Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދުނިޔޭގެ ފުޓްބޯޅަ ރޭންކިން

ފީފާ ރޭންކިންގެ ތިންވަނައަށް އިންގްލެންޑް ޖެހިލައިފި

ފީފާ ރޭންކިންގެ އެއްވަނައިގައި ބެލްޖިއަމް އޮތްއިރު، ދެވަނައިގައި އޮތީ ބްރެޒިލް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 14:15
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އެންޑޯރާއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އެންޑޯރާއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން މަހަކު އެއް ފަހަރު ނެރޭ ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ ތިންވަނައަށް އިންގްލެންޑް ޖެހިލައިފިއެވެ.

ބުރާސްފަތި ދުވަހު ފީފާއިން ނެރުނު ރޭންކިންގެ ތިންވަނައިގައި އިންގްލެންޑް އޮތްއިރު، މިއީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށްފަހު ރޭންކިންގެ ތިންވަނައަށް އިންގްލެންޑް ޖެހިލި ފުރަތަމަ ފަހަރެވެ. 1992 ވަނަ އަހަރުން ފެށިގެން ފީފާއިން ފުޓްބޯޅަ ރޭންކިން ނެރެމުން އަންނައިރު، އިންގްލެންޑަށް މިހާތަނަށް ރޭންކިންގައި އެންމެ ކުރިއަށް ޖެހިލެވުނީވެސް ތިންވަނަ އަށެވެ.

މީގެ ކުރިން ރޭންކިންގެ ހަތަރުވަނައިގައި އިންގްލެންޑް އޮތްއިރު، އެ ގައުމުން ވަނީ މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފައިނަލުގައި ވާދަކޮށްފައެވެ. މިއީ ޔޫރޯގެ ތާރީޚުގައި ފައިނަލް މެޗުގައި އިންގްލެންޑް ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު ބޮޑު މުބާރާތެއްގެ ފައިނަލުގައި އިންގްލެންޑް ކުޅުނު ފުރަތަމަ ފަހަރެވެ. އެ މުބާރާތުގެ ފައިނަލުން އިންގްލެންޑް ބަލިވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

މީގެ އިތުރުން މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައިވެސް އިންގްލެންޑުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، ކޮލިފައިންގެ ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެކަމަކު މި މަހު ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އިންގްލެންޑުން ދަމަހައްޓަމުން އައި ސައްތައިން ސައްތަ ރިކޯޑަށް ވަނީ ނިންމުން އައިސްފައެވެ.

ބުރާސްފަތި ދުވަހު ފީފާއިން ނެރުނު ރޭންކިންގެ އެއްވަނައިގައި އޮތީ މީގެ ކުރިންވެސް އެ މަގާމުގައި އޮތް ބެލްޖިއަމެވެ. އަދި ދެވަނައިގައި ބްރެޒިލް އޮތްއިރު، ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް ވަނީ ހަތަރުވަނައަށް ވެއްޓިފައެވެ. ރޭންކިންގެ ފަސްވަނައިގައި ޔޫރަޕުގެ ޗެމްޕިއަން އިޓަލީ އޮތްއިރު، ހަވަނައިގައި އޮތީ ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާއެވެ. އަދި ޕޯޗުގަލް ހަތްވަނައަށް ކުރިއަށް ޖެހިލިއިރު، ސްޕެއިން ވަނީ އަށްވަނައަށް ވެއްޓިފައެވެ. މީގެ އިތުރުން ރޭންކިންގެ ނުވަވަނައިގައި މެކްސިކޯ އޮތްއިރު، ޑެންމާކް ވަނީ މި ފަހަރުގެ ރޭންކިންގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ.

ފީފާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު