Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސުޒޭން ކޮވިޑަށް ޕޮޒިޓިވްވުން

ސުޒޭން ކޮވިޑަށް ޕޮޒިޓިވް، ކޭމްޕަށް ފުރާނީ 14 ދުވަސް ފަހުން

އެއްވެސް ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 10:47
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ ކޮވިޑުގެ އަލާމާތްތަކެއް ހުރުމުން ބުދަ ދުވަހު ޓެސްޓުކުރި ކަމަށާއި، އެއާއެކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން މިހާރު ޓެސްޓުކޮށްފައިވާ ކަމަށާއި، އެކަމަކު ޓީމުގެ އެއްވެސް ކުޅުންތެރިއަކު އަދި އިތުރު އޮފިޝަލަކުވެސް ކޮވިޑަށް ޕޮޒިޓިވް ނުވާ ކަމަށް ބުންޏެވެ.

ސުޒޭން ކޮވިޑަށް ޕޮޒިޓިވްވިއިރު، އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ހުކުރު ދުވަހުގެ ވަގުތެއްގައި ގައުމީ ޓީމު ގަތަރަށް ފުރާނެއެވެ. ގަތަރުގައި ކޭމްޕުކުރުމަށްފަހު ގައުމީ ޓީމު އެނބުރި މާލެ އަންނަނީ މި މަހުގެ 28 ވަނަ ދުވަހެވެ. ސުޒޭން ބުނީ ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާ ދެން ގަތަރު ކޭމްޕަށް ފުރާނީ 14 ދުވަސް ހަމަކުރުމަށްފަހު، ވައިރަހުން ރަނގަޅުވުމުން ކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ސުޒޭން ހަމަޖައްސާފައިވަނީ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެއްބަސްވުން އުވާލުމަށްފަހުއެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ކުރިމަތިލާނީ މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކުއެވެ. އެގޮތުން ސުޒޭންއާއެކު އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އާއި، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދެވެ. މީގެ އިތުރުން ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އަސްލަމް އަބްދުލް ރަހީމެވެ.

މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކު ގައުމީ ޓީމުން ފަރިތަކުރުންތައް ފެށިއިރު، ގަތަރުގައި ކޭމްޕުގައި ބައިވެރިވާނީ 30 ކުޅުންތެރިންނެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރާއިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

އަލީ ސުޒޭންގައުމީ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
11 އޮކްޓޯބަރު 2023

އޭއެފްސީ ކަޕަށް މާޒިޔާގެ ތައްޔާރުވުމަކީ ގައުމީ ޓީމަށް ލިބުނު ފައިދާއެއް: ސުޒޭން

11 އޮކްޓޯބަރު 2023
އޭއެފްސީ ކަޕަށް މާޒިޔާގެ ތައްޔާރުވުމަކީ ގައުމީ ޓީމަށް ލިބުނު ފައިދާއެއް: ސުޒޭން
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
03 އޮކްޓޯބަރު 2023

މާޒިޔާގެ އެގާރައިގަ ޤައުމީ ޓީމްގެ ކުޅުންތެރިން ނުކުޅުނަސް އެކުޅުންތެރިންނަށް އިތުބާރު އެބައޮތް- ސުޒޭން

03 އޮކްޓޯބަރު 2023
މާޒިޔާގެ އެގާރައިގަ ޤައުމީ ޓީމްގެ ކުޅުންތެރިން ނުކުޅުނަސް އެކުޅުންތެރިންނަށް އިތުބާރު އެބައޮތް- ސުޒޭން
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
28 މެއި 2023

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް
22 މެއި 2023

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!
21 މެއި 2023

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި

21 މެއި 2023
ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި
15 މާރިޗު 2023

ރާއްޖެ – ޕާކިސްތާން ފުޓްބޯޅަ މެޗު ލ. ގަމުގައި

15 މާރިޗު 2023
ރާއްޖެ – ޕާކިސްތާން ފުޓްބޯޅަ މެޗު ލ. ގަމުގައި
04 އޮކްޓޯބަރު 2022

ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް

04 އޮކްޓޯބަރު 2022
ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު