Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިޚާބު 2024

ސަރުކާރަށް ފުރިހަމަ ބާރާއެކު މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ތިބޭނީ އަނދިރި މަރުހަލާއެއްގައި - ބިގޭ

5 އަހަރުގެ ފުރިހަމަ ދައުރެއް މި ސަރުކާރުން އަދާކުރާ އިރު ވަރަށް ބައިވަރުކަންކަން ގޯސްކޮށް ހިނގާނެ ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 މާރިޗު 2024 | ހުކުރު 07:53
އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ސަރުކާރަށް ފުރިހަމަ ބާރާއެކު މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ތިބޭނީ އަނދިރި މަރުހަލާއެއްގައި ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ބުދަ ދުވަހުގެރޭ ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީ އަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބެއްޖެ ނަމަ މި ގައުމު އަނބުރާ ނުވެސް ލިބޭނެ ކަމަށާއި ޤައުމުގެ ސަލާމަތަށް އެދޭ ނަމަ ވޯޓުދޭންވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު މުހައްމަދު ރަޝީދު ވަނީ މިހާރު މަޖިލީހުގެ ހާލަތަށް އަލިއަޅުވާލައްވާފައެވެ. މިހާރު މަޖިލީހުގެ މެޖޯރިޓީ އޮތް އިރު ވެސް ސަރުކާރުން ދަނީ ދޮގުހަދަމުން ކަމަށާއި އެމްޑީޕީ އަށް މެޖޯރިޓީ ނެތް ހާލަތުގައި ގައުމުގެ ހާލަތު ތަސައްވުރު ވެސް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފާއިތުވި ތިން މަސް ދުވަހަށް ނަޒަރު ހިންގާލާ އިރު މި ސަރުކާރުން ވެރިކަމަށް އައި ފަހުން ކިހާ ދޮގެއް ހަދާފައިވޭތޯ ސުވާލުކޮށްލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ތިން މަސް ދުވަސް 5 އަހަރު ދުވަހަށް ބަދަލުވެގެން ދާއިރު މަޖިލީހުގެ މެޖޯރިޓީ ނެތް ނަމަ ދެން ޤައުމަށް ވެގެންދާނެ ގޮތަކާއި މެދު އާއްމުން މިއަދު ވިސްނާލަން ޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ. 5 އަހަރުގެ ފުރިހަމަ ދައުރެއް މި ސަރުކާރުން އަދާ ކުރާ އިރު ވަރަށް ބައިވަރުކަންކަން ގޯސްކޮށް ހިނގާނެ ކަމަށާއި އެހެންކަމުން ޤައުމު ހަމަމަަގަށް އަޅުވަން އެމްޑީޕީގެ ދައުރު މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މެންބަރު މުހައްމަދު ރަޝީދު ވަނީ މަޖިލީހުގެ ބައެއް އިތުރު ކަންކަމާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން މަޖިލީހުގެ ތިން ދައުރު މަޖިލީހުގައި ހޭދަ ކުރި އިރު މަޖިލީހުގައި އަންހެނުން މަދުކަން ފާހަގަކުރެވޭ ކަމަށާއި އެހެންކަމުން އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ އަންހެން ބޭފުޅުން ހޮވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އަލިފުށީ ދާއިރާގެ މެންބަރު ބިގޭ

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2024

މި އެއް އަހަރު ފެނިގެން ދިޔައީ ބާރުވެރިކަން އެއްކުރުމުގެ ހުރިހާ ސިފައެއް ސަރުކާރުގައި މޫލާ އަށަގަނެފައިވާ މަންޒަރު - ބިގޭ

22 ނޮވެމްބަރު 2024
މި އެއް އަހަރު ފެނިގެން ދިޔައީ ބާރުވެރިކަން އެއްކުރުމުގެ ހުރިހާ ސިފައެއް ސަރުކާރުގައި މޫލާ އަށަގަނެފައިވާ މަންޒަރު - ބިގޭ
08 އޮކްޓޯބަރު 2024

މި ސަރުކާރުން ލާމަރުކަޒީ ބާރުތައް ކަނޑުވާލާތީ "ލާމަރުކަޒީ ގުޅުން" ނަމުގައި އެމްޑީޕީ އިން ޚާއްސަ ކޮންފަރެންސެއް ބާއްވަނީ

08 އޮކްޓޯބަރު 2024
މި ސަރުކާރުން ލާމަރުކަޒީ ބާރުތައް ކަނޑުވާލާތީ "ލާމަރުކަޒީ ގުޅުން" ނަމުގައި އެމްޑީޕީ އިން ޚާއްސަ ކޮންފަރެންސެއް ބާއްވަނީ
20 ޑިސެމްބަރު 2023

"ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކުރީމޭ ބުނާގޮތަށް، އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި"

20 ޑިސެމްބަރު 2023
"ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކުރީމޭ ބުނާގޮތަށް، އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި"
13 ނޮވެމްބަރު 2023

އީވާ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަންކަަމަކީ މަޖިލީހުގެ ޤަވާއިދާއި ހުކުމާއި ދިމާވާ ކަންތައްތަކެއް ނޫން: ބިގޭ

13 ނޮވެމްބަރު 2023
އީވާ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަންކަަމަކީ މަޖިލީހުގެ ޤަވާއިދާއި ހުކުމާއި ދިމާވާ ކަންތައްތަކެއް ނޫން: ބިގޭ
01 ނޮވެމްބަރު 2021

ބަޖެޓް ކޮމެޓީގެ މުޤައްރިރަކަށް ނާޝިޒް، ނާއިބަކަށް ބިގޭ

01 ނޮވެމްބަރު 2021
ބަޖެޓް ކޮމެޓީގެ މުޤައްރިރަކަށް ނާޝިޒް، ނާއިބަކަށް ބިގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު