Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލިފުށީ ޓިވެޓް ސެންޓަރު

އަލިފުށީ ޓިވެޓް ސެންޓަރު ނިމެންވާއިރަށް ކަރިކިއުލަމް ތައްޔާރުކުރަނީ

އައި.ސީ.ޓީ ލެބޯޓަރީއާއި ވޯކްޝޮޕަށް ބޭނުންވާ އިކުއިޕްމެންޓްތައް ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 މެއި 2023 | އާދީއްތަ 09:24
އަލިފުށީ ޓިވެޓް ސެންޓަރުގެ ކުރެހުމެއް

އަލިފުށީ ޓިވެޓް ސެންޓަރުގެ ކުރެހުމެއް

ރ. އަލިފުށީގައި ގާއިމްކުރާ ޓިވެޓް ސެންޓަރުން ކިޔަވައިދޭން ފަށަންވާއިރަށް ކަރިކިއުލަމް ތައްޔާރުކޮށް އަދި ކިޔަވައިދޭނެ މެޓީރިއަލްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ފަށައިފިއެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒަކީ ވަޒީފާގެ ބާޒާރުގެ ޑިމާންޑާއި ސަރަހައްދުތަކުގައި ހުރި ކަންކަމަށް ބަލައިގެން ސްޕެޝަލައިޒްޑް ހަޔަރ އެޑިއުކޭޝަން އެންޑް ޓްރޭނިން އިންސްޓިޓިއުޓްތައް ގާއިމްކުރުމާއި ޒަމާނީ ޓިވެޓް ތަމްރީނު ދެވޭނެ މުއައްސަސާތައް ގާއިމްކުރުމެވެ.

Advertisement - newsAdvertisement

ހަޔަރ އެޑިއުކޭޝަންގެ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ސަރުކާރުގެ ސިޔާސަތުގައި ހިމެނޭގޮތަށް މަތީ ތައުލީމު ހަމަހަމަ ގޮތެއްގައި ލިބޭނެ ގޮތް ފުޅާކުރުމަށެވެ. ސަރުކާރުގެ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ހުނަރު ޕްރޮގްރާމްތަކަށް ޒުވާނުން ޝައުގުވެރި ކުރުވުމަށް ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތަކާއި ޖޫނިއާ ކޮލެޖްތަކާއި ޕޮލިޓެކްނިކް ގާއިމްކުރުމާއި، ޒަމާނީ ވަސީލަތްތަކާއެކު އިންޑަސްޓްރީ ޑްރައިވް ކޯސްތައް ހުށަހަޅައިގެން ހުނަރުވެރި ވޯކްފޯސްއެއް ތަރައްގީކުރުމެވެ. އެއާ އެއްގޮތަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ދަނީ ޒަމާނީ ދެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން (ޓީވީއީޓީ) ސެންޓަރެއް ތަރައްގީ ކުރަމުންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ ދަށުން އެތަނުގައި ތަރައްޤީކުރާ 3 ބްލޮކްގެވެސް ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިންމާ، ރޭނުމުގެ މަސައްކަތްތައް ފަށައިގެން ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި، މި ސެންޓަރު ހިންގަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ޓެކްނިކަލް މަސައްކަތްތަކާއި، ކިޔަވައިދޭނެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ވޯލްޑް ބޭންކްގެ އެހީގައި ސްޓޭޓް-އޮފް-ދި-އާރޓް އައި.ސީ.ޓީ ލެބޯޓަރީއާއި ވޯކްޝޮޕަށް ބޭނުންވާ އިކުއިޕްމެންޓްތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ. ރ. އަލިފުށީ ޓިވެޓް ސެންޓަރުގައި ބޯޓް ބިލްޑިންގ ދާއިރާއިން ޚާއްސަ ކޯސްތަކާއި އެހެނިހެން ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް މަގުފަހިވާނެއެވެ. އަލިފުށީގައި ތަރައްޤީކުރެވޭ ޓިވެޓް ސެންޓަރު ބޯޓް ބިލްޑިންގ އަށް ޚާއްސަ ކުރެވުނީ އަލިފުއްޓަކީ ބޯޓް ބަނުމުގެ މުއްސަނދި ސަޤާފަތަކާއި ތާރީޚެއް އޮތް ތަނަކަށްވާތީއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެފައިވަނީ މި ޓިވެޓް ސެންޓަރު ދަނާލަކާއެކު ތަރައްޤީ ކުރުމުގެ ސަބަބުން، މަސައްކަތުގެ ތަޢުލީމާއި ހުނަރު އަލިފުށިން ލިބިގަންނަން ބޭނުންވާ ޒުވާނުންނަށް އަލިފުށީގައި ތިބެގެން ރައްކާތެރި މާޙައުލެއްގައި އެ ހުނަރު ދަސްކޮށް ތަޢުލީމު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުންވެސް ރަށުގައި ތިބޭ ޒުވާނުންނަށް މަސައްކަތުގެ ތަޢުލީމާއި ހުނަރު ދަސްކުރުމުގެ ފުރުޞަތު ވަރަށް ގާތުން، އެހާމެ ފަސޭހަކަމާއެކު އަތްފޯރާފަށުން ލިބިގެންދާނެ ކަމަށެވެ.

މި އިންސްޓިޓިއުޓުގައި ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަނާ ގުޅޭ ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ތަނުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްހިމެނޭހެން ރެކްރިއޭޝަން ބޮލޮކެއްވެސް ހުންނާނެއެވެ.

މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. އަތޮޅު ތެރޭގައި މަތީތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި މަސައްކަތުގެ ތަޢުލީމާއި ތަމްރީން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށް ތަފާތު އެތަށް ޕްރޮޖެކްޓެއް ޕްލޭން ކުރެވިފައިވާއިރު، މީގެ ތެރެއިން 4 ޕްރޮޖެކްޓެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިގެން މިހާރުއެބަ ކުރިއަށްދެއެވެ.

އަލިފުށީގައި މި އެޅޭ ޓިވެޓް ސެންޓަރަކީ އަތޮޅުތެރެއަށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް މިސަރުކާރުން އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މުޙިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

އަލިފުށިޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިކުއޭޝަން ޓްރެއިނިންގ (ޓިވެޓް) ސެންޓަރހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު