Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އޯޑިއޯތަކުގެ މައްސަލަ

ފަނޑިޔާރުންގެ އޯޑިއޯގެ އަސްލު ދެނެގަތުމަށް ތަހުލީލުކޮށް ތަހުގީގެއް ހިންގައިދިނުމަށް އިދިކޮޅުން 5 އިދާރާއެއްގައި އެދިއްޖެ

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މި އޯޑިއޯ ތަހުލީލުކޮށް ތަހުގީގުކޮށްދިނުމަށް އެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 10:05
އިދިކޮޅު ކޯލިޝަނުން ޕީޖީއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު

އިދިކޮޅު ކޯލިޝަނުން ޕީޖީއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު

ލީކުވެފައިވާކަމަށް އިދިކޮޅުން ބުނާ ފަނޑިޔާރުންގެ އޯޑިއޯގެ އަސްލު ދެނެގަތުމަށް ތަހުލީލުކޮށް ތަހުގީގެއް ހިންގައިދިނުމަށް އެދި 5 އިދާރާއެއްގައި އިދިކޮޅުން އެދިއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް ކޮށްފައިވާ ހުކުމާއެކު ލީކްވެގެން އުޅޭ އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހްލީލަކާއެކު މިނިވަން ތަޙުޤީޤެއް ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް ރައްޔިތުންގެ މަޖިލީހަށާއި، ބާރ ކައުންސިލާއި، ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީީ) އަދި ހިއުމަންރައިޓްސް ކޮމިޝަނަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ބާރ ކައުންސިލާއި، ޖޭއެސްސީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް ފޮނުވާފައިވަނީ އެއް ސިޓީއެކެވެ. އެ ސިޓީގައި ބުނެފައިވަނީ އެ ކޯލިޝަންގެ ލީޑަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން ކުރެވިފައިވާ ޙުކުމަކީ އެ މައްސަލައިގައި ޙުކުމް ކުރިފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެވިފައިވާ ޙަރާމް ޙުކުމެއްކަމުގައި އެ ކޯލިޝަނާއި ދިވެހި ރައްޔިތުން ދަނީ ފެށުނީއްސުރެ ބުނަމުން ކަމަށެވެ.

އަދި އެގޮތަށް ދިވެހި ރައްޔިތުންނާއި މި ކޯލިޝަނުން ބުނަމުން ގެންދަނިކޮށް، ދާދި ފަހުން ލީކުވެގެން އުޅޭ އޯޑިއޯ ތަކަކުން ވެސް އެ މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރަކު ކަމަށް ބެލެވޭ ބަޔަކު ވަނީ، ރައީސް ޔާމީންގެ މައްޗަށް ޙައްޤު ނޫން ޙުކުމެއް ކުރުމަށް އެ ފަނޑިޔާރުންނަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ރަހީނުކޮށް ބިރު ދައްކާފައިވާކަމަށް ބުނެފައެވެ. ހަމައެއާއެކު، ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ދޮގު ހެކި ދިނުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ބުނާ އޯޑިއޯއެއް ވެސް ލީކުވެފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައީސް ޔާމީން ވަނީ އެތައް ޙައްޤަކަކުން މަޙްރޫމްވެފައި ކަމުގައެވެ.

އެހެންކަމުން، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގެ ޙަޤީޤަތް ހާމަކުރުމަށްޓަކައި، ލީކުވެގެން އުޅޭއޯޑިއޯތަކުގެ ފޮރެންސިކް ތަޙުލީލަކާއެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަވައި ދެއްވައި، އެ އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށާއި، ހިއުމަން ރައިޓްސް ކޮމިޝަނުން އޮފް ދަ މޯލްޑިވްސްއަށް ފޮނުވ ސިޓީގެ ތެރެއިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ލީކުވެގެން އުޅޭ އޯޑިއޯތަކުގެ ފޮރެންސިކް ތަޙުލީލަކާއެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަންޖެހޭ ކަމަށް ފެންނާތީ، އެކަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ތަޙުޤީޤުކޮށްދިނުމަށް އެދޭ ކަމަށެވެ. އެޗްއާރުސިއެމްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް ޔާމީންގެ ގެއްލިފައިވާ އިންސާނީ ޙައްޤުތައް ހޯއްދަވައި ދެއްވުމަށްޓަކައި، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގެ ޙަޤީޤަތް ދެނެގަންގަންނަން ޖެހޭތީ، ލީކުވެގެން އުޅޭއޯޑިއޯތަކުގެ ފޮރެންސިކް ތަޙުލީލަކާއެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަވައި ދެއްވައި، އެ އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުން އެދޭ ކަމަށެވެ.

ވަކިވަކިން 5 އިދާރާއަށް ފޮނުވި ސިޓީތަކުގައި ބުނެފައިވަނީ މިކަމަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ، އެމަނިކުފާނުގެ އިސްތިޢުނާފްގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެން ޖެހޭ ކަމެއްކަމުގައި ކޯލިޝަނުން ދެކޭތީ، އެކަން އަވަސް ކޮށްދެއްވުމަށް އެދިފައިވެއެވެ. މީގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި ފުލުހުންގެ އިދާރާއަށް ވެސް މި އޯޑިއޯތަކުގެ ތަހުގީގުކޮށްދިނުމަށް ވަނީ އެދިފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއެޗްއާރްސީއެމްޓްރާންސްޕޭރަންސީރައްޔިތުންގެ މަޖިލިސްޖޭއެސްސީބާ ކައުންސިލްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު