Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ބާރުތައް

މި އެއް އަހަރު ފެނިގެން ދިޔައީ ބާރުވެރިކަން އެއްކުރުމުގެ ހުރިހާ ސިފައެއް ސަރުކާރުގައި މޫލާ އަށަގަނެފައިވާ މަންޒަރު - ބިގޭ

މިއީ މަޖިލީހުގެ ބާރު ކެނޑި އަޅުވެތިކަމަށް ވެއްޓުން ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2024 | ހުކުރު 05:40
އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

މި އެއް އަހަރު ފެނިގެން ދިޔައީ ބާރުވެރިކަން އެއްކުރުމުގެ ހުރިހާ ސިފައެއް ސަރުކާރުގައި މޫލާ އަށަގަނެފައިވާތަން ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މަޖިލިސް ކައިރީގައި ކުރިއަށް ދިޔަ އިހުތިޖާޖުގެ ތެރެއިން ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައި އޭނާ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ފިކުރަކީ ބާރުތައް އެއްކުރުމުގެ ވިސްނުމެއް ކަމަށެވެ. އެކަން އެ ޕާޓީތަކުން ވެރިކަން ކުރި ގޮތަށް ބެލުމުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޕީޕިއެމް ވެރިކަމުގައި ވެސް އެކަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ އެހެނެންނަމަވެސް އެމްޑީޕީގެ ވެރިކަމުގައި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އެމްޑީޕީ އަށް އޮތް އިރު ވެސް އެމްޑީޕީން އަމަލުކޮށްފައިވާނީ ތިން ބާރު އެއް ނުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު އެންޓި ޑިފެކްޝަން ޤާނޫނުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔައީ އެގޮތުގެ މަތިން ކަމަށާއި މިހާރު އެފަދަ މަންޒަރެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދޮގާއި މަކަރާއި އޮޅުވާލައިގެން ވެރިކަމަށް އައިސް ރައްޔިތުންގެ ހައްގުތައް ހަނިކުރާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މެމްބަރުންގެ ބާރުތައް ހަނިކޮށް ތަޅުއަޅުވަމުންދާކަމަށް ސިފަކުރައްވާފައެވެ. އަދި މިހާރު ސަރުކާރުން މެމްބަރުން ކަސްތޮޅުއަޅުވާފައިވާ ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. ޤާނޫނަށް ގެނައި އިސްލާހާއި އެކު މެމްބަރުން ތަޅުއެޅުވުމުން ކުރިއަށް އޮތްތަނުގައި މެމްބަރުންނަށް އަނގަ ހުޅުވާލަން ވެސް ފުރުސަތު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ހިތްހަމަ ނުޖެހޭ ގޮތަށް މެމްބަރަކަށް ދެން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ މަޖިލީހުގެ ބާރު ކެނޑި އަޅުވެތިކަމަށް ވެއްޓުން ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީ އަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ބުދަ ދުވަހު ތަސްދީޤުކުރެއްވީ ބުރާސްފަތި ދުވަހުއެވެ.

ގާނޫނު އަސާސީ އަށް މި ގެނައި ބަދަލު ތަސްދީގު ކުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލު ކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ މެމްބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި ޕާޓީއަކާ ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭނެއެވެ.

ވެރިކަންކުރާ ޕީއެންސީގެ މެމްބަރު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި ޤާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ ބުދަ ދުވަހުގެ ހެނދުނެވެ.

ޤާނޫނު އަސާސީ އަށް ބަދަލު ގެންނަން ހުށަހެޅި ބިލު 69 މެންބަރުންގެ ވޯޓުން މަޖިލީހަށް ބަލައިގަންނަން ފާސް ކުރީ ބުދަ ދުވަހުގެ މެންދުރު ކުރިންނެވެ.

އަލިފުށީ ދާއިރާގެ މެންބަރު ބިގޭރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު