ކޮވިޑް-19 ޕެންޑަމިކަށްފަހު އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ދުނިޔޭގެ ޤައުމުތައް އާރާސްތުކުރުމަށް ކުރިޔަށްދާ މަސައްކަތުގައި އދ.ގެ ރިޔާސަތުގެ ހިއްސާ ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޕޯޗްގަލްގެ ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތައް މިހާރު ތިއަރީތަކުން ފެންނަންހުރި ހަޤީޤަތްތަކަށްވުރެ ފުޅާވެ އިންފަހަނައަޅާ ގޮސްފައިވާކަމުގައެވެ. އަދި ޕޯޗްގަލްއާއި ދިވެހިރާއްޖެއަކީ ވެސް ކަނޑާގުޅިފައިވާ ދެ ޤައުމުކަމުގައިވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރަނގަޅު އަސަރުތައް ދެ ޤައުމަށް ވެސް ފޯރާކަން ޕޯޗްގަލްގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޕޯޗްގަލްގެ ރައީސް ވަނީ ޕޯޗްގަލްއާއި ކެންޔާ ގުޅިގެން އަންނަ އަހަރު ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި އިންތިޒާމުކޮށް ބާއްވާ އޯޝަންސް ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި، އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްލާސްޓިކް ކުނިބުނިން ކަނޑުތައް ސަލާމަތްކޮށް ކަނޑުގެ ދިރުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އޯޝަންސް ކޮންފަރެންސަކީ އުފެއްދުންތެރި ޙައްލުތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ ކޮންފަރެންސަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ އިޤްތިޞާދީ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން ޕޯޗުގަލްގެ ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރެއިން ޑިޖިޓަލައިޒޭޝަންގެ ދާއިރާއަށް އިޝާރާތްކުރައްވައި، މި 2021 ވަނަ އަހަރު "ވެބް ސަމިޓް"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓެކްނޮލޮޖީ ކޮންފަރެންސްއަކީ ރާއްޖެއިން ޝައުވެރިވާނަމަ ބައިވެރިވުން މުހިންމު ކޮންފަރެންސެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދޭތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް ދެ ބޭފުޅުން ވެސް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި، ޕޯޗުގަލްއާއި ޔޫރަޕުގެ އިއްތިހާދަށް ވެސް ފައިދާ ކުރަނިވި އިންވެސްޓްމެންޓް ފުރުޞަތުތައް ފަހިކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. ހަމަ އެހެންމެ ދެ ބޭފުޅުން ވަނީ ނޫ އިޤްތިޞާދު ފަދަ، ދެ ޤައުމުން ޝައުވެރިކަން ބޮޑު ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިޔަށްއޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން މަތީ ހަރުފަތްތަކަށް ގެންދިއުމުގެ އުންމީދުތައް އައު ކުރައްވަމުންނެވެ.

ދިވެހިރާއްޖެއާއި ޕޯޗުގަލްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ މީގެ 26 އަހަރު ކުރިން، 1995 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 9 ވަނަ ދުވަހުއެވެ.

ކަނޑުތަކާއި ބެހޭ ކޮންފަރެންސްމާރޗެލޯ ރެބެލޯ ދެ ސޯޒާރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޕޯޗުކީޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު