Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ. ގެ އާންމު މަޖިލީސް

އދ. ގެ އާންމު މަޖިލީހާ ޝާހިދު ހަވާލުވެވަޑައިގެންފި

މިއަދު ފެނިގެން މިދަނީ ރައީސް ޞާލިޙްގެ ހާރިޖީ ސިޔާސަތު ބޭރު ދުނިޔެ ބަލައިގެންފައިވާ މިންވަރު

އަތޫފް އާތިފް
އަތޫފް އާތިފް | 14 ސެޕްޓެމްބަރު 2021 | އަންގާރަ 20:08
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގަންނަވަނީ

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގަންނަވަނީ

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތާ، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެންފިއެވެ.

އާންމު މަޖިލީހުގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގަތީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޝާހިދު ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފައެވެ. ރިޔާސަތާއި ހަވާލުވުމުގެ ކުރިން ޝާހިދު ވަނީ އެމަނިކުފާނުގެ ކެބިނެޓުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

އދ.ގެ އާންމު މަޖިލީހުގެ އައު ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި ކޮވިޑް ވެކްސިން ހަމަހަމަގޮތެއްގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މަސައްކަތްކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ގައުމަކަށް ރާއްޖެ ވާއިރު މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑް-19ން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމަށް މަސައްކަތްކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދުގެ އުންމީދުގެ ރިޔާސަތުގައި އިސްކަން ދެއްވާނެ މައިގަނޑު 5 ކަމެއް މީގެކުރިންވެސް ވަނީ ހާމަކުރައްވާފައެވެ. އަދި ޒުވާން ޑިޕްލޮމެޓުން އުފެއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ އިންތިޚާބު, މިނިސްޓަރ ޝާހިދު ކާމިޔާބު ކުރައްވާފައިވަނީ 143 ވޯޓުންނެވެ. މެންބަރު 193 ގައުމުން ބައިވެރިވި މި ވޯޓުގައި ރައީސަކު ހޮވާފައި މިވަނީ ސިއްރު ވޯޓަކުންނެވެ.

ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމާއި ހަވާލުވީ ދިވެހި ރައްޔިތުންގެ އެއްބާރުލުމާއިއެކުގައި ކަމަށެވެ. ޝާހިދު ވިދާޅުވީ މިއަދު ފެނިގެން މިދަނީ ރައީސް ޞާލިޙްގެ ހާރިޖީ ސިޔާސަތު ބޭރު ދުނިޔެ ބަލައިގެންފައިވާ މިންވަރު ކަމަށެވެ. އދ. ގެ އާންމު މަޖިލީހުގެ ރައީސުންގެ އިންތިޚާބު ރޮޓޭޝަން އުސޫލުން އޮންނައިރު ކޮންމެ އަހަރަކު ވެސް އިންތިޚާބު ކުރަނީ އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، އަދި ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅުންނެވެ.

މިފަހަރު ފުރުސަތު ލިބުނީ އޭޝިއާ ޕެސިފިކް ގައުމުތަކަށެވެ. މި ސަރަހައްދަށް ބަލާއިރު، މީގެ ކުރިން އިންޑިއާ، ސްރީލަންކާ، އަދި ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާފައެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުއެކުވެރި ދައުލަތްތައް (އ.ދ.)އދ.ގެ އާންމު މަޖިލިސް

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
23 ސެޕްޓެމްބަރު 2024

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
08 ޖޫން 2024

އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި

08 ޖޫން 2024
އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި
21 މެއި 2024

ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ

21 މެއި 2024
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ
10 މެއި 2024

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

10 މެއި 2024
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
03 މެއި 2024

ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ

03 މެއި 2024
ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ
26 އެޕްރީލު 2024

ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.

26 އެޕްރީލު 2024
ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު