Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލުކާކޫ އާއި ރޮނާލްޑޯ އަޅާކިޔުން

ރޮނާލްޑޯއާ އަހަންނާ އަޅާ ނުކިޔޭނެ: ލުކާކޫ

7 ސެޕްޓެމްބަރު 2021 | އަންގާރަ 02:12

ރޮނާލްޑޯއަކީ މުޅިން އެހެން ފެންވަރެއްގެ ކުޅުންތެރިއެއް ކަމަށް ލުކާކޫ ބުނި

އަތޫފް އާތިފް
އަތޫފް އާތިފް | 7 ސެޕްޓެމްބަރު 2021 | އަންގާރަ 02:12
ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އޭނާއާ އަޅާކިޔޭނެ ކުޅުންތެރިއެއް ނޫން ކަމަށް މި ސީޒަނުގައި ޗެލްސީއަށް ބަދަލުވި ބެލްޖިއަމުގެ ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފިއެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ޔުވެންޓަސް ދޫކޮށް އޭނާގެ ކުރީގެ ކުލަބު ޔުނައިޓެޑަށް ބަދަލުވެފައެވެ. އެހެންކަމުން ރޮނާލްޑޯ އަލުން ޔުނައިޓެޑުގެ ޖޯޒީގައި ފެނިގެންދާނީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

އަދި މި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 28 އަހަރުގެ ލުކާކޫ އަލުން އަނބުރާ ޗެލްސީއަށް ބަދަލުވީ އިންޓަ މިލާން ދޫކޮށެވެ. ލުކާކޫ ގަންނަން ޗެލްސީން 97.5 މިލިޔަން ޕައުންޑުގެ ފީއެއް ދެއްކުމާއެކު، އޭނާ ވެފައިވަނީ ޗެލްސީގެ ތާރީޚުގައި އެންމެ އަގުބޮޑުކޮށް ގެނައި ކުޅުންތެރިޔާއަށެވެ. އަދި ލުކާކޫ އަކީ ޕްރިމިއާ ލީގުގެ ކުލަބަކުން ދެވަނައަށް އެންމެ އަގުބޮޑުކޮށް ހޯދި ކުޅުންތެރިޔާއެވެ. 

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލުކާކޫ ބުނީ ރޮނާލްޑޯއަކީ މުޅިން އެހެން ފެންވަރެއްގެ ކުޅުންތެރިއެއް ކަމަށާއި، ފާއިތުވެދިޔަ 15 އަހަރު އޭނާ އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި އޭނާއާ ރޮނާލްޑޯއާ އަޅާ ނުކިޔޭނެ ކަމަށްވެސް ބުންޏެވެ.

ލުކާކޫ ބުނީ ރޮނާލްޑޯއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ތިން ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި، އަދި އެއް ފެންވަރެއްގައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުޅެފައި ކަމަށެވެ. މީގެ އިތުރުން ރޮނާލްޑޯ މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަކީ އޭނާއަށް މިހާތަނަށް ހޯދިފައިނުވާ ކާމިޔާބީތަކެއް ކަމަށާއި، ރިކޯޑުތަކުން އެކަނިވެސް ރޮނާލްޑޯއަކީ އޭނާއާ އަޅާކިޔޭނެ ކުޅުންތެރިއެއް ނޫންކަން އެނގޭނެ ކަމަށްވެސް ލުކާކޫ ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑް މިހާތަނަށް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަލުން އަނބުރާ ޔުނައިޓެޑާ ގުޅުނުއިރު، އޭނާ ވަނީ އެ ޓީމުގައި ހުރެވެސް ބަލޮންޑޯ އެވޯޑެއް ހޯދާފައެވެ. އަދި މީގެ ކުރިން ޔުނައިޓެޑަށް ކުޅެދިން ހަ އަހަރުގެ ތެރޭ ރޮނާލްޑޯ ވަނީ އެ ޓީމާއެކު ނުވަ ތަށި ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމަށް ކުޅެދިން 292 މެޗުގައި ވަނީ 118 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ޖޫން 2017

ކޭން ބޭނުން ވަނީ ރޮނާލްޑޯއާ އެއް ލެވަލްއަކަށް އަންނަން

09 ޖޫން 2017
ކޭން ބޭނުން ވަނީ ރޮނާލްޑޯއާ އެއް ލެވަލްއަކަށް އަންނަން
09 ޖޫން 2017

ކޯސްޓާ ރިޕްލޭސް ކުރުމަށް ޗެލްސީން ލުކާކޫ ހޯދުމަށް 100 މިލިއަން ޕައުންޑު ހުށަހަޅައިފި

09 ޖޫން 2017
ކޯސްޓާ ރިޕްލޭސް ކުރުމަށް ޗެލްސީން ލުކާކޫ ހޯދުމަށް 100 މިލިއަން ޕައުންޑު ހުށަހަޅައިފި
06 ޖޫން 2017

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

06 ޖޫން 2017
އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ
03 ޖޫން 2017

ރާޅާ އަޅާ މީހުންގެ ހެދުން އީޖާދު ކުރި ޖެކް އޯނީލް މަރުވެއްޖެ

03 ޖޫން 2017
ރާޅާ އަޅާ މީހުންގެ ހެދުން އީޖާދު ކުރި ޖެކް އޯނީލް މަރުވެއްޖެ
30 އެޕްރީލު 2017

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

30 އެޕްރީލު 2017
ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި
26 އެޕްރީލު 2017

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

26 އެޕްރީލު 2017
ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި
12 އެޕްރީލު 2017

އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ

12 އެޕްރީލު 2017
އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ
01 އެޕްރީލު 2017

މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ

01 އެޕްރީލު 2017
މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް