Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްލި މައްސަލައިގެ ބަހުސް

ކުއްލި މައްސަލަ ހުށަހެޅުއްވީ ސިޔާސީކުރުމަށް - ސަލީމް

ސަރުކާރަށް 3 އަހަރު ވީއިރު ޖަލުގައި ނިޔާވީ އެންމެ ގައިދީއެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2021 | އަންގާރަ 06:33
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

ހުޅުމާލޭ ޖަލުގައި ގައިދީއަކު ނިޔާވި މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގުމަށް ގޮޮވާލައި ކުއްލި މައްސަލަ ހުށަހެޅުއްވީ ސިޔާސީ ބޭނުމެއްގައި ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މައްސަލަ ހުށަހެޅުއްވީ އަނިޔާވެރި ވުމަށް ހިތްވަރު ދެއްވި މެމްބަރެއް ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ. މަޖިލީހަށް ސިފައިން ވަދެ މެމްބަރުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާފައި ދިޔަ މީހުންނަށް އެއިރުގެ ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވި އާދަމް ޝަރީފް ހިތްވަރު ދެއްވި ކަމަށެވެ. މިއަށް ރައްދު ދެއްވައި މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ޚިލާފު ކަމެއް ކުރުމަށް ސިފައިންނަށް އަމުރު ކުރައްވާފައެއް ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އޮތް ދުވަހު މަޖިލީހުގެ ފުލުހުންނާއި ސިފައިން ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގަޔަށް އަދި ލޮލަށް ޕެޕަރ ސްޕްރޭ ޖަހާފައިވެއެވެ. އެއީ 2018ވަނަ އަހަރުގެ ޖުލައި މަހުގެ 24ވަނަ ދުވަހެވެ.

މެމްބަރު ސަލީމް ވިދާޅުވީ، އޭރު ކަން ހިނގައި ދިޔަ ގޮތާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަފުޅެއް ނުދައްކަވާނެ ކަމަށެވެ. އަދި ހެކި ނެތް ވާހަކަފުޅެއް ވެސް ނުދައްކަވާނެ ކަމަށެވެ.

ހުޅުމާލޭ ޖަލުގައި ގައިދީއަކު ނިޔާވި މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރައްވަމުން ގެންދަވާކަން ފާހަގަކުރަައްވަމުން މެމްބަރު ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް އިންސާނީ ހައްގުތަކާބެހޭ ދާއިމީ ކޮމިޓީއެއް ވުޖޫދު ވެގެން އައީ މިހާރު ކަމަށެވެ.

ގައުމަށް މިހާރު އައިސްގެން އުޅޭ ކުރިއެރުމަކީ އަނިޔާވެރިންނަށް އަނިޔާގެ ވާހަކަ ދެއްކުމުގެ ފުރުސަތު އޮތުން ކަމަށެވެ.

މެމްބަރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަކީ ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމަށާއި، މިކަން ތަހުގީގު ކުރުމަށް ގޮވާލާ ކަމަށެވެ.

މި މަައްސަލައަށް ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ކުއްލި މައްސަލައެއް ހުށަހެޅުއްވީ އެއްވެސް އިޚުލާސްތެރިކަމެއް ހުރެގެން ނޫން ކަމަށެވެ. އެއީ ސިޔާސީ މަޤުޞަދެއް ހާސިލްކުރަން ހުށަހެޅި މައްސަލައެއް ކަަމަށާއި، ސަރުކާރަށް 3 އަހަރު ވީއިރު ޖަލުގައި ނިޔާވީ އެންމެ ގައިދީއެއް ކަމަށެވެ. މިދިޔަ ސަރުކާރުގައި 10 ގައިދީއަކު ޖަލުގައި ނިޔާވެފައިވާ ކަމަށް ވިދާޅުވިއެވެ.

ޖަލުގައި 10 ގައިދީން ނިޔާވިއިރު އެ އެންމެންގެ މައްސަލަ މަޖިލީހަށް ހުށަނޭޅުއްވީ ކިއްވެގެންތޯ މެމްބަރު ސުވާލު އުފެއްދެވިއެވެ.

މި މައްސަލައިގައި ސަރުކާރުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލާނެ ކަމަށާއި، ސަރުކާރުން އަދި އެމްޑީޕީން ވެސް ވަކާލާތު ކުރާނީ، އަނިޔާވެރިކަމާއި ވައްކަމާ ދެކޮޅަށް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ފިތުނަ އުފެއްދުމަށް މިފަދަ ކަންކަން ނުކުރެއްވުމަށް މެމްބަރު ގޮވާލެއްވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު