Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގާނޫނުގައި ނެތަތީވެ ރައްޔިތުންގެ މުދަލުން ވައްކަން ކުރަންވީ ހެއްޔެވެ.

އެސްއޯއެފުން ފައިސާ ލިބުނުކަން އެނގިވަޑައިގަތުމުން ވެސް ފައިސާ ޖަމާކޮށް ބޭނުންކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2021 | ހޯމަ 13:25
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ދިވެހިރާއްޖޭގެ ގާނޫނުގައި ހުރި ލޫޕް ހޯލްތައް ހޯދާ އަބަދުވެސް ކުށްވެރިން ސަލާމަތްވާން މަސައްކަތް ކުރާތަން ފެނެއެވެ. އެއީ ވައްކަމެއް ކަމުގައިވީ ނަމަވެސް އަދި އެހެން މައްސަލައެއް ކަމުގައިވީ ނަމަވެސް ކަން އޮތީ މިހެންނެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުތަކުގައި އެވާހަކައެއް ލިޔެފައި ނެތޭ އަދި އެކަން ކުރާނެ ގޮތެއް ވެސް ނެތޭ ބުނެ ހުއްޖަތު ދައްކައިގެން ދިވެހި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމަކީ އޯކޭ ކަމެއް ކަމަށް އަމިއްލަ ދިފާއުގައި ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވައެވެ.

ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި، މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވާހަކަފުޅު ދެއްކެވީ މިހެންނެވެ. އެމަނިކުފާނު އަމިއްލަފުޅު ދިފާއުގައި ރިހޭ ފައި މައްޗަށް ފޮއި ވައްޓާލައިގެން ވިދާޅުވީ މަނީ ލޯންޑަރިންގގެ ކޮންސެޕްޓަކީ ދިވެހިރާއްޖޭގެ އުފެއްދުމެއް ނޫންކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ކޮންވެންޝަންތަކެއްގެ އުފެއްދުމެއް ކަމަށެވެ. އެގޮތުން މަނީ ލޯންޑަރ ކުރުމާއި، މަނީ ލޯންޑަރިން ގެ ޢުންސުރުތައް ރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށް ނުދޭކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވަނީ މަނީ ލޯންޑަރިންގ، މަނީ ލޯންޑަރިންގއަކަށް ވާ ގޮތް ކިޔާދެއްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ހުރިހާ ވިޔަފާރިއެއްގައި ގަވާއިދާ ޚިލާފަށް ލިބޭ ފައިސާއަކީ ކަޅު ފައިސާ ނޫން ކަމަށެވެ. އަދި އެއީ ވަރަށް ޚާއްސަ ފައިސާތަކެއްކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެއީ ވަރަށް ޚާއްސަ ނުބައި މުޢާމަލާތްތަކުގެ ފައިސާ ކަމަށެވެ. އެގޮތުން "އިލިސިޓް ޓްރޭޑް"ގެ ގޮތުގައި ދުނިޔޭގައިވެސް ކަނޑައަޅާފައިވަނީ އިންސާނީ ވަގުފާރިއާއި، "ޑްރަގް ޑީލިންގ" އާއި، "ގަން ރަނިންގ" ފަދަ ކަންކަމުގެ ފައިސާކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ގާނޫނާ ޚިލާފު މުއާމަލާތްތަކަކީ އެއީ ކަމަށެވެ.

ނަމަވެސް އެމަނިކުފާނަށް ފަހުމްވެވަޑައިނުގެންނެވި އެއްކަމެއް އެބައޮތެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނުގެ ބާރު އޮތް މަޖިލީހަކުން ކޮށާ މަށައިގެން ހެދި އަދި އެމަނިކުފާނު ތަސްދީގު ކުރެއްވި ގާނޫނެއް އޮތްކަން ހަނދުމަފުޅު ނެތެވެ. އެއީ 10/2014 އެވެ. މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ 5 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގައި މަނީ ލޯންޑަރު ކުރާ މީހުން ހިމެނޭ ގޮތްގޮތާއި އެ ކުށުގައި ބައިވެރިވާ ގޮތާއި ދެން ވެސް ނަން ހުސްކޮށް ހުރިހާ ކަމެއް ލިޔެވިފައި އެބަހުއްޓެވެ. މިއީ 13 އެޕްރީލް 2014 ގައި އެމަނިކުފާނު އަމިއްލަފުޅު އަތުން ސޮއިކުރައްވާ ތަސްދީގު ކުރެއްވި ގާނޫނެކެވެ.

މި ގާނޫނުގެ 5 ވަނަ މާއްދާގެ ހ ގެ 1، 2، 3 އަދި 4 ވަނަ ނަންބަރުގައި ބުނެފައިވަނީ ވަކި މުދަލަކީ ޣައިރު ގާނޫނީ އަމަލަކުން ހޯދާފައިވާ މުދަލެއްކަން ސިއްރުކުރުމުގެ ނުވަތަ އޮޅުވާލުމުގެ މަގްސަދުގައި، ނުވަތަ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށެއް ކުރުމުގައި ބައިވެރިވި ފަރާތަކަށް ހައްގުވާ އަދަބުން އެފަރާތެއް މިންޖުކޮށްދިނުމަށްޓަކައި، އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ބަދަލުކުރުން ނުވަތަ އެ މުދަލަށް ބަދަލެއް ގެނައުމަކީ ކުށެއް ކަމުގައެވެ.

ވަކި މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއްގެ އަސްލު، ނުވަތަ އެ މުދަލެއް ލިބުނު ގޮތް، ނުވަތަ އެ މުދަލެއް ހުރިތަން، ނުވަތަ އެ މުދަލެއް ބަދަލުކުރެވޭ ފަރާތެއް، ނުވަތަ އެ މުދަލެއް ގެންދެވޭ ތަނެއް، ނުވަތަ އެ މުދަލުގެ ވެރިފަރާތް، ނުވަތަ އެ މުދަލާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ލިބިދޭ ހައްގެއް ސިއްރުކުރުން ނުވަތަ އޮޅުވާލުމަކީ ވެސް ކުށެކެވެ.

ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ހޯދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ބޭނުންކުރުމަކީ ވެސް ކުށެކެވެ.

މި މާއްދާގެ 1، 2 އަދި 3 ގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގައި އެހީތެރިވެދިނުން ނުވަތަ އެފަދަ އަމަލެއް ކުރުމަށް މަގުފަހިކޮށްދިނުން ނުވަތަ އެފަދަ އަމަލެއް ކުރުމަށް ހިތްވަރު ދިނުން ނުވަތަ އެއިން އަމަލެއް ހިންގުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން ނުވަތަ އެފަދަ އަމަލެއް ކުރުމަށް ރޭވުން ނުވަތަ އެފަދަ އަމަލެއް ކުރަން އުޅުން މަނީ ލޯންޑަރިންގެ ގޮތުގައި ބެލެވެއެވެ.

ގާނޫނުގެ 5 ވަނަ މާއްދާގެ ހ ގައި މިބުނާ ފަދައިން އެސްއޯއެފުން ލިބުނު ޗެކް އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވިކަން ހަނދުމަފުޅު ނެތުނީކަމަށް ވެދާނެއެވެ. އަދި އެއީ އެ ފައިސާކަން އޭސީސީން އެންގި ހިސާބުން އެސްކްރޯ އެކައުންޓު ހުޅުވާ އެ ފައިސާ އެ އެކައުންޓަށް ލާން ބުނެފައިވަނިކޮށް މިލިއަން ޑޮލަރުން އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށްގެން ލިބޭނެ ފައިދާ އެމަނިކުފާނު ވަލިއްޔުލް އަމުރުގެ މަގާމުގައި ހުންނަވައިގެން ނަންގަވާ ވާހަކައިގެ މަތިން ހަނދުމަފުޅު ނެތުނީތޯއެވެ. އެ ފައިސާގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް ޖަމާކުރީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ފައިސާކަން އެނގެން ނެތީތޯއެވެ.

ކުށުގެ ވެށިން ލިބުނު ފައިސާކަން އިދާރާއަކުން އެންގި ހިނދު އެ ފައިސާއާ މެދު އެމަނިކުފާނު އަމަލު ކުރެއްވީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫގެ 5 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގައި މިބުނާ ބީދައިން ނޫންތޯއެވެ. ގާނޫނޫގައި މިހާ ސަރީހަ އިބާރާތުން މިކަން ބަޔާންކޮށްފައިވީ ނަމަވެސް، އެވިދާޅުވީ އެއީ ހަމަ ހަލާލު ފައިސާ ކަމަށެވެ. އެގޮތުން ބަލާއިރު މީހަކަށް ޓެންޑަރ ކޮށްގެން ގަވާއިދާ ޚިލާފަށް ލިބޭ ފައިސާ އެއީ މަނީ ލޯންޑަރިންގގެ ފައިސާއެއް ނޫން ކަމަށެވެ. އަދި އެއީ ވަރަށް ތަފާތު ދެ ބާވަތުގެ ކުށް ކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކަޅު ފައިސާއަކީ އިލިސިޓް ޓްރޭޑްގެ ތެރެއިން ކަނޑައަޅާ އެއްޗެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވެފައިވާ ގައުމުތަކުގެ ގާނޫނުތަކުގައިވެސް ގާނޫނާ ޚިލާފު މުއާމަލާތްތައް ކަނޑައެޅުމުގައި އެ މުއާހަދާތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، މަނީ ލޯންޑަރިންގ އަށް ފަށަލަ ކުރުމަކީ ކޮބައިކަމާއި، ފައިސާގެ އަސްލު އޮޅުވާލުން ފަދަ ކަންކަމާއި ގުޅޭ ގާނޫނީ ނިންމުމެއް ނިންމަވާފައިވާ "ސެޓެލްޑް" ނިންމުމެއް ނެތްކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކުގައި އެކަމުގެ ތަފްސީލުތަކެއްވެސް ނެތް ކަމަށެވެ. އަދި އެހެންވުމާއެކު، މިފަދަ މައްސަލަތައް ނިންމަވާއިރު ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތް ކުރަން އެބަޖެހޭ ކަމަށެވެ.

ބައިނަލްއަގުވާމީ މުއާހަދާގެ ވާހަކަ އެމަނިކުފާނު ދެއްކެވީމަ ބައިނަލްއަގުވާމީ ފަރާތްތަކުގެ ގާތަށް ވެސް އަންނާނީ ހިންޏެވެ. އެއީ ސަބަބުތަކެއް ހުރީމައެވެ. ވެރިކަމުގެ 5 އަހަރު ނިންމަވާލެއްވީ ބައިނަލްއަގުވާމީ ދުނިޔެއަށް ރުޅި މޫނުފުޅު ދައްކަވައިގެން ހުންނަވައެވެ. މި ރިޕޯޓުގައި އެވާހަކަ ދައްކާކަށް ނެތީމެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދެފަހަރު ދެގޮތަކަށް ވާހަކަދައްކަވަމުން ގޮސް ފަހުން 1 މިލިއަން ޑޮލަރު ލިބިވަޑައިގެންއިރު އެއީ އެސްއޯއެފްގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެކަން އެނގިވަޑައިގަތީ 2016 ވަނަ އަހަރު އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވުމުންކަން ފާހަގަ ކުރައްވައި ރައީސް ޔާމީނު ވިދާޅުވީ، އޭރުވެސް ސުވާލުކުރީ ހަމައެކަނި މައުލޫމާތު ސާފު ކުރުމަށް ކަމަށެވެ.

މިހިސާބުން ވެސް އެއީ ކުށުގެ ފައިސާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ. މިވަރުން ވެސް ފައިސާ ޖަމާކުރެއްވީ ހަމަ އިންވެސްޓްމަންޓް އެކައުންޓަށެވެ. އެއީ އެއިން މަންފާ ހޯއްދަވަން ކަމަށް ވިދާޅުވެއެވެ. ގާނޫނު ބުނާގޮތުން ވަކި މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއްގެ އަސްލު، ނުވަތަ އެ މުދަލެއް ލިބުނު ގޮތް، ނުވަތަ އެ މުދަލެއް ހުރިތަން، ނުވަތަ އެ މުދަލެއް ބަދަލުކުރެވޭ ފަރާތެއް، ނުވަތަ އެ މުދަލެއް ގެންދެވޭ ތަނެއް، ނުވަތަ އެ މުދަލުގެ ވެރިފަރާތް، ނުވަތަ އެ މުދަލާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ލިބިދޭ ހައްގެއް ސިއްރުކުރުން ނުވަތަ އޮޅުވާލުމަކީ ކުށެއް ކަމަށް ބުނެފައިވެއެވެ.

ސިޔާސީ މަސައްކަތްތަކުން ލިބުނު ފުދޭ ވަރަކަށް ގިނަ ދިވެހި ރުފިޔާ އެމަނިކުފާނުގެ އަތްޕުޅުގައި ހުރުމުން އެ ފައިސާ ޑޮލަރަށް ހަދާފައި ރަނގަޅު އިންޓްރެސްޓް ރޭޓެއް ލިބޭ އެކައުންޓެއްގައި ބަހައްޓަން ނިންމެވިކަމަށް ދިފާއުގައި ވިދާޅުވިއެވެ. އެ ފައިސާ ދެތިން ހަތަރު ފަހަރެއްގެ މަތިން މާރުކޮށް ޑިޕޮޒިޓް ކުރި ކަމާއި، އެއީ އަސްލު އޮޅުވާލުމެއް ނޫން ކަމަށް ވިދާޅުވިއެވެ. ނެގީ އެސްއޯއެފުން ދިން ފައިސާ ނޫން ކަމަށެވެ. އޭގެފަހުން އިތުރު ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު ހަމަ އެ ބޭންކްގެ އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލު ކުރެއްވީ ކަމަށެވެ. އިސްލާމިކް ބޭންކްގެ ކަރަންޓް އެކައުންޓަކުން ސޭވިން އެކައުންޓަށް އެ ފައިސާ ބަދަލު ކުރުމަކީ ލޯންޑަރ ކުރުމެއް ނޫން ކަމަށެވެ.

ރައީސް ޔާމީނަށް ވެރިކަމުގައި ހުންނަވަނިކޮށް ސިޔާސީ ގޮތުން ލިބުނީ ކޮންފައިސާއެއްތޯއެވެ. ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ސިޔާސީ ގޮތުން ލިބެން ޖެހޭ ފައިސާއެއް އޮންނަކަން އަޅުގަނޑަށް ނުވިސްނެއެވެ.

ރައީސްކަން ކުރައްވާ ބޭފުޅަކީ ހަދިޔާ ހިއްޕެވުން މަނާ ބޭފުޅެކެވެ. އެއްޗެއް ލިބުނަސް ޑިކްލެއަރ ކުރަން ޖެހެއެވެ. ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބެންޖެހޭ ފައިސާއެއް ނުހުންނާނެއެވެ. ސިޔާސީ ގޮތުން ލިބެންޖެހޭ ފައިސާއެއް ލިބޭނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީއަށެވެ. އެ ފައިސާ ހުންނަން ޖެހެނީ ޕާޓީގެ އެކައުންޓުގައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އެކައުންޓަކަށް ޖަމާކޮށް އެއިން ބޮޑު މަންފާއެއް ހޯދަން ޖެހޭ ފައިސާއެއް ނޫނެވެ.

ރައީސް ޔާމީންޔާމީންއެމްއެމްޕީއާރްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު