Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާކިޓެކްޗަރަލް ދާއިރާގައި އަންހެނުން

އަންހެނަކަށް ވީތީ އެހެން މީހުންގެ ފަރާތުން ދެރަ ބަސްތައް އިވޭނެ، ފަރުވާލެއް ނުދީ ކުރިއަށްދޭ!

އާކިޓެކްޗަރަލް ދާއިރާއަށް ނުކުންނަ އަންހެނުން މަދު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2021 | އަންގާރަ 03:21
ޓެކްނޮލޮކީ, އިންޖީނިއަރިން އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާއިން ރެހެންދި އެވޯޑު ޙާސިލްކުރެއްވި ޒީނިއާ އަހުމަދު ހަމީދު

ޓެކްނޮލޮކީ, އިންޖީނިއަރިން އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާއިން ރެހެންދި އެވޯޑު ޙާސިލްކުރެއްވި ޒީނިއާ އަހުމަދު ހަމީދު

އެންމެ ކުރިން ފެށިގެން ވެސް މި މުޖުތަމައުގައި މީހުންގެ ވިސްނުމާއި ފިކުރު ހުންނަ ގޮތުން މަސައްކަތުގެ މާހައުލުގައި އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަ މަސައްކަތްތަކެއް ވަނީ ކަނޑައެޅިފައެވެ. މީހެއްގެ ގާބިލިއްޔަތަށް ބެލުމެއް ނެތި މިވެނި މަސައްކަތަކީ އަންހެނަކަށް ނުކުރެވޭނެ މަސައްކަތެކޭ، އެއީ ފިރިހެނުން ކުރާ ކަމެކޭ ބުނާ އަޑު އަބަދުވެސް އިވެއެވެ. ގާބިލިއްޔަތަށް ބަލައިފިނަމަ ގިނަ ފަހަރަށް އަންހެނުންގެ ގާބިލްކަން ފިރިހެނުންނަށްވުރެ އެތައް ގުނައެއް ބޮޑެެވެ. އެހެންނަމަވެސް ޒަމާނުއްސުރެ މި ވާހަކަތައް މިގޮތަށް ދެކެވެމުން އައިސް މިއަދުވެސް މިގޮތަށް މި ވާހަކަތައް ދައްކާ ބަޔަކު އުޅޭނަމަ އެ މީހުންގެ ވިސްނުން ބަދަލުކުރުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.

މިގޮތަށް "ފިރިހެނުންނަށް ޚާއްސަ" ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެއް ދާއިރާއަކީ އާކިޓެކްޗަރަލް ދާއިރާއެވެ. މިއީ އަންހެނުންނަށް ކުރިއަށް ނުދެވޭނެ ދާއިރާއެއްގެ ގޮތުގައި ފިރިހެނުން ސިފަކުރާ ދާއިރާއެކެވެ. ހަމައެކަނި ފިރިހެނުންނެއް ނޫނެވެ. މިހެން ބުނާ ބަޔަކު އަންހެނުންގެ ތެރޭގައި ވެސް އުޅެއެވެ. އެހެންނަމަވެސް ރާއްޖޭގެ އާކިޓެކްޗަރަލް ދާއިރާއަށް ބަލާލާއިރު މި ފެންނަނީ މިފަދަ ބަސްތައް ބުނާ މީހުންގެ ސަބަބުން ހިތްވަރު އެލުވާލައި، ދާއިރާ ދޫކޮށްލި ކަނބަލުންނެއް ނޫނެވެ. އެމީހުންގެ އެ ބުނުމަށް ގޮންޖައްސަވައި، ގިނަ ދުވަސްތަކެއް މި ދާއިރާގައި ހޭދަކުރި ކަނބަލުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ކަނބަލަކީ ސައިންސް, ޓެކްނޮލޮކީ, އިންޖީނިއަރިން އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާއިން ރެހެންދި އެވޯޑު ޙާސިލްކުރެއްވި ޒީނިއާ އަހުމަދު ހަމީދެވެ.

ސްޓެމް ދާއިރާއިން ޒީނިއާ މަސައްކަތްކުރަނީ ކޮންސްޓްރަކްޝަން އަދި އާކިޓެކްޗަރ ރޮނގުންނެވެ. 2006 ވަނަ އަހަރު އެސިސްޓެންޓް އާކިޓެކްޓެއްގެ ގޮތުގައި ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެންނެވި ޒީނިއާ މިހާރު ފުރުއްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމެވެ.

މި ދާއިރާއިން 15 އަހަރު ދުވަހުގެ ޚިދުމަތެއް ކޮށްދެއްވާފައިވާ ޒީނިއާ ވަނީ އާކިޓެކްޗަރަލް ޑިޒައިން މަސައްކަތް އާކިޓެކްޓުން ކުރާ ގޮތަށް، އަދި ސްޓްރަކްޗަރަލް ޑިޒައިން މަސައްކަތް އިންޖީނިއަރުން ކުރާ ގޮތަށް ބަދަލުގެނައުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. 2017 ވަނަ އަހަރު ރާއްޖޭގައި އިމާރާތްކުރުމުގެ ގާނޫނު ވުޖޫދަށް ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާއިރު، ޒިނިއާގެ ބެލުމުގެ ދަށުގައި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ނިންމައި، އިމާރާތްކުރުމުގައި ގެންގުޅޭ ހެލްތް އެންޑް ސޭފްޓީ މިންގަނޑު ވެސް ވަނީ އެކުލަވާލާފައެވެ. އަމިއްލަ މަސައްކަތުގެ ތެރެއިން ހޮސްޕިޓަލު، ޔުނިވާސިޓީ، ފެރީ ޓާމިނަލް ފަދަ ތަންތަން ކުރަހައިދީފައިވާއިރު، މިހާތަނަށް ޒީނިއާ ވަނީ 200 އަށްވުރެ ގިނަ ޕްރޮޖެކްޓުގައި މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން ގެސްޓް ލެކްޗަރާއެއްގެ ގޮތުގައި، މި ރޮނގުން ލިބިފައިވާ އިލްމު އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ޒީނިއާ ކުރައްވައެވެ.

ރެހެންދި އެވޯޑު ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޒީނިއާ ވިދާޅުވީ ކިޔެވުމުގެ މުހިންމުކަން އެނގުނީ އޯލެވެލް ނިމި، ފަސް އަހަރު ފަހުން ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅުނު ހިސާބުން ކަމަށެވެ. އެ ހިސާބުން ފެށިގެން އާކިޓެކްޗަރަލް ދާއިރާއިން ކިޔަވަން ފެށީ ކަމަށް ޒީނިއާ ވިދާޅުވިއެވެ. ޒީނިއާ ވިދާޅުވީ އޭނާ ޑިގްރީ ހެދުމަށް ފައުންޑޭޝަންގެ 6 މަހުގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެ ކޯހުން ފާސްވެ، ޑިގްރީ އަދި މާސްޓަރސް ހެދީ އާކިޓެކްޗަރަލް ދާއިރާއިންނެވެ. ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހެދީ އާބިޓްރޭޝަން ދާއިރާއިން ކަމަށާއި، 2006 ވަނަ އަހަރު ސަރުކާރު ވަޒީފާއަށް ދިޔައީ އާކިޓެކްޗަރ ޕާޓް 2ގެ މާސްޓަރސް ހަދައިގެން ކަމަށް ޒީނިއާ ވިދާޅުވިއެވެ.

ޒީނިއާ ވިދާޅުވީ އޭނާ އާކިޓެކްޗަރަލް ދާއިރާއަށް ނުކުތް އިރު، މި ދާއިރާގައި މަސައްކަތްކުރަނީ މުޅިއެކު 7 މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 2 އަންހެނުން ކަމަށް އޭނާ ވިދާޅުވިއެވެ. މިވީ 15 އަހަރުތެރޭގައި ވެސް މި ދާއިރާއަށް މާސްޓަރސް ހަދައިގެން ނުކުމެފައިވަނީ ދެ އަންހެން ބޭފުޅުންކަމީ ހިތާމަކުރާ ކަމެއް ކަމަށް ޒީނިއާ ވިދާޅުވިއެވެ.

ޒީނިއާ ވިދާޅުވީ ކުރިއާއި މިހާރާ އަޅާ ބަލާއިރުވެސް އާކިޓެކްޗަރަލް ދާއިރާއަކީ އަންހެނުންނަށް ގޮންޖެހުން ބޮޑު ދާއިރާއެއް ކަމަށެވެ. މި ދާއިރާއަކީ ފިރިހެނުންނަށް ޚާއްސަ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދާއިރާއެއް ކަމަށް ޒީނިއާ ވިދާޅުވިއެވެ. ޒީނިއާ ވިދާޅުވީ ވަޒީފާގެ މާހައުލުންނާއި ވަޒީފާ ހޯދުމުގެ ތެރެއިން ކުރިމަތިވާ އެކި ގޮންޖެހުންތަކުގެ ސަބަބުން އަންހެނުންނަށް ވަޒީފާތަކުގައި ދެމިތިބުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. ތިމާ މާޔޫސްކުރުވަނިވި އެތައް ބަހެއް މީހުންގެ ފަރާތުން އިވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ އަންހެނަކަސް ކޮންމެ ދާއިރާއަކުންވެސް ކުރިއަށްދެވޭނެ ކަމަށް ޒީނިއާ ވަނީ ވިދާޅުވެފައެވެ.

އެކި ދާއިރާތަކުން ކުރިއަށްދިއުމުގައި އަންހެނުންނަށް ހުރި ހުރަސްތައް ކުޑަކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިގޮތުން ސަރުކާރުގެ އިދާރާތަކަށް ބަލައިލި ނަމަވެސް އެ ތަންތަނުގެ މަތީ މަގާމުތައް ފުރުއްވަން އަންހެން ބޭފުޅުން ތިއްބަވައެވެ. އަދި ލޯކަލް ކައުންސިލްތަކަށް ބަލައިލި ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރުމަށް ކޮމިޓީތަކެއް ވަނީ އެކުލަވާލައިފައެވެ. އަދި އާންމުކޮށް އަންހެނުން މަސައްކަތްކޮށް ނޫޅޭ ދާއިރާތަކުން އަންހެން ކަނބަލުން ނެރުމަށް ސަރުކާރުން ކުރާ މަސައްކަތަކަކީ ވަޒީފާގެ މާހައުލުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު އޮންނަ ފަރަގު ކުޑަކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަމުގެ ހެއްކެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

06 މާރިޗު 2018
ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

03 ފެބުރުއަރީ 2018
މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

09 ޖެނުއަރީ 2018
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު