Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތާލިބާނުންގެ އައު ސަރުކާރު

ތާލިބާނުން އުފެއްދި ސަރުކާރުގެ ވެރިޔާ މުއްލާ އަޚުންދަކީ ކާކު؟

9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 05:58

މުއްލާ އަޚުންދަކީ ތާލިބާނުންގެ ފުރަތަމަ ވެރިކަމުގައި ޚާރިޖީވަޒީރު

| 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 05:58
މުއްލާ މުހައްމަދު ހަސަން އަޚުންދު: ތާލިބާނުން އުފެއްދި އައު ސަރުކާރުގެ ބޮޑުވަޒީރަކީ މުއްލާ އަޚުންދު

މުއްލާ މުހައްމަދު ހަސަން އަޚުންދު: ތާލިބާނުން އުފެއްދި އައު ސަރުކާރުގެ ބޮޑުވަޒީރަކީ މުއްލާ އަޚުންދު

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފިތާ ތިން ހަފުތާ ފަހުން ތާލިބާނުން މި ހަފުތާގައި ވަގުތީ ސަރުކާރެެއް ވަނީ އިއުލާން ކޮށްފައެވެ. އެ ސަރުކާރުގެ ވެރިޔަކީ ނުވަތަ ބޮޑުވަޒީރަކީ މުއްލާ މުހައްމަދު ހަސަން އަޚުންދެވެ. މުއްލާ އަޚުންދުގެ ނަން ހިމެނެނީ ދުނިޔެއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހުންގެ ލިސްޓުގައެވެ. މިހާތަނަށްވެސް އޭނާއަކީ ތާލިބާނުންގެ ލީޑަރޝިޕް ކައުންސިލްގެ ވެރިޔާއެވެ. އަފްޣާނިސްތާނުގައި 1996ން 2001ށް ތާލިބާނުން ވެރިކަންކުރި ޒަމާނުގައި މުއްލާ އަޚުންދަކީ އެންމެ ފުރަތަމަ ޚާރިޖީވަޒީރެވެ. އެއަށްފަހު ބޮޑުވަޒީރުގެ ނާއިބެވެ.

ތާލިބާނުންގެ ލީޑަރޝިޕްގައި ހިމެނޭ އެހެނިހެން ލީޑަރުންނެކޭވެސް އެއްފަދައިން މުއްލާ އަޚުންދުގެ އެންމެ ބޮޑު ބާރަކީ ތާލިބާން ޖަމާއަތް އުފެއްދި އެ ޖަމާއަތުގެ ބާނީ މުއްލާ އުމަރުގެ އެންމެ ގާތް އަރިސް މީހުންގެ ތެރެއިން މީހެއް ކަމުގައި ވުމެވެ. މިއީ ތާލިބާނުންގެ ލީޑަރޝިޕަށް ކޮންމެހެންވެސް ބޭނުންވާ ސިފަތަކުގެ ތެރެއިން މުހިއްމު ސިފައެކެވެ. އދ ގެ ރިޕޯޓެއްގައި ބަޔާންކުރާ ގޮތުން މުއްލާ އަޚުންދަކީ މިހާރު އަވަހާރަވެފައިވާ މުއްލާ އުމަރުގެ ވަރަށް އަރިސް މީހެކެވެ. އޭނާގެ މުޝީރެކެވެ. މުއްލާ އުމަރު ފަދައިން މުއްލާ އަޚުންދު ވެސް ނިސްބަތްވަނީ ކަންދަހާރަށެވެ. ކަންދަހާރަކީ އަފްޣާނިސްތާނުގެ އިރުދެކުނު ބިތުގައިވާ ސަހަރެކެވެ. ތާލިބާން ޖަމާއަތް ވުޖޫދުވީ އެ ސަހަރުގައެވެ.

ތާލިބާން ޖަމާއަތުގެ ތެރޭގައި މުއްލާ އަޚުންދުގެ ގަދަރުވެރިކަމާއި ދަރަޖަވެރިކަން ވަރަށް މައްޗަށް އުފުލިގެންވެއެވެ. ޚާއްސަކޮށް އެ ޖަމާއަތުގެ ސުޕްރީމް ލީޑަރު ނުވަތަ އެންމެ އިސް ރޫހީ ލީޑަރު ކަމަށްވާ ހިބަތުﷲ އަޚުންޒާދާގެ ފަރާތުން މުއްލާ އަޚުންދަށް އޮންނަ އިހުތިރާމް ވަރަށްވެސް ބޮޑެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުއްލާ އަޚުންދަކީ ދީނީ ލީޑަރަކަށްވުރެ ބޮޑަށް ސިޔާސީ މީހެކެވެ. ތާލިބާން ޖަމާއަތުގެ ލީޑަރޝިޕް ކައުންސިލް ނުވަތަ ޝޫރާ ކައުންސިލްގެ ވެރިޔާގެ ހައިސިއްޔަތުން ސިޔާސީ ބާރުގެ އިތުރަށް އަސްކަރީ ކަންކަމުގެ މައްޗަށްވެސް އޭނާގެ ބަސް އޮވެއެވެ. ގަބޫލުކުރެވިފައިވާ ގޮތުން އޭނާ މިހާރު ގުނަމުން އެގެންދަނީ އުމުރުން 70ގެ އަހަރުތަކެވެ.

ތާލިބާނުންގެ ތެރޭގައި މައިގަޑުގޮތެއްގައި ތިބީ ޕަޓާނުންނެވެ. މުއްލާ އަޚުންދަކީވެސް ޕަޓާނެކެވެ. އެކަމަކު އެއީ އާދައިގެ ޕަޓާނެއް ނޫނެވެ. މީލާދީން 1700ގެ އަހަރުތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ފަހުގެ ދައުލަތުގެ ބިންގާ އަޅުއްވައިދެއްވި އަހުމަދު ޝާހު ދުރާނީއަކީ މުއްލާ އަޚުންދުގެ ކޮންމެވެސް ހިސާބެއްގެ ކާފައެކެވެ. އެހެންވީމާ ތާލިބާނުންގެ އެހެނިހެން ލީޑަރުންނަށްވުރެ ވެސް މުއްލާ އަޚުންދުގެ ގައުމީ ހައިސިއްޔަތު ބޮޑުވެފައި ފުޅަލެވެ. މީގެ ވިހި އަހަރު ކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި ތާލިބާނުން ފައްސައިލުމަށްފަހު އެ ޖަމާއަތުގެ ވެރިން ޕާކިސްތާނުގައި އެއްތަންކޮށްގެން މަޝްވަރާކޮށްގެން އަލުން އެކަތިގަނޑަކަށް ހެދުމުގައި އެންމެ ބޮޑީ މުއްލާ އަޚުންދުގެ ދައުރެވެ. ލީޑަރޝިޕް ކައުންސިލްގެ ވެރިޔަކަށް މިހާތަނަށް ހުރެވުމުގެ ސިއްރަކީވެސް އެއީއެވެ.

ތާލިބާނުންގެ ސިޔާސީ ފިކުރާއި އަފްޣާނިސްތާނުގެ ކުރިމަގާއި ގުޅޭ ގޮތުން ކިތަންމެ ކިތަންމެ ފޮތެއްވެސް މުއްލާ އަޚުންދު ވަނީ ލިޔެފައެވެ. މިޒާތުގެ މަސައްކަތްތަކުން އޭނާއަކީ ވަރަށް ބޮޑަށް ސިޔާސީ ހިކުމަތްތެރިކަން ލިބިފައިވާ މީހެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. އަފްޣާނިސްތާނުގައި ތާލިބާނުން 1996 ވަނަ އަހަރުން 2001 ވަނަ އަހަރަށް ކުރި ވެރިކަން މުށުތެރެއިން ބީވެގެން ދިޔައީ ގޯސްތަކެއް ހެދިގެންކަމާއި ދުނިޔެއާ ގުޅުން ކަނޑާލައިގެން އެކަހެރިވެގެން ތިބުމަކުން ލިބޭނޭ ކުރިއެރުމެއް މަންފާއެއް ނޯންނާނެ ކަމަށް މުއްލާ އަޚުންދު ގަބޫލު ކުރެއެވެ. މިހާރު ތާލިބާނުންގެ ފިކުރާއި ސިޔާސަތަށް މަޑުމައިތިރިކަމެއް އައިސްފައިވާނަމަ އެބަދަލުގެ ސިއްރަކީ މުއްލާ އަޚުންދެވެ.

ތާލިބާނުން މިވަގުތަކަށް އުފެއްދި ސަރުކާރުގެ ބޮޑުވަޒީރަކަށް މުއްލާ އަޚުންދު ހަމަޖެއްސިއިރު އޭނާގެ ނާއިބަކަށް ހަމަޖައްސާފައިވަނީ އަބްދުލްޣަނީ ބަރާދާރެވެ. މީނާޔަކީ މިހާތަނަށް ތާލިބާނުންގެ ސިޔާސީ ގޮފީގެ ހަރަކާތްތައް ރާވައި ހިންގުމުގެ އިސްވެރިޔާއެވެ. އައު ދިފާއީ ވަޒީރަކީ މުއްލާ މުހައްމަދު ޔައުގޫބެވެ. މީނާޔަކީ ތާލިބާނުންގެ ބާނީ މުއްލާ އުމަރުގެ ދަރިއެކެވެ. ދާޚިލީ ވަޒީރަކަށް ހަމަޖެއްސީ ސިރާޖުއްދީން ހައްގާނީއެވެ. މިއީ ތާލިބާނުންގެ ތެރެއިން ހައްގާނީ ވިޔުގައޭ ކިޔުނު ފެކްޝަނުގެ ވެރިޔާއެވެ. އައު ޚާރިޖީވަޒީރަކީ އާމިރު ޚާން މުއްތަގީއެވެ. ގަތަރުގެ ދޯހާގައި މިފަހަކުން ކުރިއަށް ގެންދެވުނު ސުލްހައިގެ ވާހަކަތަކުގައި ތާލިބާނުން ތަމްސީލުކުރި އިސް އެކަކީ މީނާއެވެ. އައު މާލީ ވަޒީރަކީ ހިދާޔަތުﷲ ބަދުރީއެވެ. މި އެންމެންނަކީވެސް މުއްލާ އަޚުންދު ފަދައިން ޕަޓާނުންނެވެ. މައިގަނޑު ގޮތެއްގައި ކަންދަހާރުގެ މީހުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް