Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގައުމީ ދުވަސް

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

ގައުމީ ދުވަސް ނިސްބަތްވަނީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވި ދުވަހަށް

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2017 | އާދީއްތަ 12:46
ދިދަ ނެގުމުގެ ރަސްމިއްޔާތު

ދިދަ ނެގުމުގެ ރަސްމިއްޔާތު

މިއަދަކީ ދިވެހިންގެ ފަހުރުވެރި ގައުމީ ދުވަހެވެ. ގައުމީ ދުވަސް ނިސްބަތްވަނީ ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހަށެވެ. އެދުވަހަކީ 981 ވަނަ އަހަރުގެ ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަހެވެ. ބޮޑުތަކުރުފާނަކީ ތިލަދުންމަތީ އުތީމު ކަޅު އަލީ ހަތީބު ތަކުރުފާނުގެ ހުސެއިން ހަތީބު ތަކުރުފާނުގެ މުހައްމަދު ތަކުރުފާނެވެ.

ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށަށް މިރާއްޖެ ދިޔައީ 965 ވަނަ އަހުރެވެ. އޭރު ތަހުތުގައި އިންނެވީ އައްސުލްތާނު އަލީ (6) ވަނައެވެ. އަލީ ރަސްގެފާނު ޝަހީދު ކޮށްލުމަށް ފަހު ޕޯޗްގީޒުންގެ އަނިޔާވެރިކަން ހައްދުން ނެއްޓިގެން ދިޔައެވެ. ޕޯޗްގީޒުންގެ ފަރާތުން އޭރު ވެރިކަން ކުރަމުން ދިޔައީ އަދިރިއަދިރިންނެވެ.

ޕޯޗްގީޒުންނާ ދެކޮޅަށް އެތަކުރުފާނު ފެއްޓެވި ޖިހާދަކީ މަތިވެރި ޖިހާދެކެވެ. އެޖިހާދު އެތަކުރުފާނު ފައްޓަވަން ޖެހުނީ ދިވެހިންނަށް އޭރު ލިބެމުން ދިޔަ އަނިޔާ ހުއްޓުވުމަށެވެ. މިގައުމުން އިސްލާމްދީން ފޮހެވިދާނެ ކަމުގެ ބިރައްޓަކައެވެ. ދިވެހި ގައުމިއްޔަތު މުޅިން ނެތިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައެވެ.

ޕޯޗްގީޒުންނާ ދެކޮޅަށް އެތަކުރުފާނުގެ އަރިހުގައި އިސްކޮށް ބައިވެރިވެލެއްވީ މުހައްމަދު ތަކުރުފާނުގެ ބޭބޭފުޅު އަލިތަކުރުފާނާއި ކޮއްކޯފުޅު ހަސަންތަކުރުފާނެވެ. ފަހުން އެ ޖިހާދުގައި ބައިވެރިވެލެއްވީ މަލިކު އަލީ ހާޖީއާ ހަސަން ހާޖީއެވެ. އޭގެ އިތުރުން ދުވާފަރު އަލީ ދަންޑަހެލެވެ.

ހިތްވަރުފުޅާއެކު ދަންވަރުގެ ވަގުތުތަކުގައި ރަށްރަށް އަރައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރެއްވުމަށް އެ ތަކުރުފާނު ބޭނުންފުޅު ކުރެއްވި އޮޑީގެ ނަމަކީ"ކަޅުއޮއްފުންމި" އެވެ.

ޕޯޗްގީޒުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވުމުން ރާއްޖޭގެ ރަސްކަމަށް މުހައްމަދު ތަކުރުފާނު އިސްކުރެވުނެވެ. އެތަކުރުފާނު ރަސްކަމަށް އިސްކުރުމުން ނަންފުޅަކީ އައްސުލްތާނު މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދިއްތަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެރަދުންގެ ރަސްކަމުގައި ބޮޑުވަޒީރަކީ އަލީ ހާޖީއެވެ.

ގައުމީ ދުވަސް ފާހަގަ ކުރާއިރު ގައުމުގެ ބަދަހި ސަފުތައް އޮތީ އެގޮތަކަށް ނޫނެވެ. ގައުމީ ރޫހުގައި ދިވެހިން ނިކުމެ ކުރަން ހުރި އެންމެހާ ކަންކަމަށް ވަނީ ފިތުނައިގެ ހިޔަނި އެޅިފައެވެ. މިކަމުގެ ޒިންމާ ކޮނޑުގައި އަޅަންޖެހޭ ފަރާތްތަކުގެ ލިސްޓް އިންތިހާއަށް ދިގެވެ.

ގައުމެއްގައި އެންމެ އަގުބޮޑު އެއްޗަކީ އެގައުމެއްގެ ރައްޔިތުންނެވެ. އެގައުމުގައި ރައްޔިތަކަށް ލިބޭ މިނިވަންކަމެވެ. އެގައުމެއްގައި ރައްޔިތުމީހާއަށް ލިބޭ ތަނަވަސްކަމެވެ. އަދި ގައުމީ ޚިދުމަތުގައި އުމުރު ހޭދަކުރެއްވި ޚިދުމަތްތެރީންނާ، ގައުމާއި ދީނުގެ ދިފާއުގައި ހިތާއި މޭ ކުދިކުދިވެ ތެޔޮ ހޭނިގެން ދިޔަޔަސް ހެޔޮކަމަށް ދެކިގެން ގައުމަށްޓަކައި ޝަހީދުވެގެން ދިޔަ ދިވެހި ދަރީންނެވެ.

މިފަދަ ދުވަހެއްގައި ދިވެހިންގެ ހިތުގައި އަލުން އަޒުމް ކަނޑައަޅަން ވީ ޅެންވެރިޔާ ވެސް އެވިދާޅުވާ ފަދަ ކަންކަމެވެ.

"ގައުމަށްޓަކައި ގުރުބާންވުމަށް ކެރިގެން ނިކަން އަލުން ދެން ޒުވާނުން ހިނގާށޭ އެކީ،

ކެރިގެން ނިކަން އިޖާބަދޭން ، ކެރިގެން ނިކަން އިޖާބަދޭން"

ކޮމެންޓް

އިތުރަށް ކިޔާލަން

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

28 ޖުލައި 2017
ރައީސް ކަމަށް ޖިހާދު؟

ރައީސް ކަމަށް ޖިހާދު؟

03 ޖުލައި 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު