Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯޓް ބިލްޑިން ދާއިރާ

ހިތްވަރު ހުރެއްޖަނަމަ ބޯޓްބިލްޑިންގެ ދާއިރާއިން ޒުވާނުންނަށް ކުރިއަށްދެވޭނެ

މި ދާއިރާއަކީ ހިތްވަރާއި އަޒުމާއެކު ކުރިއަށް ގޮސްފިނަމަ ރަނގަޅު މުސާރައެއް ވެސް ލިބޭނެ ދާއިރާއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2021 | އަންގާރަ 13:10
އަލީ ހަސަން: މި ދާއިރާގައި މަސައްކަތްކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ތަޖުރިބާކާރެއް

އަލީ ހަސަން: މި ދާއިރާގައި މަސައްކަތްކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ތަޖުރިބާކާރެއް

އަބަދުވެސް އަޑުއިވޭ ވާހަކައަކީ ފަންނަނީ ވަޒީފާތަކަށް މީހުން މަދު ވާހަކައެވެ. ފަންނީ ވަޒީފާތަކުގެ ފުރުސަތު ރާއްޖޭގައި އޮތްއިރު އެކަމަށް އެންމެ ގާބިލު މީހުން ނުލިބޭ ވާހަކައެވެ. އެހެންވުމުން ދެން އެ މަގާމުތަކަށް ގެންނަން ޖެހެނީ ރާއްޖެއިން ބޭރުން ބިދޭސީންނެވެ. އަޅުގަނޑުމެންގެ މި ރާއްޖޭގެ ބޯޓް ބިލްޑިން އަކީވެސް މި ދާއިރާއިން ކުރިއަށް ދެވޭނެ ދާއިރާއެކެވެ. ހިތްވަރާއި އަޒުމާއެކު ކުރިއަށް ގޮސްފިނަމަ ރަނގަޅު މުސާރައެއް ވެސް ލިބޭނެ ދާއިރާއެކެވެ.

ރާއްޖޭގެ ޒުވާން ޖީލަށް ބަލާލިޔަސް ހާމަވެގެންދާ އެއް ކަމަކީ ގިނަ މީހުން ބޭނުންވަނީ އެހާ ބުރަ މަސައްކަތް ކުރަން ނުޖެހޭ ވަޒީފާއެކެވެ. ކޮމްޕިއުޓަރު ކައިރީގައި، މޭޒު ދޮށުގައި އިނދެ މަސައްކަތް ކުރުމަށްފަހު ގެއަށް ދެވޭނެ ކަހަލަ ފަސޭހަ ވަޒީފާއެކެވެ. ކަން މިހެން ހުރިއިރު ބޯޓްޔާޑް ދާއިރާގައި އުފެދޭ ޒުވާނުން މަދުކަން އެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާން މީހުން އަބަދުވެސް ފާހަގަކުރެއެވެ. އަދި ދާއިރާއާ ދޭތެރޭގައި މުޖުތަމައު ދެކޭ ގޮތް ވެސް މިހާރު ބަދަލުކުރަން ޖެހިފައިވާކަމަށް ވަނީ ބުނެފައެވެ. ގިނަ ފަހަރަށް މިދާއިރާއާ ގުޅޭ ޒުވާން ކުއްޖާ މި ގުޅެނީ ދެން އެނޫން ގޮތެއް ނެތީމައޭ ބައެއް މީހުންނަށް ހީވާ ކަހަލައެވެ. އަދި އެ ކުއްޖަކާ ދެތެރޭގައި ދެކޭގޮތް ވެސް ތަފާތުވެގެންދެއެވެ.

ކަން މިހެން ހުރިއިރު މިދާއިރާގައި އުޅޭ "ހަރު މީހުން" ގެ އުންމީދަކީ މި ވިސުނުން ބަދަލުވެ، އަންނަން އޮތް ޖީލުތަކާއި ހަމައަށް މި މަސައްކަތް ފޯރުކޮށްދެވޭނެ މަގެއް ހޯދައި ދިނުމެވެ.

މި ދާއިރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ބޯޓު ބަނުމުގައި 35 އަހަރު އުޅެފައިވާ، އެމްއެމްއެސް ބޯޓްޔާޑްގެ ސީއީއޯ އަލީ ހަސަންގެ އުންމީދަކީ ވެސް މިއީއެވެ. އަލީ ހަސަން ވިދާޅުވީ މި ދާއިރާއަށް ޝައުގުވެރިން އުފެދިގެން ދިޔައީ މީގެ އެތައް އަހަރުތަކެއް ކުރިން އަލިފުއްޓަށް އައި ބޭރު ޓީމެއްގެ ސަބަބުން ކަމަށެވެ. އެގޮތުން އޭނާއަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭތީ ބަސް ތަރުޖަމާ ކޮށްދޭ މީހެއްގެ މަގާމަށް ވަގުތީ ގޮތުން އޭނާއަށް ވަޒީފާ ދިން ކަމަށެވެ. އަދި އެ ޓީމުން ރާއްޖެއައި ދިރާސާ އެއް ހަދަންކަން ފާހަގަކޮށް ހަސަން ވިދާޅުވީ ބޯޓް ބިލްޑިންގ ސެޓަޕް ހަދަން އެޓީމުން އެކި ރަށްރަށަށް ދަތުރުކުރި ކަމަށެވެ. އެއަށްފަހު އަލިފުށީގައި ބޯޓްޔާޑެއް އެޅުމަށް ނިންމި ކަމަށެވެ. އެމީހުންނާއެކު އުޅުމުގެ ތެރޭގައި މި މަސައްކަތަށް ބޭނުންވާ ސާމާނުތަކާއި ބޯޓުތައް ފެނުމުން، މި ޝައުގުވެރިކަން އުފެދިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެ ކުންފުނިން ލަކުޑި ހުންނަ ގޮތަށް ފައިބަރުން ދޯނި ފަހަރު ބަނުމަށްފަހު ޑިޖިޓަލް ޕްރިންޓް ކުރާ ކަމަށާއި ރިސޯޓުތަކަށް ބޭނުންވާ އުޅަނދުތައް، ކަސްޓަމަރު ބޭނުންވާ ގޮތަށް ހަދައިދޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކި ދޯނި ފަހަރު ބަނދެފައިވާއިރު ރިސޯޓުތަކަށް ބޭނުންވާ ވޯޓަރ ސްލައިޑް ވެސް އެމީހުން ތައްޔާރުކޮށްދެއެވެ.

ހަސަން ވިދާޅުވީ މިއީ ދިވެހިންގެ ހުނަރު ބޭރުގެ މީހުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާ ވަރަށް ރަނގަޅު ދާއިރާއެއް ކަމަށެވެ. މިދާއިރާގައި އެހާ ދިގު މުއްދަތަކަށް ހިދުމަތްކުރި މީހެއްގެ ހައިސިއްޔަތުން ޒުވާނުން ނެރެ، ބޯޓްބިލްޑިންގ ދާއިރާއަކީ ރާއްޖޭގައި ނަން ކިޔާލެވޭ ފެންވަރުގެ ދާއިރާއަކަށް ހަދަން ބޭނުންވާކަމަށް ވިދާޅުވިއެވެ.

މީހުން ބުނެ އުޅެއެވެ. އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫނެވެ. ހިތްވަރާއި އަޒުމު ހުރެއްޖެނަމަ ކޮންމެ ދާއިރާއަކުން ވެސް އެ މީހަކަށް ކުރިއަށް ދެވޭނެއެވެ. އުންމީދަކީ މި ދާއިރާއަށް ގިނަ ޒުވާނުން ނިކުމެ ރާއްޖޭގައިވެސް ކުޅަދާނަ މީހުން މި ދާއިރާއިން ވެސް ބިނާވެގެންދާނެކަން ސާބިތުކޮށްދިނުމެވެ. ހިތްވަރު ހުރެއްޖަނަމަ ބޯޓް ބިލްޑިންގެ ދާއިރާއިން ޒުވާނުންނަށް ކުރިއަށްދެވޭނެއެވެ.

ބޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަކަށް ޔަމަނުގެ ހޫތީން ހަމަލާ ދީފި

އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަކަށް ޔަމަނުގެ ހޫތީން ހަމަލާ ދީފި

22 ޖޫން 2024
ބޭރުން ގަންނަ ބޯޓުފަހަރު އަގުބޮޑުވެގެން އެންމެ ފަހުން ފެށީ އަމިއްލައަށް ބޯޓު ބަންނަން

ބޭރުން ގަންނަ ބޯޓުފަހަރު އަގުބޮޑުވެގެން އެންމެ ފަހުން ފެށީ އަމިއްލައަށް ބޯޓު ބަންނަން

13 މާރިޗު 2022
އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !

އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !

09 މާރިޗު 2018
ނުކުޅެދޭ މީހާގެ ހިތްވަރު، ކުޅެދޭ މީހުންނަށް ވުރެ ވަރުގަދަ!

ނުކުޅެދޭ މީހާގެ ހިތްވަރު، ކުޅެދޭ މީހުންނަށް ވުރެ ވަރުގަދަ!

09 މާރިޗު 2018
ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

06 މާރިޗު 2018

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު