Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފުށީ އެއަރޕޯޓްގެ މަސައްކަތް

އަލިފުށީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު: އީއައިއޭގެ މަސައްކަތަށް ތިން މަސް ނަގާނެ!

އަލިފުށީ ކައުންސިލްއާ މަޝްވަރާ ކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ސެޕްޓެމްބަރު 2021 | އަންގާރަ 03:34
އަލިފުށީ އެއާރޕޯޓް އެޅުމުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން،

އަލިފުށީ އެއާރޕޯޓް އެޅުމުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން،

ރ. އަލިފުށީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އެންވަޔަރަމަންޓަލް އިންފެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ނަގާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ އަލިފުށީ އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީއާ ހަވާލު ކުރެވިފައި މިވަނީ ސަރުކާރާއި، ރައްޔިތުން ކުރާ އިތުބާރެއްގެ ބޮޑު ކަމުން ކަމަށެވެ. މިއީ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ މަޝްރޫއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

މިމަޝްރޫއާ ގުޅިގެން އަލިފުށީގެ ކައުންސިލްއާ ވަރަށް ގާތުން މަޝްވަރާތައް ކުރެވޭކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އީއައިއޭގެ މަސައްކަތްތައް ކުރުމަށް ޚާއްސަ ޓީމެއް އެރަށަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އީއައިއޭގެ މަސައްކަތްތަކަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަސައްކަތަށް ފަހު މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިމަޝްރޫއު ނިންމަން ކަނޑައަޅާފައިވާ ތާރީހުގައި ނިންމައި، ހަވާލުކުރާނެ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޚާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއަރޕޯޓް ތަރައްގީކުރުމަށް ހިއްކޭ ބިމެކެވެ. މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތް ވަނީ މިކުންފުންޏާ ހަވާލުކޮށްފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއް ވެސް ގާއިމު ކުރެވިގެންދާނެއެވެ.

މިއީ 451.61 މިލިއަން ރުފިޔާ ގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ނިންމުމަށް ހަމަޖެހިފައިވަނީ 750 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއަކީ އަގުގެ ގޮތުންނާއި، މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރި އެންމެ ބޮޑު މަޝްރޫއެވެ. 

އަލިފުށިއެއަރޕޯޓްއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
21 އޮކްޓޯބަރު 2025

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
12 އޮކްޓޯބަރު 2025

"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"

12 އޮކްޓޯބަރު 2025
"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"
05 އޮކްޓޯބަރު 2025

ސޮނިކް ހަތިޔާރު ބޭނުންކުރުމަކީ ނިއުޔޯކް ފަދަ ޤައުމުތަކުގައި ދައުވާ ކުރާ ކަމެއް: އާޒިމް

05 އޮކްޓޯބަރު 2025
ސޮނިކް ހަތިޔާރު ބޭނުންކުރުމަކީ ނިއުޔޯކް ފަދަ ޤައުމުތަކުގައި ދައުވާ ކުރާ ކަމެއް: އާޒިމް
04 އޮކްޓޯބަރު 2025

މި ސަރުކާރުން ހައްގަކަށްފަހު ހައްގެއް ނިގުޅައިގަނެ، ރައްޔިތުންގެ ހަތަރެސްފައި މިހާރު ވަނީ ބަނދެފައި: މޭޔަރު އާޒިމް

04 އޮކްޓޯބަރު 2025
މި ސަރުކާރުން ހައްގަކަށްފަހު ހައްގެއް ނިގުޅައިގަނެ، ރައްޔިތުންގެ ހަތަރެސްފައި މިހާރު ވަނީ ބަނދެފައި: މޭޔަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު