Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލުގެ މާލީ ހާލަތު

އެމްބާޕޭ އާއި ހާލަންޑް އެއްފަހަރާ ގަނެވޭނެ ފައިސާ ރެއާލުގައި އެބަހުރި: ޓެބާސް

14 ސެޕްޓެމްބަރު 2021 | އަންގާރަ 13:05

މި ފަހަރު އެމްބާޕޭ ގަންނަން ރެއާލުން ހުށަހެޅި ތިން ބިޑުވެސް ބަލައިގެންފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ސެޕްޓެމްބަރު 2021 | އަންގާރަ 13:05
ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ އާއި ނޯވޭގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް

ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ އާއި ނޯވޭގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ އާއި ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް އެއްފަހަރާ ގަނެވޭނެ ފައިސާ ރެއާލް މެޑްރިޑުގައި އެބަހުރި ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެއެވެ.

މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވިދުން ގަދަ ޒުވާން ދެ ތަރިން ކަމަށްވާ އެމްބާޕޭ އާއި ހާލަންޑް ގަތުމަށް ރެއާލުން މީގެ ކުރިންވެސް ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އުމުރުން 22 އަހަރުގެ އެމްބާޕޭ ގަތުމަށް ރެއާލުން ވަނީ ތިން ފަހަރަށް ބިޑްކޮށްފައެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެމްބާޕޭ ގަތުމަށް ރެއާލުން އެންމެ ފުރަތަމަ ހުށަހެޅީ 160 މިލިޔަން ޔޫރޯގެ ބިޑެކެވެ. އޭގެ ފަހުން ބޯނަހާއެކު ޖުމްލަ 180 މިލިޔަން ޔޫރޯގެ ބިޑެއް ހުށަހެޅިއިރު، ރެއާލުން އެންމެ ފަހުން ހުށަހެޅީ 220 މިލިޔަން ޔޫރޯގެ ބިޑެކެވެ. އެކަމަކު އެމްބާޕޭ ވިއްކާލަން ޕީއެސްޖީގެ ރައީސް ނާސިރު އެލް-ޚެއްލާފީ ބޭނުންނުވާތީ، އެ ބިޑުވެސް އެ ކުލަބުން ބަލައިގެންފައެއް ނުވެއެވެ.

މީގެ އިތުރުން އުމުރުން 21 އަހަރުގެ ހާލަންޑް ގަތުމަށް ރެއާލުން މީގެ ކުރިން މަސައްކަތްކުރިއިރު، ހާލަންޑް ގަތުމަށް ރެއާލުން ޝައުގުވެރިވާ ކަމަށާއި، އޭނާ ގަތުމުގެ ފެންވަރު އެ ކުލަބުގައި އެބަހުރި ކަމަށް ހާލަންޑުގެ އޭޖެންޓް މިނޯ ރައިއޯލާ މީގެ ކުރިން ވަނީ ބުނެފައެވެ.

އެކަމަކު މާލީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އެ ދެ ކުޅުންތެރިން ގަތުމަށް ބޮޑު ހޭދައެއް ރެއާލަށް ކުރެވިދާނެ ކަމާމެދު ވަނީ ސުވާލުއުފެދިފައެވެ. އެކަމާ ގުޅޭ ގޮތުން ޓެބާސް ވިދާޅުވީ އެ ދެ ކުޅުންތެރިން އެއްފަހަރާ ގަނެވޭނެ ފައިސާ ރެއާލުގައި އެބަހުރި ކަމަށާއި، އެ ކުލަބަށް މާލީ ގޮތުން މާ ބޮޑު ގެއްލުމެއް ނުވާ ކަމަށެވެ.

ރެއާލުން ތިން ބިޑެއް ހުށަހެޅުމުންވެސް ޕީއެސްޖީން އެމްބާޕޭ ނުވިއްކި މައްސަލައިގައި ޓެބާސް ވިދާޅުވީ 400 މިލިޔަނުގެ ގެއްލުމެއްވެ، ކުޅުންތެރިންގެ މުސާރަ 500 މިލިޔަނަށްވުރެ މަތީގައި އުޅޭ ކުލަބަކުން އަގު ބޮޑު ބިޑެއް ގަބޫލުނުކުރަން ނިންމުމުން އެކަމާ ސުވާލު އުފެދޭ ކަމަށެވެ. އެކަމަކު ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަކީ ބަލި ގަބޫލުކުރާނެ މީހެއް ނޫން ކަމަށާއި، އެގޮތުން އެމްބާޕޭ ގަންނަން ޕެރޭޒް އަދިވެސް މަސައްކަތްކުރާނެ ކަމަށް ޓެބާސް ވަނީ ވިދާޅުވެފައެވެ.

އެމްބާޕޭ އާއި ހާލަންޑް އެއްފަހަރާ ގަނެވޭނެ ފައިސާ ރެއާލުގައި އެބަހުރި ކަމަށް ޓެބާސް ވިދާޅުވިއިރު، ރެއާލުން ވަނީ 2019 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގެ ފަހުން މި ފަހަރުގެ ޓްރާންސްފާގައި ޚަރަދެއް ކޮށްފައެވެ. އެއީ 40 މިލިޔަން ޔޫރޯ ޚަރަދުކޮށްގެން ގެނައި ފްރާންސްގެ ޒުވާން މިޑްފީލްޑަރު އެޑޮއާޑޯ ކަމަވިންގާއަށެވެ.

ރެއާލް މެޑްރިޑް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް