Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑަންގަލް

ޗައިނާގެ ފެމިނިސްޓުން "ޑަންގަލް" އަށް ފާޑުކިޔައިފި

އެމީހުން ބުނަނީ އެއީ އަންހެނުން އަޅުވެތިކުރުވާ ތަން ދައްކާ ފިލްމެއްކަމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 21 މެއި 2017 | އާދީއްތަ 09:33
ޑަންގަލް

ޑަންގަލް

ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ޑަންގަލް" އަށް ޗައިނާގެ ފެމިނިސްޓުން ފާޑުކިޔައިފިއެވެ. ޗައިނާގެ ފެމިނިސްޓުން ބުނީ އެ ފިލްމަކީ އަންހެނުން އަޅުވެތިކޮށް ތިބުމަށް މުޖުތަމައުއަށް ދެއްކުމަށް ހަދާފައިވާ ފިލްމެއްކަމަށެވެ. އަންހެން ދަރިންނަށް އެއްވެސް މިނިވަންކަމެއް ނެތްކަމާއި އަންހެން ދަރިންނަކީ ބައްޕަގެ އަޅުވެތިކަމުގައި ތިބެންޖެހޭ ބައެއްކަން އެ ފިލްމުން ދޭހާވާކަމަށް އެމީހުން ބުންޏެވެ. އެދަރިންގެ ހަޔާތުގައި ބައްޕަ ބޭނުންވާހާ ގޮތަކަށް މުސްތަގުބަލު ކުރިއަށް ނުގެންދެވޭނެކަމަށާއި އެކަންތައްތަކަށް ނުފޫޒު ފޯރުވަން އެ ފިލްމުން ބައްޕައިންނަށް ހިތްވަރު ލިބޭކަމަށް ފެމިނިސްޓުން ބުނެފައިވެއެވެ.

ޗައިނާގެ ފެމިނިސްޓުން މިފިލްމަށް ފާޑު ކިޔައިފައިވީނަމަވެސް މި ފިލްމު ޗައިނާގައި ދަނީ ބޮޑު ކާމިޔާބެއް ހޯދަމުންނެވެ. ޗައިނާގެ 9000 ސްކްރީނެއްގައި "ޑަންގަލް" އަޅުވާފައިވާއިރު މި ފިލްމު އެޅުވިތާ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ވަނީ 100 މިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ވަނީ ލިބިފައެވެ.

"ޑަންގަލް" އަކީ ރެސްލިން ތެޅުންތެރިޔާ މަހާވީރް ސިންގް ޕޯގަތް އޭނާގެ ގޭގައި ދެ އަންހެން ކުދިންނަށް ރެސްލިންތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބީއާ ހަމައަށް ގެންގޮސްދިނުމަށް ކުރާ މަސައްކަތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އާމިރާ އެކު އޭނާގެ ދެ އަންހެން ދަރިންގެ ރޯލުން ފެނިގެންދަނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވި ފާތިމާ ސަނާ ޝައިޚް އާއި ސަނާޔާ މަލްހޯތުރާ އެވެ..

އިންޑިއާގެ ސިނަމާ ތަކުގައި މިދިޔަ ޑިސެމްބަރު މަހު "ޑަންގަލް" އެޅުވި ފަހުން މިފިލްމަށް ވަނީ 385 ކްރޯޑްގެ ބޮޑު ފައިދާއެއް ލިބިފަ އެވެ. މިފިލްމަށް ވަނީ ގިނަ އެވޯޑްތައް ވެސް ލިބިފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ބެއިޖިން އިންޓަނޭޝަން ފިލްމު ފެސްޓިވަލްގައި "ޑަންގަލް"  ދައްކާލަން ހަމަޖެހިއްޖެ

19 އެޕްރީލު 2017
ބެއިޖިން އިންޓަނޭޝަން ފިލްމު ފެސްޓިވަލްގައި "ޑަންގަލް"  ދައްކާލަން ހަމަޖެހިއްޖެ
18 އެޕްރީލު 2017

"ޑަންގަލް" އައިފާއަށް ނޯމިނޭޓެއް ނުވި

18 އެޕްރީލު 2017
"ޑަންގަލް" އައިފާއަށް ނޯމިނޭޓެއް ނުވި
15 އެޕްރީލު 2017

އާމިރުޚާންގެ "ޑަންގަލް" ޗައިނާއަށް

15 އެޕްރީލު 2017
އާމިރުޚާންގެ "ޑަންގަލް" ޗައިނާއަށް
07 އެޕްރީލު 2017

އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ

07 އެޕްރީލު 2017
އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު