Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ދެކުނު އެމެރިކާ ކޮލިފައިން

ހެޓްރިކް ހަދައި ޕެލޭގެ ރިކޯޑެއް މެސީ މުގުރާލައިފި

10 ސެޕްޓެމްބަރު 2021 | ހުކުރު 03:25

ބޮލިވިއާ އަތުން އާޖެންޓީނާ މޮޅުވީ 3-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ސެޕްޓެމްބަރު 2021 | ހުކުރު 03:25
އާޖެންޓީނާ އާއި ބޮލިވިއާ ބައްދަލުކުރި މެޗުގެ ތެރެއިން ލިއޮނެލް މެސީ

އާޖެންޓީނާ އާއި ބޮލިވިއާ ބައްދަލުކުރި މެޗުގެ ތެރެއިން ލިއޮނެލް މެސީ

ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ބޮލިވިއާ އަތުން މޮޅުވި މެޗުގައި ހެދި ހެޓްރިކާއެކު ބްރެޒިލުގެ ލެެޖެންޑް ޕެލޭ ހަދާފައިވާ ރިކޯޑެއް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ މުގުރާލައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ލެއަންޑްރޯ ޕަރޭޑޭސްގެ އެހީއާއެކު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މެސީ ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މެޗުގެ 64 ވަނަ މިނެޓުގައި މެސީ ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއެކު އާޖެންޓީނާއިން ލީޑު ފުޅާކުރިއިރު، މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް މެސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުގައި ހެދި ހެޓްރިކާއެކު މެސީ ވަނީ ދެކުނު އެމެރިކާގެ ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު ހަދާފައެވެ. މީގެ ކުރިން މި ރިކޯޑު އޮތް ޕެލޭ ވަނީ ބްރެޒިލަށް ކުޅެދިން 92 މެޗުގައި 77 ލަނޑު ޖަހާފައެވެ. މެސީ އެ ރިކޯޑު މުގުރާލީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެދިން 153 މެޗުން 79 ލަނޑު ހަމަކޮށްގެންނެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ބޮލިވިއާ އަތުން އާޖެންޓީނާ މޮޅުވިއިރު، ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ބްރެޒިލްވެސް ވަނީ މޮޅުވެފައެވެ. އަމިއްލަ ގައުމުގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވީ ޕެރޫ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާތަކާއެކު ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގެ އެއްވަނައިގައި ބްރެޒިލް އޮތީ ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. މިހާތަނަށް ކުޅުނު އަށް މެޗުންވެސް މޮޅުވެފައިވާ ބްރެޒިލަށް 24 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އާޖެންޓީނާއަށް އަށް މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. ތިންވަނައިގައި އޮތީ ބުރާސްފަތި ދުވަހުގެރޭ އެކުއެޑޯ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި އުރުގުއޭއެވެ. އުރުގުއޭއަށް ނުވަ މެޗުން ވަނީ 15 ޕޮއިންޓް ލިބިފައެވެ.

ވޯލްޑް ކަޕް ކޮލިފައިންލިއޮނެލް މެސީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް