Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީވީއެމްއަށް ދިން ހަމަލާ

ޓީވީ މޯލްޑިވްސްއަށް ހަމަލާދިން މައްސަލަ ރައީސް ނަޝީދުގެ ފަރާތްޕުޅުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް

7 ފެބްރުއަރީ 2012ގައި ސަލާމަތީ ބާރުތަކުން ވަނީ ޓީވީއެމްގެ އެތެރެއަށް ވަދެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 16:55
ފެބްރުއަރީ 7، 2012 ގައި ޓީވީއެމް އެތެރޭގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަނީ--

ފެބްރުއަރީ 7، 2012 ގައި ޓީވީއެމް އެތެރޭގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަނީ--

7 ފެބްރުއަރީ 2012ގައި ސަލާމަތީ ބާރުތަކުން ޓީވީ މޯލްޑިވްސްއަށް ވަދެ، އެތަނަށް ޓެރަރިސްޓު ހަމަލާއެއް ދިން މައްސަލަ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ. ޓީވީއެމަށް ގަދަކަމުން ވަދެ ބްރޯޑްކާސްޓިން ހުއްޓުވާ ތަން ހިސޯރު ކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް އެއިރު އެކަމުގެ އަޑީގައި ތިބި ސިޔާސީ ބައެއްގެ އޯޑަރަށް ދިވެހި ފުލުހުންނާއި ސިފައިންނެވެ.

Advertisement - newsAdvertisement

7 ފެބްރުއަރީ 2012ވަނަ ދުވަހު, ރައީސުލްޖުމްހޫރިއްޔާއާއި އަދި ދިވެހި ދައުލަތާ ދެކޮޅަށް ބަޔަކު ނުކުމެ ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ބަޢާވާތެއް ކޮށްފައި ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މައްސަލަ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ އިރު، މި މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމެނެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފްް ހޯމްއެފެއާޒެވެ.

ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ އާއި އަދި ދިވެހި ދައުލަތާއި ދެކޮޅަށް ބަޔަކު ނުކުމެ ވަނީ ޤާނޫނު އަސާސީ އާއި ހިލާފަށް ރައީސުލްޖުމްހޫރިއްޔާމަގާމުން ބޭރު ކުރައްވާފައެވެ. އަދި މަޤާމުން ބޭރު ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމުގެ ގޮތުން ދައުލަތުގެ މީޑިޔަރ ހިންގަމުންގެންދިޔަ އިމާރާތް ކަމުގައިވާ ޓެލެވިލްޒަން އޮފް މޯލްޑިވްސް (ޓީވީއެމް) ނުވަތަ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބ.ސީ) އިމާރާތުގެ ގޭޓަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޔުނިފޯމާއި، މޯލްޑިވްސް ނޭޝަނަލްޑިފެންސް ފޯރސްގެ ޔުނިފޯރމް އަޅައިގެން ތިބި ބަޔަކު ވަނީ އެ އިމާރާތަށް ޓެރަރިސްޓް ހަމަލާއެއްދީ ތަނުގައި ތިބި މުވައްޒަފުންރަހީނުކޮށް، ދައުލަތުގެ މީޑިޔާގެ ލައިވް ފުރީކުއެންސީ ހުއްޓާލައި، ވީޓީވީން ދައުލަތުގެ މީޑިޔާގެފުރީކުއެންސީގައި ދައްކާފައެވެ.

ވީމާ މިފަދަ ކަމެއް ކުރެވޭނީ ޓެރަރިސްޓް ހަމަލައެއްދީ ތަނުގައި ތިބި މުވައްޒަފުންނަށް ބިރު ދައްކައިރަހީނު ކޮށްގެން ކަމަށް ޤަބޫލު ކުރެވޭތީ، މިމައްސަލަ އިންތިޤާލީ އިންސާފުގެ އޮފީހުން ބައްލަވައިދެއްވުން އެދި ހުށަހަޅާ ކަމަށް ބުނެފައިވެއެވެ. އަދި ޓީވީއެމް ހިސޯރު ކުރުމުގައި އިސްވެ އުޅުއްވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިސްތިއުފާދެއްވުމުގެކުރިން އެމަނިކުފާނުގެ ނައިބެއްގެ ގޮތުގައި ހުންނެވި، އަދި ބަޣާވާތުގެ މޭސްތެރިޔާގެ ގޮތުގައި ތުހުމަތުކުރާ ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ކޮއްކޮ އަލީ ވަހީދު ކަމަށް ހެކިވެރިންގެ މައުލޫމާތުން ސާބިތުވާކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޯޑަރުތަކަށް ބޯލެބުމެއް ނެތި، ދައުލަތުގެ މުދަލަށް ނުހައްޤުން ގެއްލުން ދިނުމަކީ ޤާނޫނީ ބޮޑު ކުށެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ހަމަ އެޔާއި އެކު ރައްޔިތުންގެމުދަލާއި ފުރާނައާއި މި ޤައުމުގެ ވަހުދަތާއި އިސްތިޤްލާލް ނަގަހައްޓަން މާތް ރަސްކަލާންގެ ހަޒުރަތައް ހުވައެއް ކޮށްގެން ތިބި ބަޔަކުރައްޔިތުންގެ މުދަލަށް ގެއްލުންދީ، ރައްޔިތުންނަށް ބިރު ދައްކާ، ރައްޔިތުން ރަހުނު ކުރުމަކީ ޤާނޫނީ ބޮޑު ކުށެއް ކަމަށެވެ.

މިރާއްޖޭގައި ހިނގާދިޔަ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާއާއި ހިލާފަށް ދިވެހި ފުލުހުންގެ ތެރެއިން މަދު ބަޔަކާއި، ޤައުމީ ދިފާއީ ބާރުގެ ތެރޭން މަދު ބަޔަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ މަދު ވަޒީރުންގެ ބަޔަކުވީ އިހުމާލުގެ ސަބަބުން ހިނގާދިޔަ ބަޢާވާތަކީ ދުރާލާ ރޭވިގެން ހިނގާފައިވާ ކަމެއް ކަމުގައި ސާފުކޮށް އިނގެނީ ސިލޯނުގެ ކޮޅުނބުގައި ޑިސެމްބަރ 2011 ގައި ކުރީގެ 5 ބަންޑާރަ ނައިބުން ބައްދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވުމާއި، ބައެއް މުއްސަދި މަހުޖަނުން ފަންޑުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ސާފު ކޮށްދިނުން އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާ ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ދައުލަތް (ރައްޔިތުން) ގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ސިފައިންގެ ޤާނޫނުގެ 2 ވަނަ މާއްދާ (ސިފައިންގެ މަޤްޞަދު) ގެ (ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން، އަދި (ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާއުކުރުން، އަދި (ނ) ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ޤާނޫނާ ޚިލާފު ކޮންމެ ކަމަކުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ޙިމާޔަތްކުރުން، އަދި (ރ) ދިވެހިރާއްޖޭގެ ދައުލަތަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އަވަސް އަދި ކުއްލި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭއެންމެހާ ކަންތައް ކުރުން ކަމަށް ބަޔާން ކޮށްފައިވީ ހިނދުވެސް ދިވެހި ދައުލަތަށް 7 ފެބްރުއަރީ 2012 ގައި ރައްކާތެރިކަންފޯރުކޮށްދީފައި ނުވާކަމަށާއި، އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ޤައުމީ ދިފާއީ ބާރުގެ އެންމެ މަތީ ވެރިޔާ ޤައުމީ ދިފާއީބާރުގެ މައިމަރުކަޒުގައި ރަހީނު ކޮށްފައިވާކަން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސިފައިންގެ ގާނޫނުގެ 7 ވަނަ މާއްދާއާއި ބައެއް ސިފައިން ހިލާފުވެ ދިވެހި ދައުލަތައް ޤައްދާރުވެ ބަޢާވާތްކޮށްފައިވާ ކަމަށެވެ.

އަދި 7 ފެބްރުއަރީ 2012 ގެ ބަގާވާތައް ފަހު، އައު ރައީސުލް ޖުމްހޫރިއްޔާ ހުވާކުރުމުގެ ރަސްމިއްޔާތު ހިނގައި ދިޔައީ ދިވެހިރާއްޖޭގެޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 4 ވަނަ ބާބުގެ 114 ވަނަ މާއްދާއާއި ހިލާފައް ކަމަށާއި، އެދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވި ކުރެއްވުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ތަންދޭ ކަމަކަށް ނުވާހިނދު، ކުރެވުނު ހުވާއަކީ ސައްޙަ ހުވައެއް ނޫން ކަމުގައި ދެކޭކަމަށް މައްސަަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޓީވީއެމަށް އުދުވާނީ ހަމަލާދީފައިވަނި ފުލުހުންނާއި އެމްއެންޑީއެފްގެ ޔުނީފޯމް އަޅައިގެން ތިބި ޓެރަރިސްޓުންކަމަށް ގަބޫލުކުރާ ކަމަށާއި، ދައުލަތުގެ މީޑިއާގެ ގޭޓަށް ބަޑިޖަހައި މުވައްޒަފުންނާއި އާންމުންގެ ހިތްތަކަށް ބިރުވެރިކަން ގެނެސް މުވައްޒަފުން ރަހީނުކޮށްފައިވާތީ އަދި މިކަމުގައި އެންމެ އިސްފަރާތަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދިފައިވެއެވެ.

ދައުލަތުގެ މީޑިއާގެ އިމާރުގެ ގޭޓަށް ބަޑި ޖަހައި ދައުލަތުގެ މީޑިއަ ރަހީނުކޮށް ދައުލަތުގެ މީޑިއާގެ މުވައްޒަފުން ރަހީނުކޮށް ދައުލަތުގެ ފްރިކުއެންސީ ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީ، އެ ޢައިރު ގާނޫނީ އަމަލު ހިންގުމުގައި ޝާމިލުވެފައިވާ ހުރިހާ ފަރާތެއްގެ މައްޗަށް ޖިނާއީ އަދުލުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ.

މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބުނެފައިވަނީ އެއީ އަގު ނުކުރެވޭނެ ބަދަލެއް ކަމަށާއި، އެހެންކަމުން މާލީ ބަދަލެއް ބޭނުން ނުވާ ކަމަށެވެ. އަދި ފަރުވާއަކަށް އެދެނީ ގެއްލިގެން ދިޔަ އަދުލުގ އިންސާފާއި ރައްޔިތުންގެ ވެރިކަން އަނބުރާ އިއާދަ ކުރުމާއި، ރައްޔިތުންގެ ކުރިމަތީ ޓެރަރިސްޓް އުދުވާނީ ހަމަލާތައް ދިން ފަރާތްތަކުން ދައުލަތުގެ މީޑިއާގައި ޖެހިޖެހިގެން 3 ދުވަހު ކުށަށް އިއުތިރާފްވެ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމެވެ.

އަދި ދައުލަތުގެ މީޑިއާގެ އިމާރާތަށް ބަޑިޖެހި މީހުންނާއި އެތަނަށް ވަނީ ކޮން ބައެއްކަން ސާފުކޮށްދިނުމަށް އެދިފައިވާ އިރު، އެމީހުން ވަތް ހައިސިއްޔަތާއި، އެކަން ކުރުމަށް އަމުރު ނެރުނީ ކޮންބައެއް ކަމާއި، މުވައްޒަފުން ރަހީނުކުރަން އަމުރުކުރީ ކޮން ބައެއް ކަމާއި، ފްރިކުއެންސީ މެދުކަނޑާލަން ޖެހުނު ސަބަބުން ސާފުކޮށްދިނުމަށް ވެސް އެދިފައިވެއެވެ. ޖުމްލަ 16 ކަމެއް ފަރުވާގެ ގޮތުގައި އެދިފައިވެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސްރައީސް ނަޝީދުޓީވީއެމްޓެލެވިޜަން މޯލްޑިވްސް7 ފެބްރުއަރީ 2012

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ އަދަދެއްގެ ޑްރަގާއެކު މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު ހިމެނޭ ހެން ތިން މީހުން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ޑްރަގާއެކު މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު ހިމެނޭ ހެން ތިން މީހުން ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

11 ޖެނުއަރީ 2024
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

05 ނޮވެމްބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު