Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
9/11 ގެ ހަމަލާގެ ފަހަތުގައިވާ މީހުން

9/11 ހަމަލާއަށް 20 އަހަރު: ހަމަލާގެ ފަހަތުގައިވާކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް އަދިވެސް ކުރިޔަށް

މިޝަރީއަތް ކުރިޔަށްދާތާ 20 އަހަރު ވަނީ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 05:15
ސެޕްޓެމްބަރ 11 ގެ ހަމަލާގެ ފަހަތުގައިވާ މާސްޓަރ މައިންޑް ކަމަށް ތުހުމަތުކުރާ ޚާލިދު ޝެއިޚް މުހައްމަދު، 2014 ވަނަ އަހަރުގައި

ސެޕްޓެމްބަރ 11 ގެ ހަމަލާގެ ފަހަތުގައިވާ މާސްޓަރ މައިންޑް ކަމަށް ތުހުމަތުކުރާ ޚާލިދު ޝެއިޚް މުހައްމަދު، 2014 ވަނަ އަހަރުގައި

މީގެ ވިހި އަހަރު ކުރިން 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ހަމަލާގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ ޚާލިދު ޝެއިޚް މުހައްމަދާއި އޭނާޔާއެކު ދެން ހަމަލާ ރޭވުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އަނެއް ހަތަރު މީހުން މިހަފުތާގައި ވަނީ ގުއަންޓަނާމޯބޭގައި ހުންނަ އެމެރިކާގެ އަސްކަރީ ކޯޓަކަށް ހާޒިރުކޮށްފައެވެ. މިއީ ކޮވިޑް-19ގެ ޕެންޑަމިކްގެ ފަހުން މިމީހުންގެ ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.

އުމުރުން މިހާރު 57 އަހަރުވެފައިވާ ޚާލިދު ޝެއިޚް މުހައްމަދާއި އަނެއް ހަތަރު މީހުން ކޯޓުރޫމްގެ ބޭރުގައި ބައިތިއްބާފައި ތިބީ ވަކިންނެވެ. މުސްތަފާ އަހުމަދު އަލްހައުސާވީ، ރަމްޒީ ބިން އަލްޝިބްހު، ވަލީދު ބިން އަތާޝް އަދި އަބްދުލް އަޒީޒް އަލީ އާއި ޚާލިދު ޝެއިޚް މުހައްމަދަށް މަރުގެ ހުކުމެއް އަންނާނެ މިޝަރީއަތް ކުރިޔަށްދާތާ ކުރިން ދެންނެވުނުހެން 20 އަހަރުވަނީއެވެ. މިފަސް މީހުންގެ މައްޗަށްވެސް ތުހުމަތުކުރަނީ ހަނގުރާމައިގެ ކުށްތަކަށް އަރައިގަތުމެވެ. އެއީ ވައިގެ މަގުން ދަތުކުރަމުންދިޔަ މަތިންދާބޯޓުތަކެއް ހައިޖެކްކޮށްގެން 2976 މީހުން މަރާލުމުންނެވެ.

މިޝަރީޢަތް ކުރިޔަށް ގެންދިޔުމަށް މިހާރު އަނެއްކާވެސް ވަނީ އަސްކަރީ އައު ފަނޑިޔާރަކު ހަމަޖައްސާފައެވެ. ކުރިން ހީވެފައި އޮތީ ޝަރީއަތް ދެން ފެށޭނީ 2022 ވަނަ އަހަރު ކަމުގައެވެ. ނަމަވެސް އަސްކަރީ ކޮމިޝަން އެކުލަވާލާފައިވާ ގޮތާމެދު ދިފާއީ ވަކީލުން އުފައްދާފައިވާ ގާނޫނީ ސުވާލުތަކާއެކު އަނެއްކާވެސް ޝަރީޢަތް އިތުރަށް ދިގުލައިގެންދާނެ ކަމަށް މިހާރު ބެލެވެއެވެ.

2019 ވަނަ އަހަރުން ފެށިގެން ޚާލިދު ޝެއިޚް މުހައްމަދުގެ ގާނޫނީ ޓީމުގެ އެންމެ އިސްމީހެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ވަކީލު ގެރީ ސޮވާރޑްސް ވިދާޅުވީ އަސްކަރީ ކޯޓުގައި ކުރިޔަށްމިދާ ކަންތައްތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ބެލިއަސް އިންސާނީވަންތަކަމަށް ބެލިއަސް އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށެވެ. ޚާލިދު ޝެއިޚް މުހައްމަދުގެ ގާނޫނީ ޓީމުން އަންނަނީ އަސްކަރީ މިކޮމިޝަނަކީ ގާނޫނީ ގޮތުން ބަލައިގަނެވޭނެ ކޮމިޝަނެއްތޯ ޗެލެންޖުކުރުމަށް ތައްޔާރުވަމުންނެވެ.

މީގެއިތުރުން ގުއަންޓަނާމޯބޭ ގައި ޚާލިދު ޝެއިޚް މުހައްމަދުގެ އިތުރުން އެހެން ގައިދީންނަށް ދިން ލާއިންސާނީ އަނިޔާތައް ދުނިޔެއަށް ހާމަކުރުމަށް ވެސް ދަނީ މަސައްކަތްކުރަމުންނެވެ.

މިޝަރީއަތް ކުރިޔަށް ގެންދިޔުމަށް ފަނޑިޔާރުންގެ ބެންޗަށް އަލަށް ގެނައި ޖަޖު އެމެރިކާގެ އެއަރފޯސްގެ ލެފްޓިނެންޓް ކާނަލް މެތިޔު މެކްކޯލް ވަނީ ބެންޗު ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމުގެ ޔަގީންކަން ވަކީލުންނަށް އަރުވާފައެވެ. މީގެ ތިން އަހަރު ފަހުން ޖަޖު ރިޓަޔަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު އުމުރުން 50 އަހަރުގެ މެކްކޯލް ވިދާޅުވީ އަވަސް އަރުވާލައިގެން މިކޭސް ނިންމާލުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެ. މެކްކޯލް އަކީ މި މައްސަލައަށް އައްޔަނުކުރެވުނު ހަތަރުވަނަ ޖަޖެވެ. މިމައްސަލައިގެ ޝަރީޢަތް އަވަސްކުރުމަށް މަސައްކަތް ކުރައްވާކަމަށް ވެސް މެކްކޯލް ވިދާޅުވިއެވެ.

ޝަރީޢަތް ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަމުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނެފައިވަނީ މިކަމުގައި ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތަކާއެކު މިޝަރީއަތް ދުވަހަކުވެސް ނިމިގެން ހިނގައިދާނެކަމަށް ނުބެލެވޭކަމަށެވެ.

ގުއަންޓަނާމޯގައި އުފައްދާފައިވާ އަސްކަރީ ކޮމިޝަނަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް 2001 ވަނަ އަހަރު އުފެއްދެވި ކޮމިޝަނެކެވެ. އެއީ ސެޕްޓެމްބަރ 11 ގެ ހަމަލާގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްގެން ގެންގުޅުމަށެވެ. ވަކިން ޚާއްސަކޮށް އެމެރިކާގެ އެއްވެސް ގާނޫނެއް އެމީހުންގެ މައްޗަށް ނުހިނގާ ގޮތަށް މިކަން ކުރުމަށްޓަކައި އުފެއްދެވި ތަނެކެވެ.

ކިޔުބާގެ ރަށެއްގައި ހުންނަ އެމެރިކާގެ ނޭވީ ބޭސްގައި ހައްޔަރުކޮށްފައިވާ އެއްވެސް ގައިދީއަކަށް އެމެރިކާގެ އެއްވެސް ގާނޫނެއްގެ ހިމާޔަތެއް ނުލިބޭނެއެވެ. އަދި ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނުތައްވެސް އެމީހުންގެ މައްޗަށް ނުހިނގާނެ ކަމަށް އެމެރިކާއިން ވަނީ ކަނޑައަޅާފައެވެ. އެކަމުގެ ސަބަބުން އެތާގެ ގައިދީންނަށް ދެމުން ދިޔަ ލާއިންސާނީ ބޮޑެތި އަނިޔާތަކަކީ ދުނިޔެއަށް އެހާ ބޮޑަށް ސާފުވެފައިވާ ކަންކަމެއް ނޫނެވެ.

ޚާލިދު ޝެއިޚް މުހައްމަދާއި ދެން ދައުވާކުރަމުންދާ ހަތަރު މީހުންގެ މައްޗަށް ކުރަމުންދާ ދައުވާތައްވެސް ވަނީ އެމެރިކާގެ އަސްކަރިއްޔާ އާއި ޖިނާއީ ތަހުގީގުގެ ދެމެދުގައި ފާޑަކަށް ތާށިވެފައެވެ. އަދި އެމީހުންނަށް ޖަލުގައި ދިން ލާއިންސާނީ އަނިޔާތަކާއެކު މިމައްސަލަ އިތުރަށް ވަނީ އޮޅުން ބޮޅުންވެފައެވެ.

އެމެރިކާގެ ފެޑެރަލް ކޯޓަކަށް މިމައްސަލަ ގެނައުމަށް ވަކާލާތުކުރައްވަމުން ގެންދަވާ ސެޓޮން ހޯލް ޔުނިވަރސިޓީގެ ލޯ ސްކޫލްގެ ޕްރޮފެސަރ ޖޮނަތަން ހަފޭޒް ވިދާޅުވީ މައްސަލައަކީ އަލުން އައު ގަވާއިދުތަކެއް ހެދުންކަމަށެވެ. އަދިވެސް ބަހުސްކުރަމުންދަނީ ގާނޫނުއަސާސީ އާއި ބިލް އޮފް ރައިޓްސްގައި ހިމެނޭ ހައްގުތައް އެމީހުންނަށް ލިބޭނެތޯކަމަށް ހަފޭޒް ވިދާޅުވިއެވެ.

އަދިވެސް މިކަން އިތުރަށް ލަސްވާނެކަމަށާއި އަދިވެސް ޔަގީންނުވާ އެތައް ކަމެއް ކުރިމަތިވާނެކަމަށް ހަފޭޒް ވިދާޅުވިއެވެ. އެއީ އެމެރިކާއިން ކުރަމުން އަންނަ ކަމަކީ ފެއިލްވެފައިވާ މިލިޓަރީ ކޮމިޝަނެއްގައި އަދިވެސް މިކަން ކުރިޔަށް ގެންދިޔުން ކަމަށްވާތީ ކަމަށް ހަފޭޒް ވިދާޅުވިއެވެ.

މިހާރު ޝަރީއަތް ކުރިޔަށް ގެންދެވޭ މިފަސް މީހުންނަށް ސީއައިއޭން ސުވާލުކޮށް އަމަލުކުރި ގޮތާއި ގުޅޭ ފަސް ލައްކަ ސަފްހާގެ ހެކިތައް އަދިވެސް ހުރީ ސިއްރުކުރެވިފައެވެ. މީގެއިތުރުން ގުއަންޓަނާމޯގައި ވަކިން ހަދާފައިވާ ތަނެއްގައި ޝަރީއަތް ކުރިޔަށް ގެންދިޔުމަކީވެސް ޝަރީއަތް އިންސާފުން ކުރިޔަށް ނުދާކަމުގެ އެއް ހެއްކެވެ.

2009 ވަނަ އަހަރު އޭރު ރައީސް ކަމުގައި ހުންނެވި ބަރަކް އޮބާމާ ވަނީ ގުއަންޓަނާމޯ ބޭ ޖަލު ބަންދުކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އޭރުގެ އެޓާރނީޖެނެރަލް އެރިކް ހޯލްޑަރ ވަނީ މިފަސް މީހުންގެ ޝަރީއަތް ނިއުޔޯރކްގެ ފެޑެރަލް ކޯޓަކަށް ބަދަލުކުރައްވާފައެވެ. ނަމަވެސް އާންމުންގެ ފަރާތުންނާއި ކޮންގްރެސްގެ ތެރެއިން އޮބާމާއަށް ކުރިމަތިވެވަޑައިގެންނެވި ފިއްތުންތަކުގެ ސަބަބުން އަނެއްކާވެސް ގުއަންޓަނާމޯގައި އަސްކަރީ ޝަރީއަތެއް ކުރިޔަށްގެންދާ ގޮތަށް ބަދަލުކުރެއްވީއެވެ.

ވޮޝިންޓަންގައި ހުންނަ ސެންޓަރ ފޮރ ވިކްޓިމްސް އޮފް ޓޯރޗަރ އޮފީހުގެ ޑިރެކްޓަރ ސްކޮޓް ރޮއެމް ވިދާޅުވީ ފުރަތަމަ ކަމަކަށް ގުއަންޓަނާމޯގައި ގައިދީން ހައްޔަރުކޮށްފައި ބޭތިއްބިގެންވެސް ނުވާނެކަމަށެވެ. އެތާގައި ގައިދީން ހައްޔަރުކޮށްފައި ބޭތިއްބުމުގެ މައިގަނޑު ބޭނުމަކަށްވީ އެއްވެސް ގާނޫނެއް އެތާގެ ތެރޭގައި ތިބޭ މީހުންގެ މައްޗަށް ނުހިނގާ ގޮތަށް މުޅި އުމުރު ދުވަހު އެޖަލުގައި އެމީހުން ބޭތިއްބޭނެ ގޮތެއް ހެދުން ކަމަށެވެ.

2014 ގައި ރައީސް އޮބާމާ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުއަންޓަނާމޯބޭގައި ހައްޔަރުކޮށްފައިވާ ގައިދީންނަށް ލާއިންސާނީ އަނިޔާތައް ދީފައިވާކަމަށް ވިދާޅުވެފައެވެ. ތިން އަހަރުގެ ތަހުގީގަކަށް ފަހު 2014 ވަނަ އަހަރު އެމެރިކާގެ ސެނެޓުން އެކުލަވާލި ރިޕޯޓުގައި ސެޕްޓެމެބަރ 11 އާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ސީއައިއޭން ދީފައިވާ ލާއިންސާނީ އަނިޔާތައް ހާމަވެގެން ގޮސްފައިވެއެވެ. އެގޮތުން އެއްވެސް އަލިކަމެއްނެތި ބަންދުކޮށްގެން 119 މީހުން ގެންގުޅެފައިވަނީ އޭގެކުރިން އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވާ ވަރަށްވުރެވެސް ލާއިންސާނީ ގޮތަކަށް ކަމަށް އެރިޕޯޓުން ވަނީ ހާމަވެފައެވެ.

ޚާލިދު ޝެއިޚް މުހައްމަދު ހައްޔަރުކޮށްފައިވަނީ 2003 ވަނަ އަހަރު އެމެރިކާއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. އޭގެފަހުން ވަނީ އަފްޣާނިސްތާނާއި ޕޮލެންޑްގައި އެމެރިކާއިން ހަދާފައިވާ ޖަލުތަކުގައި އޭނާއަށް ލާއިންސާނީ އަނިޔާތަކެއް ދީފައެވެ. ޚާލިދު ޝެއިޚް މުހައްމަދުގެ ގާނޫނީ ވަކީލު ބުނެފައިވަނީ އޭނާއަށް 183 ފަހަރު ސީއައިއޭގެ އޮފިޝަލުން މޫނުމަތީ ފޮތިގަނޑެއްއަޅާ ނޭވާ ހާސްކުރުމަށްފަހު ފެން އަޅާފައިވާކަމަށެވެ. އަދި ޖިންސީ ގޮތުންވެސް އަނިޔާދީފައިވާކަމަށް ޚާލިދު ޝެއިޚް މުހައްމަދުގެ ވަކީލު ވަނީ ބުނެފައެވެ.

އެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު