Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާދަމް ޢާޒިމް

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

ސަރުކާރަށް ދެ އަހަރު ވީއިރު ރައީސް މުއިއްޒަށް ކުރެވުނުހާ ކަމަކީ ރަށްތަކަށް އަރާ ސަޅި ކެނޑުމާ ފޮނިކެނޑުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2025 | ހޮނިހިރު 14:42
މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވީ އިރު ކުރެވުނު ހަމަ އެކަނި ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ތަޅާ ބުރުވުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ސަރުކާރަށް ދެ އަހަރު ވީއިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރެވުނުހާ ވެސް ކަމަކީ ރަށްތަކަށް އަރާ ސަޅި ކެނޑުމާ ފޮނިކެނޑުން ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށްނުދީ ކުރި ހަމަ އެކަނި ކަމަކީ 110 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ރައްޔިތުންގެ ފައިސާ އިން ތަޅާ ބުރުވުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މޭޔަރު މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީ އިން ހުކުރު ދުވަހުގެ ރޭ ބާއްވި ޖަލްސާއަށް ފަހުގަ އެވެ. މި ޖަލްސާ އަށް މީހުން ގިނަ ކުރަން ރާއްޖޭގެ އެކި އެއަރޕޯޓްތަކުން އެތައް ޗާޓަރު ފްލައިޓެއް އޮޕަރޭޓް ކޮށްފައި ވާއިރު، ގައުމީ އެއާލައިން، މޯލްޑިވިއަން ގައި މިވަގުތު އޮތް އެންމެ ބޮޑު މަތިންދާ ބޯޓު ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ގަމަށް ކުރި ފުރަތަމަ ދަތުރު ވެސް ވެގެން ދިޔައީ ޖަލްސާ އަށް މީހުން ބަލައި ކުރި ދަތުރަށެވެ.

މިއީ 264 މީހުންގެ ޖާގަ އޮތް ބޯޓެކެވެ. އޭގެ އިތުރުން ފެނަށް ޖެހިފައި އޮތް ފުވައްމުލަކު ސިޓީއަށް ބޯފެން ގެންދިޔުމަށް މޯލްޑިވިއަނުން އެ ރަށަށް ޗާޓަރުކޮށްގެން އަޅަމުންދާ ފްލައިޓުތަކުގައި ވެސް މާލެ އަށް މީހުން ގެނަސްފައިވާ ކަމަށާ އެއަރޕޯޓަށް އަންނަ މީހުން އުފުލުމަށް އެމްޓީސީސީގެ ބޮޑެތި ބަސްތައް ވެސް ބޭނުން ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލްސާ އަށް އައި މީހުންނަށް ހިލޭ ދެކޮޅު ޓިކެޓް ދިނުމުގެ އިތުރުން، މާލޭގައި ތިބުމުގެ ޚަރަދާއި ޕޮކެޓް މަނީވެސް ވަނީ ހަމަޖައްސާ ދީފައެވެ.

ޑރ. މުހައްމަދު މުއިއްޒުއާދަމް ޢާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު