Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފުށި އެއަރޕޯޓް

އަލިފުށީ އެއަރޕޯޓާ ގުޅުވައި ފާޑު ކިޔާ މީހުންނަށް ބިގޭ ވަރުގަދަ ރައްދެއް ދެއްވައިފި

9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:28

މަޖިލީހުގެ މެމްބަރުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:28
ދައުރު ނިމޭއިރު އަލިފުށީގައި އެއަރޕޯޓް އޮންނާނެ

ދައުރު ނިމޭއިރު އަލިފުށީގައި އެއަރޕޯޓް އޮންނާނެ

ރ. އަލިފުށީގައި އެއަރޕޯޓް އެޅުމަށް ނިންމުމާ ގުޅިގެން ފާޑު ކިޔާ މީހުންނަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ބިގޭ ވިދާޅުވީ، ކިތަންމެ ވަރަކަށް ޒާތީ ގޮތުން އިނގިލި ދިއްކުރި ނަމަވެސް އެންމެ ތަންފުކެއް ވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. ހަވާލުވި ޒިންމާ އަމާނާތްތެރިކަމާއެކު ގެނެސްދެއްވާނެ ކަމަށާއި، 2023 ވަނަ އަހަރު އަލިފުއްޓަށް ވަޑައިގަންނަވާނީ އެއަރޕޯޓުން ކަމަށެވެ. ބިގޭ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށާއި، ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އަލިފުއްޓަށް ވަޑައިގެން އެރަށުގައި ޖޮބްސެންޓަރު ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ބިގޭ ވިދާޅުވީ، އެއަރޕޯޓްގެ މަޝްރޫޢާއެކު ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، ޒާތީ ގޮތުން ދިމާކުރުންތައް ވެސް އަމާޒުވާ ކަމަށެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވާ ކަމުގައެވެ.

އެއަރޕޯޓް މަޝްރޫއަކީ ބަޖެޓްގައި ނެތް މަޝްރޫއެއް ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ހަގީގަތާ ޚިލާފު ވާހަކަ ދައްކަވާ ކަމަށް ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ، އަލިފުށީ ބިން ހިއްކުމުގެ މަޝްރޫއު ބަޖެޓްގައި އޮންނާނެ ކަމަށާއި، އެކި ރަށްރަށުގައި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ވެސް ބަޖެޓް ކުރެވިފައިވާ މަޝްރޫޢެއް ކަމަށެވެ. އެހެންކަމުން ބަޖެޓްގައި ނުހިމެނޭ މަޝްރޫޢެއް ކަމަށް ވިދާޅުވުމަކީ ރައްޔިތުންނަށް އޮޅުން އަރާނެ ކަމަށް ކަމަށެވެ.

ބިގޭ ވިދާޅުވީ، ބަޖެޓްގައި ނެތް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ. ކޮންމެ ރަށެއްގެ ރައްޔިތުންނަށް ލިބޭ ހިތްހަމަ ޖެހުމަކީ މުޅި ރާއްޖެއަށް ލިބިދޭ ހިތްހަމަ ޖެހުމެއްގެ ގޮތުގައި ބިގޭ ސިފަކުރެއްވިއެވެ. އަދި އަލިފުށީ ރައްޔިތުންނަށްޓަކައި ކޮންމެފަދަ ގުރުބާނީއެއް ވެވަޑައިގަންނަވަން ޖެހުނަސް ތައްޔާރަށް ހުންނެވި ކަމަށް ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ އަލިފުށީގެ ތަރައްގީއަށް ސަރުކާރުން އިސްކަން ދެއްވި ކަމަށާއި، ތަރައްގީގެ މަޝްރޫޢުތައް އެހެން ހަރުފަތަކަށް ގެންގޮސްދެއްވި ކަމަށެވެ.

އަލިފުށީ ޒުވާނުންގެ އުންމީދަކަށްވި، ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، އެތަނަކީ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ދަނޑެއް ކަމަށް ވިދާޅުވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު ބިން ހިއްކުމާއި، އެއަރޕޯޓް މަޝްރޫޢުގެ ދަށުން ރ. އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޚާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއަރޕޯޓް ތަރައްގީކުރުމަށް ހިއްކޭ ބިމެކެވެ. މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއް ވެސް ގާއިމުކުރެވިގެންދާނެއެވެ.

މިއީ 451.61 މިލިއަން ރުފިޔާ ގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ނިންމުމަށް ހަމަޖެހިފައިވަނީ 750 ދުވަހުގެތެރޭގައެވެ.

އަލިފުށީ ދާއިރާގެ މެންބަރު ބިގޭއަލިފުށި

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2024

މި އެއް އަހަރު ފެނިގެން ދިޔައީ ބާރުވެރިކަން އެއްކުރުމުގެ ހުރިހާ ސިފައެއް ސަރުކާރުގައި މޫލާ އަށަގަނެފައިވާ މަންޒަރު - ބިގޭ

22 ނޮވެމްބަރު 2024
މި އެއް އަހަރު ފެނިގެން ދިޔައީ ބާރުވެރިކަން އެއްކުރުމުގެ ހުރިހާ ސިފައެއް ސަރުކާރުގައި މޫލާ އަށަގަނެފައިވާ މަންޒަރު - ބިގޭ
08 އޮކްޓޯބަރު 2024

މި ސަރުކާރުން ލާމަރުކަޒީ ބާރުތައް ކަނޑުވާލާތީ "ލާމަރުކަޒީ ގުޅުން" ނަމުގައި އެމްޑީޕީ އިން ޚާއްސަ ކޮންފަރެންސެއް ބާއްވަނީ

08 އޮކްޓޯބަރު 2024
މި ސަރުކާރުން ލާމަރުކަޒީ ބާރުތައް ކަނޑުވާލާތީ "ލާމަރުކަޒީ ގުޅުން" ނަމުގައި އެމްޑީޕީ އިން ޚާއްސަ ކޮންފަރެންސެއް ބާއްވަނީ
20 އެޕްރީލު 2024

އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

20 އެޕްރީލު 2024
އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
22 މާރިޗު 2024

ސަރުކާރަށް ފުރިހަމަ ބާރާއެކު މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ތިބޭނީ އަނދިރި މަރުހަލާއެއްގައި - ބިގޭ

22 މާރިޗު 2024
ސަރުކާރަށް ފުރިހަމަ ބާރާއެކު މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ތިބޭނީ އަނދިރި މަރުހަލާއެއްގައި - ބިގޭ
20 ޑިސެމްބަރު 2023

"ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކުރީމޭ ބުނާގޮތަށް، އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި"

20 ޑިސެމްބަރު 2023
"ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކުރީމޭ ބުނާގޮތަށް، އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި"
13 ނޮވެމްބަރު 2023

އީވާ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަންކަަމަކީ މަޖިލީހުގެ ޤަވާއިދާއި ހުކުމާއި ދިމާވާ ކަންތައްތަކެއް ނޫން: ބިގޭ

13 ނޮވެމްބަރު 2023
އީވާ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަންކަަމަކީ މަޖިލީހުގެ ޤަވާއިދާއި ހުކުމާއި ދިމާވާ ކަންތައްތަކެއް ނޫން: ބިގޭ
02 ޖޫން 2023

އިމާރާތުގެ މަސައްކަތް ނުނިމުނަސް އޯގަސްޓް މަހު ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށި ޓިވެޓް ސެންޓަރުގައި ކިޔަވައިދޭން ފެށޭނެ ކަމުގެ އުއްމީދު ބޮޑު: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

02 ޖޫން 2023
އިމާރާތުގެ މަސައްކަތް ނުނިމުނަސް އޯގަސްޓް މަހު ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށި ޓިވެޓް ސެންޓަރުގައި ކިޔަވައިދޭން ފެށޭނެ ކަމުގެ އުއްމީދު ބޮޑު: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު
21 މެއި 2023

ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

21 މެއި 2023
ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 މެއި 2023

އަލިފުށީ ޓިވެޓް ސެންޓަރު ނިމެންވާއިރަށް ކަރިކިއުލަމް ތައްޔާރުކުރަނީ

07 މެއި 2023
އަލިފުށީ ޓިވެޓް ސެންޓަރު ނިމެންވާއިރަށް ކަރިކިއުލަމް ތައްޔާރުކުރަނީ
09 ޖެނުއަރީ 2023

އަލިފުށި އެއާޕޯޓާއެކު ރައްޔިތުންގެ ޖީބަށް ލުއިވެ، ތަކުލީފުތަކަށް ނިމުމެއް އަންނާނެ: ކައުންސިލް ރައީސް

09 ޖެނުއަރީ 2023
އަލިފުށި އެއާޕޯޓާއެކު ރައްޔިތުންގެ ޖީބަށް ލުއިވެ، ތަކުލީފުތަކަށް ނިމުމެއް އަންނާނެ: ކައުންސިލް ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް