Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީނުގެ ޖަލު ޙުކުމް

ޔާމީން އެދިވަޑައިގަތީ ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް!

12 ސެޕްޓެމްބަރު 2021 | އާދީއްތަ 06:10

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ގެންދަވަނީ ތަންފީޒު ކުރައްވަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 06:10
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

މަނީ ލޯންޑަރިން ގެ ކުށް ސާބިތުވެ، ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން އެ މައްސަލައިގެ ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފިއެވެ.

އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މި އަޑުއެހުމަކީ ރައީސް ޔާމީނުގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ޖަލު ޙުކުމަށް ހައިކޯޓުން ތާއީދު ކުރުމުން، ސުޕްރީމް ކޯޓުގައި އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. އެގޮތުން ރައީސް ޔާމީނުގެ ފަރާތުން 2 ހުށަހެޅުމެއް ވަނީ ހުށައަޅުއްވާފައެވެ. މި 2 ހުށައެޅުމަކީ ކަފާލާތާއި، ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާ ގުޅޭ 2 ހުށައެޅުމެކެވެ. މި ހުށައެޅުންތަކަށް ފަހު ވަނީ މި މައްސަލައިގެއިސްތިއުނާފީ ނުކުތާތައްޚުލާސާ ގޮތެއްގައި ހުށަހަޅުއްވާފައެވެ. އެގޮތުން 22 އިސްތިއުނާފީ ނުކުތާއެއް ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި ހުށަހެޅުންތައް އިއްވަވަމުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ވިދާޅުވީ، ކަފާލާތަށް އެދުމުން ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ދައުލަތުން އެކަމަށް ޖަވާބެއް ދީފައިވާ ކަމަށާއި، ނަމަވެސް އެ ޖަވާބާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް 2 ދުވަސް ބޭނުންވާ ކަމަށެވެ. އެއާއެކު ޝަރީއަތުން ވަނީ އެ ހުށަހެޅުންތަކާއެކު ކުރިއަށް ދިއުމުގެ ކުރިން 2 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމާއި، ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ރައީސް ޔާމީނުގެ ފަރާތުން އެދިފައިވާއިރު، މިހާރުވެސް ކްރިމިނަލް ކޯޓުގައި، ރ. ފުއްގިރި މައްސަލާގައި މަނީ ލޯންޑަރކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީޢަތުގެ އަޑުއެހުންތަކެއް ކުރިއަށްދެއެވެ. އޭގެއިތުރުން ވެސް، އެމްއެމްޕީއާރުސީގެ މައްސަލަތަކެއް ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުންދެއެވެ.

މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީއާއި ގައިދީންގެ ބަލި ހާލަތު ހުރިގޮތުން, ކޮވިޑުގެ ސަބަބުން ނުރައްކާތެރި ގޮތެއް މެދުވެރިވެދާނެ މީހުންނަށް ބަލައިގެން ކަރެކްޝަން ސަރވިސްއިން ވަނީ ވަގުތީގޮތުން ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައެވެ. ނަމަވެސް ގެއަށް ބަދަލު ކުރުމުގައި ކަރެކްޝަންސްއާމެދު ވެފައިވާ އިޤުރާރަށް ރައީސް ޔާމީނު ޚިލާފުވެވަޑައިގެންފައިވާކަމަށް ބުނެ ކަރެކްޝަންސް އިން ވަނީ އެ މައްސަލައިގައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ބުނެފައެވެ.

ގެކޮޅުގައި ހުންނަވައި ރައީސް ޔާމީނު ސިޔާސީ ޙަރަކާތްތައް ހިންގަވާކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް ހުކުރު ދުވަހުގެ މުޒާހަރާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވީ ގޭގައި ހުންނަވައިގެންނެވެ. މުޒާހަރާގެ ބައިވެރިން ރައީސް ޔާމީނުގެ ގޭގެ ކުރިމައްޗަށް އެއްވުމުން އެމީހުންނަށް ފެންނަ ގޮތަށް ކުޑަދޮރެއްގެ ކައިރީގައި ހުންނަވައި އިޝާރާތުން ހިތްވަރުދެއްވައި ސިޔާސީ މެސެޖުތައްވެސް ދެއްވިއެވެ. ޕީޕީއެމްގެ ދިދައާއި ގައުމީ ދިދަ ހޫރުއްވިއެވެ.

ރައީސް ޔާމީންއެމްއެމްޕީއާރްސީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
03 ޖުލައި 2025

"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"

03 ޖުލައި 2025
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް