Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލާއި ސިޓީއަށް މޮޅެއް

ސިޓީ މޮޅުވީ ލައިޕްޒީގް އަތުން 6-3 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 04:51
ލިވަޕޫލާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ގްރޫޕް ބީގައި ހިމެނޭ ލިވަޕޫލް މޮޅުވީ އޭސީ މިލާން އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި މިލާނުގެ ފިކާޔޯ ޓޮމޯރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ލީޑު ފުޅާކުރަން ލިވަޕޫލަށް ޕެނަލްޓީއެއް ލުބުނު ނަމަވެސް، އެ ޓީމުގެ މުހައްމަދު ސަލާހު ފޮނުވާލި ޕެނަލްޓީ މިލާނުގެ ގޯލްކީޕަރު މައިކް މައިންގްނަން ވަނީ މަތަކޮށްފައެވެ.

އެއާއެކު ފުރަތަމަ ހާފު ނިމެން ގާތް ވެފައި ވަނިކޮށް ދެ މިނެޓު ތެރޭ ދެ ލަނޑު ޖަހައި، މިލާނުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޓެ ރެބިޗް އާއި ބްރަހިމް ޑިއާޒެވެ. މި މެޗުގައި ލިވަޕޫލުން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ސަލާހު ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މި މެޗުން ލިވަޕޫލް މޮޅުކޮށްދިން ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ.

މި މެޗުން މިލާާން ބަލިވިއިރު، މި މެޗަކީ 2013-2014 ވަނަ އަހަރުގެ ސީޒަނަށްފަހު މިލާނުން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުން މިލާން އަތުން ލިވަޕޫލް މޮޅުވިއިރު، ބުދަ ދުވަހުގެރޭ ކުޅުނު މި ގްރޫޕުގެ އަނެއް މެޗުން އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ހިމެނޭ ސިޓީ މޮޅުވީ އާރްބީ ލައިޕްޒީގް އަތުން 6-3 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެ ޓީމުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޭތަން އަކޭއެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ސިޓީން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ ލައިޕްޒީގުގެ ނޯޑީ މުކިއޭލޭ އަތުން ބައިކޮޅަށް ވަން ލަނދެކެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކްރިސްޓޮފާ އެންކުންކޫ ކާމިޔާބުކޮށްދިން ލަނޑުން ލައިޕްޒީގުން ފަރަގު ކުޑަކުރި ނަމަބެސް، މި ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ރިޔާދު މާރޭޒް ވަނީ ސިޓީއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

އަދި ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި އެންކުންކޫ އިތުރު ލަނޑެއް ޖަހައި، ލައިޕްޒީގަށް އަލުން ފަރަގު ކުޑަކޮށްދިން ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ޖެކް ގްރީލިޝް ވަނީ ސިޓީގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި އެންކުންކޫ ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުގައި ހެޓްރިކް ހަދާފައެވެ. އެއާއެކު އެންކުންކޫ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހެދި ލައިޕްޒީގުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސިޓީގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޖޮއާއޯ ކަންސޭލޯ އާއި ގަބްރިއެލް ޖީސޫސްއެވެ. އަދި ލައިޕްޒީގުން މި މެޗު ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމުގެ އެންޖެލީނޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

ޗެމްޕިއަންސް ލީގުލިވަޕޫލްއޭސީ މިލާންމެންޗެސްޓަރ ސިޓީއާރްބީ ލައިޕްޒީގް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު