Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަމަޟާން ކްރިކެޓް ކާނިވަލް

ކޮމްޕެނީ މުބާރާތުގެ ޗެމްޕިއަންކަން ދިރްހަމަށް

ކޮވިޑާ ގުޅިގެން ރަމަޟާން މަހު ކޮމްޕެނީ މުބާރާތް މެދުކަނޑާލި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 11:27
ކޮމްޕެނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިރްހަމް ޓީމު

ކޮމްޕެނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިރްހަމް ޓީމު

މާލޭ ސްޕޯޓްސް ކުލަބާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ދިރްހަމް ޓްރޭޑިން ކަމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދައިފިއެވެ.

ކްރިކެޓް ކާނިވަލަކީ ރަމަޟާން މަހުގައި ކުރިއަށްގެންދާ ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. އެގޮތުން މި ކާނިވަލުގައި ތިން މުބާރާތެއް ކުޅެއެވެ. އެއީ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތާއި، ސަރުކާރު އޮފީސްތަކުގެ މެދުގައި ބާއްވާ އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ އިތުރުން ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތެވެ.

މި އަހަރުގެ ރަމަޟާން މަހުގައި އޯޕަން މުބާރާތާއި އޮފީސް މުބާރާތުގެ ކުޅުން ނިންމާލި ނަމަވެސް، ކޮމްޕެނީ މުބާރާތުގެ ތެރެއިން ކްރިކެޓް ކާނިވަލް މެދުކަނޑާލަން ޖެހުނެވެ. އެ ފަހަރު މުބާރާތް މެދުކަނޑާލަން ޖެހުނީ މާލެ ސިޓީގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުންނެވެ.

އޭގެ ފަހުން މި މަހުގެ ތެރޭގައި އެ މުބާރާތުގެ ކުޅުން އަލުން ފެށިއިރު، ހުކުރު ދުވަހު ހަވީރު ވަނީ މުބާރާތުގެ ފައިނަލް މެޗު ކުޅެފައެވެ. އެ މެޗުން ދިރްހަމް މޮޅުވީ އިކުއިވަލަންޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ ޓީމާ ބައްދަލުކޮށް 46 ލަނޑުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން ދިރުހަމް ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 91 ލަނޑު ހަދާފައެވެ. ޖަވާބުގައި އިކުއިވަލަންޓް ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 45 ލަނޑެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ 12 ލަނޑު ހަދައި އަދި ދެ އޯވަރުގެ ތެރޭގައި ދެ ވިކެޓް ނަގާފައިވާ ދިރްހަމް ޓީމުގެ މެހެންދި ހަސަނެވެ. އަދި މި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިކުއިވަލަންޓް ޓީމުގެ ސަވިންދުރައެވެ.

މި ފަހަރުގެ ކޮމްޕެނީ މުބާރާތުގައި 14 ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮވިޑުގެ މެދުކެނޑުމަށްފަހު ކޮމްޕެނީ މުބާރާތުގެ ކުޅުން ނިންމާލިއިރު، މީގެ ކުރިން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ނިންމާފައިވަނީ މި އަހަރު މާލޭގައި ބާއްވާ ކްރިކެޓް މުބާރާތްތަކުގައި ބައިވެރިވެވޭނީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން 90 އިންސައްތަ ވެކްސިން ޖަހާފައިވާ ޓީމުތަކަށް ކަމަށެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
12 އޮކްޓޯބަރު 2023

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު
10 އޮކްޓޯބަރު 2023

ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!

10 އޮކްޓޯބަރު 2023
ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!
19 ސެޕްޓެމްބަރު 2023

ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!

19 ސެޕްޓެމްބަރު 2023
 ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!
13 އޯގަސްޓު 2023

ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ

13 އޯގަސްޓު 2023
ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ
06 އޯގަސްޓު 2023

ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް

06 އޯގަސްޓު 2023
ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް
17 ޖުލައި 2023

އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި

17 ޖުލައި 2023
އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު