Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅީފަޅު މަޝްރޫއު

ގުޅީފަޅުން ފްލެޓު ގަތް މީހަކަށް ގެއްލުމުގެ ބަދަލަށް ފައިސާ ނަގައިނުދޭން ހުކުމްކޮށްފި

ހުޅުމާލެއިން ދެވޭ ފްލެޓްތަކަކީ އަގު މަތި ފްލެޓުތަކެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 08:27
ގުޅީފަޅު ތަރައްގީގެ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް

ގުޅީފަޅު ތަރައްގީގެ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް

"ގުޅީފަޅު މަޝްރޫއު" ގެ ދަށުން ފްލެޓް ގަތް މީހަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ނަގައިނުދޭން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ގުޅީފަޅުގައި އަޅަމުންދިޔަ ފްލެޓްތަކުގެ ތެރެއިން ދައުވާކުރާ ފަރާތުން ގަތް 2 (ދޭއް) ފްލެޓް އެފަރާތާ ހަވާލު ކޮށްފައިނުވާތީ، ބަދަލުގެ ގޮތުގައި ހުޅުމާލެއިން ބިމެއް ނުވަތަ ހުޅުމާލެއިން 2 ފްލެޓް ލިބިދިނުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 4,348,452.52/-ރ. (ހަތަރު މިލިޔަން ތިންލައްކަ ސާޅީސް އަށްހާސް ހަތަރުސަތޭކަ ފަންސާސް ދެރުފިޔާ ފަންސާސް ދެލާރި) ހޯދުމަށް އެދި ސިވިލް ކޯޓަށް އަމިއްލަ ފަރާތަކުން ހުށައެޅި މައްސަލައެކެވެ.

Advertisement - newsAdvertisement

މައްސަލަ ހުށައެޅި ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭން އެދިފައިވާ ފައިސާއަކީ އޭނާ ކުއްޔަށް އުޅެންޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭނެކަމަށް ބުނެ، އެދިފައިވާ އަދަދެކެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާއަށް ޖުމްލަ ގޮތެއްގައި އިންކާރު ނުކުރިނަމަވެސް، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ އަދަދަށް އިންކާރުކުރާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ގުޅީފަޅުން ފްލެޓްގަތުމަށް ފައިސާދެއްކުމަށްފަހު މިހާތަނަށް ފްލެޓް ލިބިފައިނުވާ ފަރާތްތަކަށް ބަދަލުދިނުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ގެއްލުމުގެ ބަދަލުގެ މިންވަރަކީ އަދުލުވެރި ބަދަލެއްކަމަށް ދައުލަތުން ދެކޭކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުގެ މަތިން ފްލެޓް ގަނެފައިވާ ފަރާތްތަކަކީ ސީދާ ދައުލަތާއެކު އެއްބަސްވުންތަކެއް އޮތް ފަރާތްތަކަކަށް ނުވިނަމަވެސް ކޮންސެޝަން އެގްރީމަންޓް ބާތިލްކުރުމުގެ ސަބަބުން ފްލެޓް ލިބިފައިނުވާ ފަރާތްތަކަށް ލިބޭނެ ގެއްލުންތަކަށް ރިޢާޔަތްކުރުމަށްފަހު، ސަރުކާރުން ހެޔޮ ނިޔަތުގައި ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ އެންމެހައި ފަރާތްތަކަށް ހުޅުމާލޭގައި ހަދާ ސޯޝަލް ހައުސިންގ ފްލެޓްތަކުން ފްލެޓް ހަމަޖެއްސެވުމަށް ނިންމާފައިވާކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުން ބުނީ ހުޅުމާލެއިން ދެވޭ ފްލެޓްތަކަކީ ފްލެޓްތަކުގެ ޖުމްލަ އަގާއި، ފްލެޓްތައް ހުރި ބިމުގެ ސަރަޙައްދުގެ ގޮތުން އެތަނުގެ ބާޒާރުމަތީ އަގާއި، ފްލެޓްތައް ހުރި ބިމުގެ އަގަށް ބަލާއިރު ވެލިއު މަތި ފްލެޓްތަކެއްކަމަށެވެ. އަދި ގުޅީފަޅުން ފްލެޓް ގަތުމަށް ދައްކާފައިވާ ފައިސާ އެފަރާތުން ހުޅުމާލެއިން އިޚްތިޔާރުކުރާ ފްލެޓެއްގެ އަގުން އުނިކުރެވޭނެކަންވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ދައުވާކުރާ ފަރާތަށް މިހާތަނަށް ފްލެޓެއް ހަވާލުކުރެވިފައި ނުވަނީ، ހުޅުމާލޭގައި ހަދާ ސޯޝަލް ހައުސިންގ ފްލެޓްތަކުން ފްލެޓް ހަމަޖެއްސެވުމަށް ދައުލަތުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އޮޕްޝަންތަކުގެ ތެރެއިން އޮޕްޝަނެއް ދަޢުވާކުރާ ފަރާތުން ޚިޔާރުކޮށްފައި ނުވާތީކަމަށެވެ. އަދި އޭގެ ތެރެއިން އޮޕްޝަނެއް ގަބޫލުކޮށްގެން ފްލެޓެއް ހޯދުމުގެ ފުރުސަތު ދައުވާކުރާ ފަރާތަށް އޮތްކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ސިވިލް ކޯޓުން ވަނީ ދަޢުވާކުރާ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުގެ ކިބައިން ނަގައިދިނުމަށް އެދިފައިވާ ފައިސާ ޝަރީއަތުން ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ހުކުމްކޮށްފައެވެ.

ގުޅީފަޅުސިވިލް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި

ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު