Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން

ބޯހިޔާވަހިކަމުގެ ހާލަތު މި ހިސާބަށް އައީ ވެސް ކުރީ ސަރުކާރުގެ ސަބަބުން - ޔައުޤޫބް

9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 06:46

ކުރީ ސަރުކާރުގައި އެންމެ ފަހު ދޮޅު އަހަރުގެ ތެރޭގައި ފްލެޓުގެ މަސައްކަތް ކުރަމުންދިޔަ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 06:46
ޔައުޤޫބް ޢަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު

ޔައުޤޫބް ޢަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު

ބޯހިޔާވަހިކަމުގެ ހާލަތު މި ހިސާބަށް އައީ ވެސް ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ، ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މާލޭގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވަޢުދު ނުފުދި ލަސްވާތީ ހުށަހަޅާފައިވާ މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. މެންބަރު ވިދާޅުވީ, ސަރުކާރުން ވަޢުދުވީ 5 އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމަށް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ. އަދި ފަސް އަހަރު ނުނިމޭ ކަމަށާއި، އަދިވެސް ދުވަސް އެބައޮތް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ. ކުރީ ސަރުކާރުގައި އެންމެ ފަހު ދޮޅު އަހަރުގެ ތެރޭގައި ފްލެޓުގެ މަސައްކަތް ކުރަމުންދިޔަކަން މެންބަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މެންބަރު ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމުގެ ހާލަތު މި ހިސާބަށް އައީ ވެސް ފާއިތުވި ސަރުކާރުގެ ތެރޭގައި އެއް ރަށަކަށް، އެއްތަނަކަށް ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ޖަމާކުރަމުންދިއުމުގެ ސަބަބުން ކަަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ދިމާވެގެން މިއުޅޭ އިޖުތިމާޢީ، އިޤުތިޞާދީ އަދި އެހެނިހެން ހުރިހާ މައްސަލަތައް މާލޭގައި ދިމާވެފައިވާ ކަމަށާއި، ޚާއްޞަކޮށް ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެގެން މިއުޅެމީ އެކަމުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ތަރައްޤީގެ ހުރިހާ މަޝްރޫއެއް ހަމަހަމަ ކަމާއެކު ކުރިއަށްގެންދަން ޖެހޭނެ ކަމަށާއި، މާލޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމަށް ހައްލު ލިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މަސްވެރިންނަށް ދިހަ ހާސް ރުފިޔާ، ބެޔަސްނުބެޔަސް ދޭން ވައުދުވެ އެކަން ނުވުމުން އެއީ ތިމަންނަމެން ކުރި ކަމެއް ނޫން ކަމަށް ބުނެ، އެއީ ފޮތި ޕްރިންޓުކުރި ކުދިން ކުރި ކަމެކޭ ބުނި ގޮތަށް މި ސަރުކާރުން ވެފައިވާ ވައުދު ހަނދާން ނައްތާލައި، އެކަމާ ހަވާލު ނުވާން ނޫޅޭނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް، އަދި މީހުން ދިރިއުޅޭ ހުރިހާ ސަރަޙައްދަކަށް ވެސް އެއް ހަމަޔަކުން ކަންކަން ކުރަމުންދިއުން ކަމަށެވެ. މި ދައުރުގައި ބާކީ މި އޮތް 2 އަހަރުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް، އަދި ވީ ހުރިހާ ވަޢުދެއް ރަނުން ރަނަށް ފުއްދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް