Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ އެލްޔޫޕީ

"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"

12 އޮކްޓޯބަރު 2025 | އާދީއްތަ 08:38

މާލޭ ސިޓީގައި ބިމުގެ ދަތިކަން ބޮޑުވެފައިވާތީ އެކަށީގެންވާ ލޭންޑްޔޫޒް ޕްލޭނެއް ބޭނުންވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 އޮކްޓޯބަރު 2025 | އާދީއްތަ 08:38
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް މާލޭގެ އެލްޔޫޕީގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ 12.10.2025

މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް މާލޭގެ އެލްޔޫޕީގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ 12.10.2025

އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ ކަމަށާއި މާލޭ ސިޓީ ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، "ރީތިންކް މާލޭ"ގެ ނަމުގައި ކުރިއަށް ގެންދާ މާލޭގެ ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އާއި މެދު މަޝްވަރާކުރުމުގެ ބައްދަލުވުން، ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެޗްޑީސީ އިންނާއި ރާއްޖެ އިން ބޭރުން ބަޔަކު ގެނެސްގެން މާލޭގެ ސަރަހައްދުގައި ޕްލޭންތަކެއް ހަދަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއްކަމެއްގައި ތަފާތު އެކި ޕްލޭންތައް ހެދުމުގެ ބަދަލުގައި އެންމެން އެކައްޗެއް ކިޔައިގެން ގައުމީ ތަރައްޤީގެ ޕްލޭނާއި އެއް ހަމައަކަށް ކަންކަން ބައްޓަން ކުރަން ޖެހޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެހެން އެކަން ނުވާ ނަމަ އޮޅުންބޮޑުވެ އަމަލު ކުރަންވީ ކޮން ޕްލޭނަކަށް ކަން ނުނިންމޭ ހިސާބަށް ކަންކަން ބޮއްސުން ލާފާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ވަކިވަކިން ލޭންޑްޔޫސް ޕްލޭން ހެދުމުގެ ނަތީޖާ އަކީ އެކި ޕްލޭންތަކުގައި މުޅިން ތަފާތު ގޮތްގޮތަށް ލޭންޑް ޔޫސް ގެ މަސައްކަތް ޕްލޭންކޮށްފައި ވުމުން، މަސައްކަތް ކުރާނެ ގޮތަކާއި މެދު ސުވާލު އުފެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ މިއަށް ވުރެ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް ގެންނަން ޖެހޭ ބަދަލުތައް އެބަހުރި ކަމަށާއި އެކަމަށްޓަކާ އެކަށީގެންވާ ލޭންޑްޔޫސް ޕްލޭނެއް މުހިންމު ކަމަށް އާޒިމް ވިދާޅުވިއެވެ. އިދާރާތަކާއި މުއައްސަސާތަކަށް ބޭނުންވާ ބިން ނެތުމުގެ ސަބަބުން އެ އިދާރާތަކާއި މުއައްސަސާތަކުގެ މަސައްކަތަށް ބުރު އަރާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެފަދަ ބައެއް ތަންތަނުގެ ތެރޭގައި ފުލުހުން، އެމްޓީސީސީ، ސްޓޭލްކޯ ފަދަ ތަންތަން ހިމެނޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ ތަންތަނަށް ބޭނުންވާ ބިން ނުލިބިއްޖެ ނަމަ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އަސާސީ އަދި ޒަރޫރީ ޚިދުމަތްތަކަށް ބުރު އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

"މިސާލަކަށް އެމްޓީސީސީގައި [ފަސިންޖަރުން] ބަހުގެ ބޭރުގައި ބައިތިއްބައިގެން އެ ތިބެނީ. ސްޓެލްކޯ އަށް ބިން ބޭނުންވޭ. ފުލުހުން މިހެން ގޮސް އެތައް ތަނެއް އެބަ ހުރި. އެކަން ނުކުރެވޭ ނަމަ ޚިދުމަތްތައް ހުއްޓޭ ހިސާބަށް ކަންކަން ހިނގައިދާނެ." އާޒިމް ވިދާޅުވިއެވެ.

ގުޅީފަޅާއި ގިރާވަރުފަޅަށް އާއްމުން ދަތުރުކުރަން ފަށަން ވާއިރަށް ކަނޑުމަގުގެ ރަނގަޅު ޕްލޭނެއް އެކުލަވާލުމަކީ ވެސް މުހިންމު ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އެކަން އެހެން ނުކޮށްފި ނަމަ މާލެ ސަރަހައްދުގެ ކަނޑުދަތުރުފަތުރަށް ވަރަށް ބޮޑަށް އަސަރުކުރުން އެކަށީގެންވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މާލޭ ސިޓީގައި އިންތިހާ އަށް ބިމުގެ ދަތިކަން އެބަ ހުރި ކަމަށާއި، ރަނގަޅު ލޭންޑްޔޫސް ޕްލޭނެއް ނުހެދިއްޖެ ނަމަ އެކަމުގެ ނޭދެވޭ ނަތީޖާ ނުކުމެދާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

30 ސްޓޭކް ހޯލްޑަރުންނާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންނަށް އެ ބައްދަލުވުމަށް ވަނީ ދައުވަތު ދީފައެވެ.

އާދަމް ޢާޒިމްމާލެ ސިޓީލޭންޑް ޔޫސް ޕްލޭންރީތިންކް މާލެ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
16 ނޮވެމްބަރު 2025

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް