Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފުށީގެ އެއާޕޯޓް

އަލިފުށި އެއާޕޯޓާއެކު ރައްޔިތުންގެ ޖީބަށް ލުއިވެ، ތަކުލީފުތަކަށް ނިމުމެއް އަންނާނެ: ކައުންސިލް ރައީސް

9 ޖެނުއަރީ 2023 | ހޯމަ 02:44

އަލިފުށިން ހިއްކާ 50 ހެކްޓަރު ބިމުގެ %80 ޖާގައަކީ އެއަރޕޯޓް ސަރަހައްދަށް ބޭނުންކުރާ ޖާގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ޖެނުއަރީ 2023 | ހޯމަ 02:44
އަލިފުށި އެއަރޕޯޓް ޓަރމިނަލްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަލިފުށި އެއަރޕޯޓް ޓަރމިނަލްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރ.އަލިފުށީގައި ޤާއިމްކުރާ އެއާޕޯޓާއެކު ރައްޔިތުންގެ ޖީބަށް ލުއިވެ މިހާރު ރައްޔިތުން ކުރިމަތިލާ ދަތުރުފަތުރުކުރުމުގެ ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށް އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ އެއާޕޯޓާއެކު ވައިގެ ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ކުރާ ޚަރަދު ބޮޑުތަނުން ކުޑަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެ އެއާޕޯޓާއެކު އެ ސަރަހައްދަށް ވަޒީފާގެ އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށާއި އެކަމާއި އުފާކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ބަދަލާއެކު ކައިރީގައި ހުރި އިތުރު ރަށްރަށަށް ދާން ވެސް ފަސޭހަ ވެގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. ހަމައެހެންމެ އަލިފުށީގައި އެއާޕޯޓެއް އެޅުމަކީ އެ ރަށް އިތުރު އެހެން ސިނާއަތުތަކަށް ހުޅުވިގެން ދާނެ ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބޯޓިން ދާއިރާ އާއި ލޯކަލް ޓުއަރިޒަމް އަށް އަލިފުށި ހުޅުވާލުމަށް އެކަމުގެ ސަބަބުން ބާރު ލިބޭނެ ކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ ރަށަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ މަގެއް ކަން އިމްރާން ވިދާޅުވިއެވެ.

ރ. އަލިފުށީ އެއަރޕޯޓުގެ ޓަރމިނަލްގެ ބިންގާ އަޅާފައި ވަނީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެ ޓަރމިނަލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި ކަމަށްވާ އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމްއާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިނާއި ކައުންސިލްގެ ރައީސް އާދަމް އިމްރާނެވެ.

އަލިފުށީ އެއަރޕޯޓް ތަރައްގީކުރުމަށް އެމް.ޓީ.ސީ.ސީއާ ހަވާލުކުރީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށް ވާއިރު އެ މަޝްރޫއުގެ ދަށުން އަލިފުށީގެ ބިންހިއްކުމާއި، އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެެ. އެގޮތުން މިދިޔަ އޮގަސްޓް މަހު ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން މި ޕްރޮޖެކްޓްގެ ދަށުން އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެެ. އަދި އެ މަސައްކަތް ނިމެމުންދާވަރަކަށް، އެއަރޕޯޓްގެ އަމަލީ މަސައްކަތްތައް ފަށަމުންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އަލިފުށިން ހިއްކާ 50 ހެކްޓަރު ބިމުގެ %80 ޖާގައަކީ އެއަރޕޯޓް ސަރަހައްދަށް ބޭނުންކުރާ ޖާގައެވެ. ބާކީ 10 ހެކްޓަރު ބޭނުންކުރާނީ އެ ސަރަހައްދުގެ ބޯހިޔާވަހިކަމާއި، ރަށުގައި އިގްތިސާދީ މަސައްކަތަކަށް ބިން ދޫކުރުމަށެވެ.

އަލިފުށިވިލުފުށީ އެއަރޕޯޓްއެމްޓީސީސީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
24 ސެޕްޓެމްބަރު 2025

ހޮސްޕިޓަލާއި އެއަރޕޯޓްގެ މަޝްރޫޢު ފެށުނު ގޮތް، ވިލިފުށީ ކައުންސިލްގެ ރައީސް، ރައީސް މުއިއްޒަށް ކިޔައި ދެއްވައިފި

24 ސެޕްޓެމްބަރު 2025
ހޮސްޕިޓަލާއި އެއަރޕޯޓްގެ މަޝްރޫޢު ފެށުނު ގޮތް، ވިލިފުށީ ކައުންސިލްގެ ރައީސް، ރައީސް މުއިއްޒަށް ކިޔައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް