Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި

މިހަފްލާގައި  އަންހެނުން ކިރަން ރާއޯ ބައިވެރިވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2017 | އާދީއްތަ 11:16
އާމިރު ޚާން އާއި ޑަންގަލްގައި ހަރަކާތްތެރިވާ ތަރިން

އާމިރު ޚާން އާއި ޑަންގަލްގައި ހަރަކާތްތެރިވާ ތަރިން

ބޮލީވުޑްގެ އެހެން ސްޓާރުންނާއި ތަފާތުކޮށް ކަންކުރަމުންގެންދާ އާމިރު ޚާން އޭނާގެ ފިލްމް "ޑަންގަލް" ރިލީޒް ކުރިތާ 40 ދުވަސް ފަހުން ފިލްމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މިހަފްލާގައި އާމިރާ ޚާނާއެކު އޭނާހެ އަންހެނުން ކިރަން ރާއޯ އަދި އަންހެން ދަރިފުޅު ވަނީ ބައްޕަގެ ކާމިޔާބީގައި ބައިވެރިވެފައެވެ. އަދި ޑަންގަލް އިން ފެނިގެންދިޔަ ފާތިމާ ސަނާ ޝައިޚް އަދި ސަނާޔާ މަލޯތްރާ ވެސް ވަނީ ފިލުމްގައި މަންމަގެ ރޯލް އަދާކުރި ޝާކްޝީ ތަންވާރު އާއި އެކު ރެޑްކާޕެޓުން ފެނިގެން ގޮސްފައެވެ.

ޑައިރެކްޓަރ ނިތޭޝް ތިވާރީ ވަނީ އޭނާގެ އަންހެނުން އަޝްވިނީއާއެކު ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ފިލްމުގެ ކާމިޔާބީ ހަފްލާގައި ބައިވެރި ބޮލީވުޑް ފަންނާނުގެ ތެރޭގައި މަޝްހޫރު ފިލްމް މޭކަރ ކަރަން ޖޯހަރާއި ، ލަވަ ކިޔުންތެރިޔާ އަޝާ ބޯސްލޭ އަދި ރޭކާވެސް ވަނީ ފެނިގެން ގޮސްފައެވެ.

އަދި ވިދްޔާ ބާލަން އާއި އޭނާގެ ފިރިމީހާ ސިދާތް ރޯއީ ކަޕޫރާއި، އާލިޔާ ބަޓް، ޝާހިދް ކަޕޫރާއި އަންހެނުން މީރާ، ކްރިތީ ސެނޯން، ސަނީލިއޯން، ދިއާ މިރްޒާ އާއި ލާރާދއްތާވެސް ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ޖީތަންދުރާއާއި އޭނާގެ ދަރިފުޅު ތުޝާރް ކަޕޫރު، އަނިލް ކަޕޫރު، ކަޕިލް ޝަރުމާ، ރަންދިލް ކަޕޫރު، އިމްރާން ޚާން އަދި ރަންދީޕް ހޫދާ ވަނީ ބައިވެރިވެފައެވެ.

އާމިރްހާން ބުނީ މިކާމިޔާބަކީ "ޑަންގަލް"ގެ މުޅި ޓީމުގެ އެހީއާއެކު ލިބުނު ކަމިޔާބެއް ކަމުން މިކަމަކީ ފާހަގަ ނުކޮށް ދޫކޮށްލެވޭ ވަރަށް ވުރެވެސް މާބޮޑު ކަމެއް ކަމަށެވެ. އަދި އޭނާގެ ސަޕޯޓަރުންނަށް އާމިރު ވަނީ ހަފްލާގައި ޝުކުރު އަދާކޮށްފަ އެވެ. މީގެ އިތުރުން އާމިރް ބުނީ ޑަންގާލްއާ އެންމެ ކައިރި ކުރާ އާމްދަނީއެއް އެންމެ ފަހުން ލިބުނީވެސް އޭނާ އުފެއްދި ފިލްމެއް ކަމަށްވާ "ޕީކޭ" އަށް ކަމަށެވެ. ޕީކޭއަށް 350 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

ނަމަވެސް އެރިކޯޑް މުގުރާލުމުގެ ޝަރަފް ވެސް އަނެއްކާވެސް ލިބުނީ އޭނާގެ އެހެން ފިލްމަކަށް ވުމުން މިއީ އޭނާގެ ފިލްމީ ހަޔާތުގައި ލިބގެންދިޔަ އެންމެ ބޮޑު ކާމިޔާބު ކަމަށްވެސް އާމިރު ވަނީ ބުނެފަ އެވެ.

"ޑަންގަލް" ވަނީ ބޮލީވުޑްގެ ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު ފައިދާ ހޯދި ފިލްމެއްގެ ގޮތުގައި ރެކޯޑެއް ހަދާފަ އެވެ.

ސިނަމާ ތަކުގައި މިދިޔަ ޑިސެމްބަރު މަހު "ޑަންގަލް" އެޅުވި ފަހުން މިފިލްމަށް ވަނީ 385 ކްރޯޑްގެ ބޮޑު ފައިދާއެއް ލިބިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
"ޑަންގަލް" ގެ ކާމިޔަބަށް ފަހު ޑައިރެކްޓަރ ނިތޭޝް އާފިލްމަށް ތައްޔާރު ވަނީ

"ޑަންގަލް" ގެ ކާމިޔަބަށް ފަހު ޑައިރެކްޓަރ ނިތޭޝް އާފިލްމަށް ތައްޔާރު ވަނީ

08 ފެބުރުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
 އެންމެ މޮޅު ފިލްމަކަށް ޑަންގަލް

އެންމެ މޮޅު ފިލްމަކަށް ޑަންގަލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު