Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެކްސިނާ ގުޅޭ އައު ސިޔާސަތު

އެމެރިކާގެ މަސައްކަތްތެރިންނަށް ޚާއްސަކޮށް ބައިޑަން ހާމަކުރެއްވި ވެކްސިންގެ އައު ސިޔާސަތާއެކު ރިޕަބްލިކަނުން ރަތަށް

އައު ސިޔާސަތުގެ ދަށުން އެމެރިކާގެ މަސައްކަތްކުރާ މީހުންގެ 100 މިލިއަން މީހުން ވެކްސިން ޖަހަންޖެހޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 03:32
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގައި މަސައްކަތްކުރާ އާބާދީގެ ގިނަ ބަޔަކު ވެކްސިން ފުރިހަމަކުރަންޖެހޭ ގޮތަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އެކުލަވާލެއްވި އައު ސިޔާސަތާއެކު ރިޕަބްލިކަނުން ރުޅިގަދަވެއްޖެއެވެ.

ވެކްސިންގެ އައު ސިޔާސަތާ ދެކޮޅަށް ކުރެވެންހުރި ހުރިހާ މަސައްކަތްތެއް ކުރާނެކަމަށް ރިޕަބްލިކަނުން ވަނީ ވައުދުވެފައެވެ. އައު ސިޔާސަތުގެ ދަށުން އެމެރިކާގެ މަސައްކަތްކުރާ މީހުންގެ 100 މިލިއަން މީހުން ވެކްސިން ޖަހަންޖެހޭނެއެވެ. އެއީ އެމެރިކާގެ ވަޒީފާ އަދާކުރާ މީހުންގެ ތިން ބައިކުޅަ ދެބައި މީހުންނެވެ. އަދި މިސިޔާސަތުގައި ބޮޑެތި ކުންފުނިތައްވެސް ހިމެނެއެވެ. ރިޕަބްލިކަނުން މިސިޔާސަތާއި ދެކޮޅު ހެދިނަމަވެސް ބޮޑެތި ކުންފުނިތަކުންނާއި ވިޔަފާރިތަކުން މިކަމަށް ދެކޮޅު ނުހަދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ވެކްސިން ޖަހަންޖެހޭ އާބާދީގެ ތިންބައިކުޅަ އެއް ބައި މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. އަދި ނެގެމުންދާ ޕޯލުތަކަށް ބަލާއިރު ވެކްސިން ނުޖަހާ މީހުން ޚިދުމަތްތަކުން މަހުރޫމްވާ ގޮތަށް އެކުލަވާލާފައިވާ ޕްލޭންތަކަށް ގިނަ ބަޔަކު އަންނަނީ ތާއީދުކުރަމުންނެވެ.

އައު ސިޔާސަތު ހާމަކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ގާނޫނުހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުންނާއި ސިޔާސީ ޕާޓީގެ އޮފިޝަލުން ވަނީ އެސިޔާސަތާ ދެކޮޅު ހަދާ ކޯޓަށް މައްސަލަ ހުށަހަޅާނެކަމަށް ބުނެފައެވެ.

އެކަމާއި ގުޅިގެން ރިޕަބްލިކަން ނޭޝަނަލް ކޮމިޓީގެ ޗެއަރ ރޮނާ މެކް ޑެނިއަލް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މިވަރުގެ މަޖުބޫރުކަމެއް އައުމުން އެމެރިކާގެ ރައްޔިތުންގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ބަދަލުހޯދުމަށް އެދި ދައުވާކުރާނެކަމަށެވެ.

ބޮޑެތި ވިޔަފާރިތަކާއި އެފަދަ ވިޔަފާރިތަކުގެ ހިމާޔަތުގައި ވާހަކަދައްކާ ގްރޫޕްތަކުންވެސް އަދި މިހާތަނަށް އައިއިރު މި އައު ސިޔާސަތާއި ގުޅިގެން އެއްޗެއް ބުނެފައެއްނުވެއެވެ. ބައެއް ބޮޑެތި ކުންފުނިތަކުން ވަނީ އަމިއްލައަށް މިފަދަ ސިޔާސަތުތައް އެކުންފުނިތަކުގެ ތެރޭގައި ތަންފީޒުކުރަން ފަށާފައެވެ. އަނެއްބައި ކުންފުނިތަކުން ވަނީ ސަރުކާރުގެ މިސިޔާސަތަށް މަރުހަބާ ކިޔާފައެވެ. އެގައުމުގައި ދާދިފަހުން ކުރިޔަށްގެންދިޔަ ސަރވޭއެއްގެ ނަތީޖާ ދައްކާގޮތުން އެމެރިކާގެ ކުންފުނިތަކުގެ ދެބައިކުޅަ އެއް ބައި ކުންފުނިން މިއަހަރު ނިމެންވާއިރަށް ވެކްސިން ޖެހުން މަޖުބޫރު ކުރުމުގެ ސިޔާސަތެއް އަމިއްލައަށް ގެންގުޅެން ފަށާނެއެވެ.

އެމެރިކާގެ ޗެމްބަރ އޮފް ކޮމާސް އިން ބުނެފައިވަނީ ވެކްސިން ޖެހުމާއި ގުޅޭ ސިޔާސަތު ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން އަންނަކަމަށެވެ. ޗެމްބަރ އޮފް ކޮމާސް އަކީ ބައިޑަން ގެންގުޅުއްވާ ޓެކްސްގެ ސިޔާސަތުތަކާއި ޚަރަދުތަކާއި ގުޅޭ ގިނަ ކަންކަމަށް ނޫނެކޭ ބުނާ ތަނެކެވެ.

ވެކްސިން ޖެހުމުގެ މިސިޔާސަތަށް މަރުހަބާކިޔާ ކަމަށް ޗެމްބަރ އޮފް ކޮމާސް އިން ވަނީ ބުނެފައެވެ. މީގެއިތުރުން އެމެރިކާގެ ނޭޝަނަލް އެސޯސިއޭޝަން އޮފް މެނުފެކްޗަރސް އިން ބުނެފައިވަނީ އައު ސިޔާސަތާއެކު ވިޔަފާރިތަކަށް ގެއްލުންނުވާނެ ގޮތަކަށް ކަންކަން ދޭތޯ ކަށަވަރުކުރާނެ ކަމަށެވެ.

މިސިޔާސަތާއި ދެކޮޅު ހަދާ މީހުން ބުނާގޮތުގައި ޕްރައިވެޓް ތަންތަނުގައި މަސައްކަތްކުރާ މީހުން ވެކްސިން ޖެހުން މަޖުބޫރުކުރުވުމުގެ އެއްވެސް ބާރެއް އެމެރިކާގެ މައި ސަރުކާރަށް ލިބިގެންނެއް ނުވެއެވެ.

އެމެރިކާގައި ވަނީ މީގެކުރިންވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދިޔަ ފިޔަވަޅުތަކަށްވެސް ރިޕަބްލިކަނުން ދެކޮޅު ހަދާފައެވެ. އެގޮތުން ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން ފަދަ ކަންކަމަށް ފާޅުގައި ރިޕަބްލިކަނުން މިހާރުވެސް އަންނަނީ ދެކޮޅު ހަދަމުންނެވެ.

އެމެރިކާކޮވިޑް-19ކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު