Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅުންތެރިންގެ ސަސްޕެންޝަން އުވާލުން

ދެކުނު އެމެރިކާ ކުޅުންތެރިންގެ ސަސްޕެންޝަން އުވާލައިފި

ބްރެޒިލް، މެކްސިކޯ، ޗިލީ އަދި ޕެރަގުއޭއިން ވަނީ ޝަކުވާ އަނބުރާ ގެންގޮސްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 11:54
ސިޓީގެ އެޑަސަން އާއި، ގަބްރިއެލް ޖީސޫސް އަދި އެވަޓަންގެ ރިޗާލިސަން

ސިޓީގެ އެޑަސަން އާއި، ގަބްރިއެލް ޖީސޫސް އަދި އެވަޓަންގެ ރިޗާލިސަން

އިނގިރޭސި އެކި ޑިވިޝަންތަކުގެ ކުލަބުތަކަށް ކުޅޭ ދެކުނު އެމެރިކާގެ ކުޅުންތެރިންނަށް ފީފާއިން ދިން ސަސްޕެންޝަން އުވާލައިފިއެވެ.

އިންގްލެންޑުން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކުގެ ތެރޭގައި ބްރެޒިލާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތައް ހިމެނޭއިރު، އެ ގައުމަށް ގޮސްފައި އެނބުރި އިންގްލެންޑަށް އައިސް 10 ދުވަހުގެ ކަރަންޓީނެއް ވާން ޖެހެއެވެ. އެހެންކަމުން މި ފަހަރުގެ ބައިނަލްއަގުވާމީ ބްރޭކުގައި ކުޅުނު ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިން މެޗުތަކަށް އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި އެކި ޑިވިޝަންތަކުގެ ކުލަބުތަކުން އެ ކުޅުންތެރިން ދޫކޮށްފައެވެ.

ގައުމީ ޓީމަށް އިނގިރޭސި ކުލަބުތަކުން ދެކުނު އެމެރިކާގެ ކުޅުންތެރިން ދޫކޮށްފައި ނުވާއިރު، މީގެ ކުރިން ފީފާއިން ވަނީ ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން އިލްތިމާސްކޮށްފައެވެ. ފީފާގެ ގަވާއިދުގައިވާ ގޮތުން ކުލަބަކުން ގައުމީ ޓީމަށް ކުޅުންތެރިއަކު ދޫކުރަން ދެކޮޅު ހަދައިފިނަމަ، އެ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދުމުން އެ ކުޅުންތެރިއަކު ފަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރެވެއެވެ.

އެއާއެކު މިދިޔަ ބުދަ ދުވަހު ބްރެޒިލުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އިނގިރޭސި ކުލަބުތަކަށް ފިޔަވަޅު އަޅައި ދިނުމަށް ފީފާގައި އެދެފައެވެ. އަދި ފަހުން ދެކުނު އެމެރިކާގެ އެހެން ގައުމުތަކުންވެސް ވަނީ އެކަމަށް އެދެފައެވެ. ނަމަވެސް މި ހަފުތާ ބަންދުގެ މެޗުތައް ފެށުމުގެ ކުރިން ބްރެޒިލް، މެކްސިކޯ، ޗިލީ އަދި ޕެރަގުއޭއިން ވަނީ ފީފާއަށް ހުށަހެޅި ޝަކުވާ އަނބުރާ ގެންގޮސްފައެވެ.

ފީފާއިން މީގެ ކުރިން ދިން އަދަބަށް ލުޔެއް ނުލިބުނު ނަމަ މެޗުތައް ގެއްލޭނެ ކުޅުންތެރިންނަކީ ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ އާއި، މިޑްފީލްޑަރު ފަބީނިއޯ އާއި، ފޯވާޑް ރޮބާޓޯ ފިރްމީނޯ އާއި، މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އެޑަސަން އާއި، އެ ޓީމުގެ ފޯވާޑް ގަބްރިއެލް ޖީސޫސް އަދި ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ އާއި، މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ފްރެޑާއި، އެވަޓަންގެ ފޯވާޑް ރިޗާލިސަން އާއި، ލީޑްސް ޔުނައިޓެޑުގެ މިޑްފީލްޑަރު ރަފީނިއާ އާއި، ވަޓްފޯޑްގެ ފްރާންސިސްކޯ ސިއަރެލްޓާ، ނިއުކާސަލްގެ މިގޭލް އަލްމިރޯން އާއި، ވުލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒް އަދި ބްލެކްބާން ރޯވާސްގެ ބެން ބްރެރެޓަނެވެ.

މި ފަހަރުގެ ބައިނަލްއަގުވާމީ ބްރޭކަށް ޕްރިމިއާ ލީގުގެ ކުލަބުތަކުން ދެކުނު އެމެރިކާގެ ކުޅުންތެރިން ދޫނުކުރަން ނިންމި ނަމަވެސް، ޕްރިމިއާ ލީގުގައި ކުޅޭ އާޖެންޓީނާގެ ހަތަރު ކުޅުންތެރިއަކު ވަނީ ކުލަބުތަކުން ހުއްދަދިނުމުން ކޮލިފައިން މެޗުތަކުގައި ކުޅެފައެވެ. އެގޮތުން ކޮލިފައިންއަށް އާޖެންޓީނާއިން އެކުލަވާލި ސްކޮޑުގައި ޕްރިމިއާ ލީގުގެ ހަތަރު ކުޅުންތެރިއަކު ހިމެނުނެވެ. އެއީ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޖިއޮވާނީ ލޮ ސެލްސޯ އާއި، ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އަދި އެމީ ބުއެންޑީއާއެވެ.

އެކަމަކު ކޮލިފައިންގައި ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗަށް މި ކުޅުންތެރިން ބްރެޒިލަށް ދިޔުމާއެކު، އެ މެޗު ފެށިތާ ފަސް މިނެޓު ތެރޭ ފުލުހުންނާއެކު ސިއްހީ އޮފިޝަލުން ވަނީ ދަނޑަށް އަރައި މެޗު ހުއްޓުވާފައެވެ. އެއާއެކު އެ މެޗު ސަސްޕެންޑްކުރިއިރު، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުން ބްރެޒިލުގެ ކަރަންޓީން އުސޫލާ ޚިލާފުވި ހަތަރު ކުޅުންތެރިން މިހާރު ވަނީ އެނބުރި އިންގްލެންޑަށް ދިޔުމަށް ނިންމާފައެވެ. އޭގެ ތެރެއިން މާޓިނޭޒާއި ބުއެންޑީއާ ނިންމާފައިވަނީ އިންގްލެންޑަށް އައުމުގެ ކުރިން ކްރޮއޭޝިއާގައި ވަކި މުއްދަތެއް ވަންދެން ތިބުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އިންގްލެންޑުގެ ކަރަންޓީނު އުސޫލުތަކާ ގުޅިގެން އެ ހަތަރު ކުޅުންތެރިންނަށްވެސް މި ހަފުތާ ބަންދުގައި ކުޅޭ ޕްރިމިއާ ލީގުގެ މެޗުތައް ގެއްލޭނެއެވެ.

ޕްރިމިއަރ ލީގުފީފާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

17 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު