Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ރަޝީދުގެ މަރު

ސިއްރު ހެކިވެރިއަކީ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި މީހެއް

މެރުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހަކަށް ދައުވާނުކޮށް އޭނާ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅުމުން، ދޮގު ހެކިބަސް ދިނުމުގެ ފުރުސަތު އެބައޮތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 14:17
ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލައިގައި ބޭއްވި އިހްތިޖާޖުގެ ކުރީގައި ޔާމީން ބޯޑެއް ހިފައިގެން

ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލައިގައި ބޭއްވި އިހްތިޖާޖުގެ ކުރީގައި ޔާމީން ބޯޑެއް ހިފައިގެން

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ތެރެއިން އެއް ހެކިވެރިޔަކީ އޭނާ މަރާލުމުގައި ބައިވެރިވި މީހެއް ކަމަށް ދައުވާ ލިބޭ އިސްމާޢީލް ރަޝީދުގެ ވަކީލު ވިދާޅުވެއްޖެއެވެ.

ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އިސްމާޢީލް ރަޝީދުގެ ވަކީލު ވިދާޅުވީ، ސިއްރު ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ އެއް ހެކިވެރިއަކީ ކުށުގެ ބައިވެރިއެއް ކަމަށް އޭނާގެ ބަޔާނުން އެނގޭ ކަމަށެވެ. އަދި ތެދުބަހުން ހެކި އަދާ ކުރުމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ. ކޮށްފައިވާ ބައެއް ސުވާލުތަކަށް ޖަވާބު ނުދޭކަމަށާއި، ބައެއް ސުވާލުތަކުގައި ދޮގު ހަދާފައިވާކަަންވެސް އެނގެން އޮތް ކަމަށެވެ. އަދި މެރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ދައުވާނުކޮށް, އޭނާ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅުމުން ދޮގު ހެކިބަސް ދިނުމުގެ ފުރުސަތު އެބައޮތް ކަަމަށެވެ. އަދި މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންނަށް ދައުވާ ނުކޮށް ދޫކޮށްލާފައިވާތީ އެކަމާ ސުވާލު އުފެދޭ ކަމަށެވެ. ތަހުގީގުކުރާ ފަރާތުން ބައްދަލުކުރަން އެދުނުކަމަށް އެއް ހެކިވެރިޔަކު ބުނެފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ވަކީލު ވިދާޅުވީ، ސިއްރު ހެކިންގެ ހެކިބަހާ ވީޑިއޯ ފުޓޭޖުން ފެންނަ މަންޒަރާ ދިމާ ނުވާކަމަށެވެ. އެގޮތުން ސިއްރު ހެކިންގެ ހެކި ބަހުގައި ޓެކްސީއެއްގެ ވާހަަކަ ނެތް ކަމަށާއި، ވީޑިއޯ ފުޓޭޖުން އެ ސަރަހައްދަށް ޓެކްސީއެއް މަޑުކުރާތަން ފެންނަ ކަމަށެވެ. ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ މީހުންގެ ހެކިބަސްތައްވެސް ދިމާ ނުވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވީޑިއޯއާއި ފޮޓޯތައް ތަހުލީލުކުރުމުގައި ވަކި މީހަކަށް އަމާޒުކޮށްގެން އެކަން ކޮށްފައިވާކަން ފުލުސް މީހާ ދީފައިވާ ބަޔާނުން އެނގޭ ކަމަށެވެ.

އިސްމާއީލް ރަޝީދާ ގުޅޭގޮތުން މާއްދީ ހެކި ހުށަހަޅާފައި ނެތް ކަމަށާއި، އޭނާ ދިރިއުޅޭގެ ބަލާ ފާސްކޮށްގެން ގެންދިޔަ ފޯނާއި ލެޕްޓޮޕާއި އަންނައުނުން އެއްވެސް ހެއްކެއް ނުފެނުމުން, ހެއްކެއްގެ ގޮތުގައި އެވެސް ދައުލަތުން ހުށަހަޅާފައި ނުވާކަމަށެވެ. ފޯނުވެސް މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ދައުވާލިބޭ ޙުސައިން ޒިޔާދުގެ ވަކީލު ވިދާޅުވީ، ދައުލަތުން 60ށްވުރެ ގިނަ ހެކި ހުށަހަޅާފައިވާއިރު، ސިއްރު ހެކިވެރިޔާ ފިޔަވައި އިތުރު ހެއްކެއް ޒިޔާދުއާ ދެކޮޅަށް ނެތް ކަމަށެވެ. އެހެންކަމުން ގަސްދުގައި މީހަކު މެރުމާމެދު ޝަރުއީ ގޮތުން ބަލާ މިންގަނޑުތައް ޚުލާސާ ބަޔާނުގައި ހިމަނުއްވާނެ ކަމަށެވެ.

މުޙައްމަދު ދިފްރާންގެ ވަކީލު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ހެކީގެ ތެރެއިންވެސް ދެ ހެއްކެއް ފިޔަވައި އެހެން ހެކި ބަހަކުން, ގަސްދުގައި މީހަކު މަރާލާފައިވާކަން ދޭހަ ނުވާ ކަމަށެވެ. ސިއްރު ހެކިވެރިންގެ ތެރެއިންވެސް އެކަކު ދެއްކި ވާހަކަ ގަބޫލު ނުކުރެވޭ ކަމަށާއި، އިންޓެލިޖެންސް ރިޕޯޓް ބަލައިނުގަންނަ ކަމަށެވެ. ވީޑިއޯ އެނަލިސިސް ރިޕޯޓުވެސް ގަބޫލު ނުކުރެވޭ ކަމަށާއި، ހިވާ ހީވުމެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެނަލިސިސްއެއް ގަބޫލު ނުކުރެވޭ ކަމަށެވެ. ވީޑިއޯއިން, ދިފްރާނަކީ ކުށުގެ ބައިވެރިއެއް ކަމަށް ދެއްކޭނެ ހެއްކެއް ނެތް ކަމަށެވެ.

ދައުވާ ލިބޭ ހައިޝަމް ރަޝީދުއާއި ޙަސަން ޝިފާޒްއާއި އަޙުމަދު ޒިހާން އިސްމާޢީލްގެ ވަކީލު, ސިއްޙީ ސަބަބަކާހެދި އަޑުއެހުމަށް ހާޒިރު ނުވުމުން އެ މީހުންގެ ފަރާތުން ހެއްކާ ބެހޭގޮތުން ވާހަކަ ނުދައްކައެެވެ. އެހެންކަމުން އެބައި ކުރިއަށް ގެންދިޔުމަށް އަންނަ އާދީއްތަ (19 ސެޕްޓެމްބަރ 2021)ށް އިތުރު އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ. އެ އަޑުއެހުމަކީ ހެއްކާ ބެހޭގޮތުން ވާހަކަދައްކަން ލިބޭނެ ފަހު ފުރުސަތު ކަަމަށް ގާޒީ އާދަމް މުޙައްމަދު އިއުލާން ކުރެއްވިއެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ މ. އަންނާރުމާގޭ އިސްމާޢީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ޙުސައިން ޒިޔާދާއި، މ. ތާއިފް އިސްމާޢީލް ރަޝީދާއި، މ. ކުދެހިގެ ޙަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުޙައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގޭ އަޙުމަދު ޒިހާން އިސްމާޢީލްގެ މައްޗަށެވެ.

ޔާމީން ރަޝީދު މަރާލުންކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު