Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންޓަލް ހެލްތް ދާއިރާ

މެންޓަލް ހެލްތް ދާއިރާއިން މާސްޓަރސް ފެންވަރުގެ 46 ސްކޮލަރޝިޕަށް ހުޅުވާލައިފި

14 ސެޕްޓެމްބަރު 2021 | އަންގާރަ 03:46

އެޑިކްޝަން ސްޓަޑީޒްގެ ސްކޮލަރޝިޕްތައް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ސެޕްޓެމްބަރު 2021 | އަންގާރަ 03:46
މެޑިކަލް އެކްސްޕޯއެއްގެ ތެރެއިން- މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ޚާއްޞަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއް

މެޑިކަލް އެކްސްޕޯއެއްގެ ތެރެއިން- މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ޚާއްޞަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއް

މެންޓަލް ހެލްތް ދާއިރާއިން މާސްޓަރސް ފެންވަރުގެ 46 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އިފްތިތާހު ކޮށްދެއްވައި މިިދިޔަ އޯގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް ވަނީ މި ސްކޮލަރޝިޕްތަކަށް ވަރަށް އަވަހަށް ހުޅުވާލާނެކަން އޭރު ހާމަ ކުރައްވާފައެވެ. އެގޮތުން އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތަކެއް އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ތެރެއިން ވެސް، މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ޚާއްޞަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، މެންޓަލް ހެލްތުގެ ދާއިރާއިން ކްލިނިކަލް ސައިކޮލޮޖީއާއި، ޕްރޮފެޝަނަލް ކައުންސެލިންގ، އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލަރޝިޕްތައް ހިމެނޭގޮތަށް، މާސްޓަރސް ފެންވަރުގެ ސްކޮލަރޝިޕްގެ ފުރުޞަތު ސަރުކާރުން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. މިހާރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިވަނީ މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.

މާސްޓަރސް ފެންވަރުގެ މި ސްކޮލަރޝިޕްތަކަށް ހުޅުވާލާފައިވާ ދާއިރާތަކަށް ބަލާއިރު، ކްލިނިކަލް ސައިކޮލޮޖީން 10 ފުރުސަތު، އެޑިކްޝަން ސްޓަޑީޒް/މެނޭޖްމަންޓް އިން 5 ފުރުސަތު، ސައިކޭޓްރީން 2 ފުރުސަތު، ސައިކޭޓްރިކް ނަރސިންގ އިން 11 ފުރުސަތު، ކައުންސެލިންގ/ސައިކޯތެރަޕީން 10 ފުރުސަތު، ލާރނިންގ ޑިސްއެބިލިޓީން 8 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ސްކޮލަރޝިޕްތަކާ ގުޅޭގޮތުން އޭރު ވާހަކަ ދައްކަވަމުން ރައީސް ވަނީ މީހުން ބިނާކުރުމަކީ ޤައުމުގެ ކުރިމަގަށްޓަކައި ރައްކާކުރެވޭ ވަރަށް އަގުބޮޑު ރައުސްމާލެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހުރިހާ ބެލެނިވެރިން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި ސަރުކާރުން ފަހިކޮށްދޭ މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައި، ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނު ކުރިއަރުވައި ތަރައްޤީކޮށްގެން، ޤައުމުގެ ތަރައްޤީގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީމިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް