Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގައި ކުޑަކުދިންނަށް ވެކްސިން ދިނުން

އެމެރިކާގައި އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދިނުމަށް ހުއްދަދެނީ

އޮކްޓޯބަރ މަސް ނިމޭ ހިސާބުގައި އެމެރިކާގައި ކުޑަކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަދޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 03:20
ވެކްސިން ޖެހުމަށް ތައްޔާރުވަނީ

ވެކްސިން ޖެހުމަށް ތައްޔާރުވަނީ

އޮކްޓޯބަރ މަސް ނިމޭ ހިސާބުގައި އެމެރިކާގައި އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމުގެ ހުއްދަދޭނެކަމަށް ރޮއިޓަރސް އިން ބުނެފިއެވެ.

އެކަމުގެ މައުލޫމާތު އެނގިހުރި ދެ މީހަކާއި ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓައިމްލައިން ކަނޑައަޅާފައިވަނީ ފައިޒަރ އިން މިހާރު ކުރިޔަށްގެންދާ ކްލިނިކަލް ޓްރެއަލްގެ ޑާޓާތައް ސެޕްޓެމްބަރ މަހުގެ ފަހުކޮޅު ލިބުމުން ކުޑަކުދިންނަށް ޖެހުމުގެ އިމަޖެންސީ ހުއްދައަށް އެދޭގޮތަށެވެ.

އެމެރިކާގެ އެފްޑީއޭއަށް އެކަމަށް އެދި ހުށަހެޅުމުން ތިން ހަފްތާގެ ތެރޭގައި ފައިޒަރ ވެކްސިން އަކީ ކުޑަކުދިންނަށް ޖެހުމަށް އެކަށީގެންވާ ވެކްސިނެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނެކަމަށް ވަނީ ބުނެފައެވެ.

މިކަމުގެ ޓައިމްލައިން އެމެރިކާގެ އިންފެކްޝިއަސް ޑިޒީސްގެ އެކްސްޕަރޓް ޑރ އެންތަނީ ފައުޗީ ހުކުރު ދުވަހު ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ސްޓާފުންނާއެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައި ހާމަކޮށްދެއްވާފައިވާ ކަމަށް ރޮއިޓަރސް އިން ބުނެއެވެ. އަދި މިއީ އެފްޑީއޭ އިން އެކުލަވާލާފައިވާ ޓައިމްލައިނާ ދާދިއެއްގޮތް ޓައިމްލައިނެއްކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ފައިޒަރ އިން ސެޕްޓެމްބަރ މަހުގެ ފަހުކޮޅު އެމަރޖެންސީ ހުއްދަ ދޯދުމަށް ހުށަހަޅައިފިނަމަ އޮކްޓޯބަރ މަހުގެ ފަހުކޮޅު އަންނަންވާއިރު އެވެކްސިން ހުންނާނީ ލިބޭވަރު ވެފައިކަމަށް ޑރ ފައުޗީ ވިދާޅުވިކަމަށް ރޮއިޓަރސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

ފައުޗީ ވިދާޅުވެފައިވަނީ މޮޑާނާ ވެކްސިންގެ ޑާޓާތައް ބެލުމަށް ފައިޒަރ ވެކްސިންގެ ޑާޓާތައް ބެލުމަށް ހޭދަވާ މުއްދަތަށްވުރެ އިތުރަށް ތިން ހަފްތާ ހޭދަވާނެއެވެ. މޮޑާނާ ވެކްސިން ކުޑަކުދިންނަށް ޖެހުމުގެ ހުއްދަދެވޭވަރު ވާނީ ނޮވެމްބަރ މަހު ހިސާބުގައި ކަމަށް ފައުޗީ ލަފާކުރައްވައެވެ. މިކަމާއި ގުޅިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން އަދި އެއްޗެއް ނުބުނާކަމަށް ރޮއިޓަރސް އިން ބުނެއެވެ.

ފައިޒަރ އިން ބުނެފައިވަނީ އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި މިހާރު ކުރިޔަށްގެންދާ ކްލިނިކަލް ޓްރެއަލްތަކުގެ ޑާޓާތައް ސެޕްޓެމްބަރ މަހުގެ ފަހުކޮޅު އެމަރޖެންސީ ހުއްދައަށް އެދި ހުށަހަޅޭވަރުވާނެކަމަށެވެ. ކުރިން އެމެރިކާގެ އެފްޑީއޭއިން ލަފާކޮށްފައި އޮތީ ކުޑަކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަ ދެވޭވަރުވާނީ ނޮވެމްބަރ މަހު ކަމަށެވެ. އަނެއްކޮޅުން މޮޑާނާއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ ކުޑަކުދިންގެ މެދުގައި ކުރިޔަށްގެންދާ ޓްރެއަަލްގެ ޑާޓާތައް ލިބޭވަރުވާނީ މިއަހަރުގެ ފަހުކޮޅު ކަމަށެވެ.

އެމެރިކާކޮވިޑް-19

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު