Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އދ.ގެ އާންމު މަޖިލީސް

ރާއްޖޭގެ ދިދަ މިއަދު ވިހުރެމުން ދަނީ ބައިނަލްއަގްވާމީ އެންމެ އުސް ކުރިބޯށީގައި - ޝާހިދު

މިއަދު ފެނިގެން މިދަނީ ރައީސް ޞާލިޙްގެ ހާރިޖީ ސިޔާސަތު ބޭރު ދުނިޔެ ބަލައިގެންފައިވާ މިންވަރު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2021 | ބުދަ 02:21
އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

މިއަދު ދިވެހިރާއްޖޭގެ ފެއްސާއި، ރަތާއި ހުދުގެ ފަޚުރުވެރި ދިދަ ވިހުރެމުން މިދަނީ ބައިނަލްއަގްވާމީ އެންމެ އުސް ކުރިބޯށީގައި ކަމަށް އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެކަމުގެ ހުވާކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު އެ ޢިއްޒަތްތެރި މަޖިލީހުގެ ކުރިމަތީގައި ހުއްޓިހުންނެވީ އެމަނިކުފާނަށް އެންމެހާ ބޭފުޅުން ދެއްވި އިތުބާރާއި، ހަވާލުކުރެއްވި ޒިންމާއާއި މަސްއޫލިއްޔަތުގެ މަތިވެރިކަން އިޙްސާސް ކުރައްވަމުން ކަމަށެވެ. އަދި ލޮބުވެތި ގައުމު، ދިވެހިރާއްޖެއަށް ދެއްވި ޢިއްޒަތާއި ޝަރަފަށްޓަކައި ނުހަނު އިޚްލާސްތެރި ކަމާއެކު ޝުކުރުވެރިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަޚްރުވެރި ދިދަ ވިހުރެމުން މިދަނީ ބައިނަލްއަޤްވާމީ އެންމެ އުސް ކުރިބޯށީގައި ކަމަށެވެ. ‎ދިވެހި ޤައުމުގެ ފަޚްރުވެރި އަބްޠާލުންގެ މަތިވެރި ޖިހާދާއި، ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ޤުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން ދަނީ ބައިނަލްއަޤްވާމީ އުދަރެހުގެ އެންމެ އުހުގައި ކަމަށެވެ.

ޝާހިދު ވިދާޅުވީ އދ.ގެ 76 ވަނަ އާންމު މަޖިލީސް ވެގެންދާނީ އުންމީދީ މަޖިލީހަކަށް ކަމަށާއި، އަދި މި މަޖިލީހަކީ އިންސާނިއްޔަތުކަމަށް އަހައްމިއްޔަތުކަން ދޭނެ މަޖިލީހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ 75 ވަނަ ސެޝަންގައި ރައީސް ވޮލްކަން ބޮޒްކިރް، ދެއްކެވި ހިންގުންތެރި ކަމަށް ޝާހިދު ވަނީ އައްސަރިބަހާއި ސާބަސް ދެއްވާފައެވެ. އަދި ޕެންޑަމިކެއްގެ ތެރޭގައި ޢާންމު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ރައީސް ވޮލްކަން ބޮޒްކިރް، ހިފެހެއްޓެވި ފުރިހަމަ ޢަޒުމާއި، ކެރުމާއި ހިތްވަރަށްޓަކައި އެމަނިކުފާނާއި ޔޫއެންޖީއޭ މަޖިލީހުގެ މެންބަރުންގެ ނަމުގައި ޝުކުރުދަންނަވާ ކަމަށެވެ.

މީގެ އިތުރުން އެކަކު އަނެކަކާ ބައްދަލުވެ ދިމާވެގެން ކުރިއަށް ގެންދެވޭ ޑިޕްލޮމެޓިކް ޙަރަކާތްތަކުގެ ޗެމްޕިއަންކަން ޙާޞިލްކޮށް އދ.ގެ ޢާންމު މަޖިލިސް އަލުން ހުޅުވިގެން ދިޔަ ދިޔުމަކީ، މަލްޓިލެޓެރަލިޒަމްއަށް ރައީސް ވޮލްކަން ބޮޒްކިރް، ދެއްވާ އަހަމިއްޔަތުކަމުގެ އަލިގަދަ ހެއްކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޝް، ދެވަނަ ދައުރު ފައްޓަވާއިރު، އެމަނިކުފާނު ހުންނެވީ ގާތުން މަސައްކަތް ކުރުމަށް ތައްޔާރުވެ، އެ އުންމީދުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެންޓޯނިއޯ ގުޓެރޭޝް އެންމެ އިސްކަންދެއްވާ ކަމަކީ "އިތުބާރު އާލާކުރުމާއި އުންމީދު އާކުރުން" ކަން ދެނެވަޑައިގަންނަވާ ކަމަށާއި، ދެ ޤައުމެއްގެ ދެމެދުގައި ޖެހޭ ޚާރިޖީ މައްސަލަތަކާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި، ޢާލަމީ ވަބާތަކުގެ އިތުރުން ފަޤީރުކަން އަދި ނާއިންސާފުން ހިނގާ ކަންކަން ފަދަ މައްސަލަތައް ހައްލުކުރުމަށް ގުޓެރޭޝް ގެންގުޅުއްވާ އެންމެ މުހިންމު އެއް އުކުޅަކީ، އެކަމަކަށް ދުރާލާ ތައްޔާރުވެ ފިޔަވަޅު އެޅުއްވުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ވޭތުވެދިޔަ 18 މަހަކީ ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވުމުން އަދި އެ ދުވަސްތައް އެންމެ ފުރިހަމައަކަށް ބަޔާން ކުރެވުނު ކަމަކަށް ނުވާނެ ކަމަށާއި، ކޮވިޑް-19 ގެ ސަބަބުން އިޙްސާސްކުރަން ޖެހުނު ކަންކަމުގެ އިތުރަށް ކޮންމެ ދުވަހަކު އިވެމުން ދަނީ ހާސްކަން އިތުރުކުރުވާ ޚަބަރުތައް ކަމަށް ޝާހިދު ވިދާޅުވިއެވެ. މިގޮތުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައާއި، ކާރިސާތަކާއި، މަސްލަޙަތު ގެއްލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޚަބަރުތައް ފަލަސުރުޚީތަކުން ފެންނަމުންދިޔަ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިކަންކަން ބަދަލުކުރަން އެބަޖެހޭ ކަމަށާއި، ބަދަލުތައް ގެނައުމަށް ފަށައިގަންނަންވީ އަޅުގަނޑުމެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުން ކުރިއަށްދާނެ މަގު ހޯދަން ބައްލަވާނީ، އަދި އެމީހުންގެ ނަޒަރު ހުއްޓެނީ އެމީހުން ގެ ލީޑަރުންނަށާއި އަދި އިންތިޚާބުކޮށްފައިވާ އޮފިޝަލުންނަށް ކަމަށާއި، އެމީހުންގެ ފަރާތުން ޔަގީންކަން ކަށަވަރު ކުރައްވަން ބޭނުންފުޅުވާ ކަމަށާއި، ކަންކަން ރަނގަޅުވާނޭ ކަމުގެ އުއްމީދަކަށް އެދެނީ އެމީހުންގެ ކިބައިން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އަދަށްވުރެ ފަހި މާދަމާއެއް އޮތްކަމުގެ ސިގުނަލް ވެސް ހޯދަނީ އެމީހުންގެ ކިބައިން ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އދ. އަކީ މިކަންކަން ފުރިހަމަކުރުމުގައި އިސްދައުރެއް އަދާކުރާ ތަނެއް ކަމުގައި ވާންޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއެކު ކުރިން ތަޖުރިބާކޮށްފައި ނުވާފަދަ ކާރިސާއަކާ ކުރިމަތިވީނަމަވެސް، އެވަބާގެ ސަބަބުން ހިތްހެޔޮކަމާއި، އިންސާނިއްޔަތު ކަމުގެ ލާމަސީލު ނަމޫނާތަކެއް ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި އެއާއެކު އިންސާނިއްތަށާއި، ޤައުމުތަކުގެ އެއްބައިވަންތަކަމަށް ކުރާ އުންމީދު އާވެ، އާލާވެގެން ހިނގައްޖެ ކަމަށެވެ. މި އިންސާނިއްތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސަތަށް ޚާއްސަކޮށްފައިވާ ތަޞައްވުރަކީ އުންމީދު ކަމަށެވެ. އަދި އެގޮތަށް ދަންނަވަނީ ނުވިސްނޭތީ، ނުވަތަ އެއީ އަޑު އަހާލަން ރީތި ލަފުޒަކަށް ވުމުން ނޫން ކަމަށާއި، އެހެން ދަންނަވަނީ، އުންމީދަކީ މި ދަނޑިވަޅަށް އެންމެ މުނާސަބު އިޙްސާސް ކަމަށް ވާތީ ކަމަށެވެ. އަދި އުއްމީދަކީ ކުރާ ކޮންމެ ކަމެއް ދޫކޮށްނުލާ ހިތްވަރާއެކު ގޮންޖެހުންތަކާ ކުރިމަތިލައިގެން މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭ އިޙްސާސެއް ކަމަށެވެ. އުންމީދު ކުރައްވަނީ އިންސާނިޔަތަށްޓަކައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނު ގެނެސްދޭން ވަޢުދުވީ އުންމީދުގެ 5 ދޯދި ކަމަށެވެ. ކޮވިޑް-19ން އަރައިގަންނަމުންދާއިރު، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މުޅި ދުނިޔޭގެ އެންމެން ވެކްސިން ފުރިހަމަކުރުމުގެ މަގުފަހި ކޮށްދިނުމަށް ކަމަށެވެ. އަދި ވެކްސިން ލިބުމަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ގެންނަން އެބަޖެހޭ ކަމަށާއި، މިއާއެކު، ޤައުމުތަކުގެ ލީޑަރުންނާއި ކަމާގުޅޭ ތަޖުރިބާކާރުންނާއެކު މި މައްސަލައާ ގުޅޭ މަތީ ފެންވަރުގެ ބަހުސެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުއދ.ގެ އާންމު މަޖިލިސްޔޫއެން މޯލްޑިވްސްއެންޓޯނިއޯ ގުޓަރޭޒް އެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

އިތުރަށް ކިޔާލަން

ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

28 ސެޕްޓެމްބަރު 2025
ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް

ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް

25 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު