Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުން

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުން: ދައުލަތާއި ދިފާއުން ވެސް އައު ހެކިތަކެއް

ދިފާއުންވަނީ 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 07:29
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ބައްލަވާ ފަނޑިޔާރުން

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ބައްލަވާ ފަނޑިޔާރުން

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި ދައުލަތާއި ދިފާއުން އައު ހެކިތަކެއް ހުށަހަޅައިފިއެވެ.

އަލަށް ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން އިސް ގާޒީ ވިދާޅުވީ، ހެކިތައް ކޯޓަށް ލިބިފައިވާ ކަމަށާއި، އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ހެކިތައް ބަލައިގަތުމަށް ނިންމާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެއީ މި މަރުހަލާގައި ބަލައިގަންނަން ފެންނަ ހެކިތަކެއްތޯ ބަލައި، އެއަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ފުރަތަމަ އަޑު އެހުން ސުޕްރީމް ކޯޓުގައި އާދީއްތަ ދުވަހު ކުރިއަށް ގެންދިޔައިރު، ދިފާއުންވަނީ 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައެވެ. ރައީސް ޔާމީނުގެ ފަރާތުން 2 ހުށަހެޅުމެއް ވަނީ ހުށަހަޅުއްވާފައެވެ. މި 2 ހުށަހެޅުމަކީ ކަފާލާތާއި، ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާ ގުޅޭ 2 ހުށަހެޅުމެކެވެ. މި ހުށަހެޅުންތައް އިއްވަވަމުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ ޖަމީލް ވިދާޅުވީ، ކަފާލާތަށް އެދުމުން ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ދައުލަތުން އެކަމަށް ޖަވާބެއް ދީފައިވާ ކަމަށާއި، ނަމަވެސް އެ ޖަވާބާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް 2 ދުވަސް ބޭނުންވާ ކަމަށެވެ. އެއާއެކު ޝަރީއަތުން ވަނީ އެ ހުށަހެޅުންތަކާއެކު ކުރިއަށް ދިއުމަށް 2 ދުވަހުގެ މުއްދަތެއް ދީފައެވެ.

ހުލާސާ ގޮތެއްގައި 22 ނުކުތާ ހުށަހެޅުމަށްފަހު ތަފްސީލީ ގޮތެއްގައި 7 ނުކުތާވަނީ ހުށަހަޅާފައެވެ.

އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ވާހަކަ ދެއްކުމުގެ ކުރިން ޑރ. ޖަމީލް ވަނީ ޚުލާސާ ގޮތެއްގައި ބައެއް ނުކުތާތައް ފާހަގަކުރައްވާފައެވެ. ޑރ. ޖަމީލް ވިދާޅުވީ، މި މައްސަލައަކީ ތަހުގީގު މަރުޙަލާގައި ވެސް ގޯސްތަކެއް ހަދާފައިވާ މައްސަލައެއް ކަމަށެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގު މަރުޙަލާގައި ކުރިއަށްދިޔަ ސުވާލުތަކަކީ މަނީ ލޯންޑަރިންގ އާ ގުޅޭ ސުވާލުތަކެއް ނޫން ކަމަށާއި، ތަހުގީގު މަރުޙަލާއިން ފެށިގެން ދައުވާ ކުރުމުގެ މަރުޙަލާއަށްވެސް ދައުލަތުން ޔާމީނުގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން ސާފު ކޮށްދީފައިނުވާކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
28 ޖޫން 2025

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.
04 ޖޫން 2025

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި
05 މެއި 2025

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު