Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު"ޑަންގަލް"

ބެއިޖިން އިންޓަނޭޝަން ފިލްމު ފެސްޓިވަލްގައި "ޑަންގަލް"  ދައްކާލަން ހަމަޖެހިއްޖެ

މި ފެސްޓިވަލް އޮންނާނީ އަންނަ މަހު ޗައިނާގެ ބެއިޖިންގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 އެޕްރީލު 2017 | ބުދަ 11:29
ޑަންގަލް

ޑަންގަލް

ބޮކްސް އޮފީހުގެ ހުރިހާ ރެކޯޑްތައް މުގުރައި، އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ ރެކޯޑާ އެކު "ޑަންގަލް" ޗައިނާގައި ބާއްވާ ބެއިޖިން އިންޓަނޭޝަން ފިލްމު ފެސްޓިވަލްގައި ދެއްކުމަށް ހަމަޖެހިއްޖެއެވެ.

މި ފެސްޓިވަލް އޮންނާނީ އަންނަ މަހު ޗައިނާގެ ބެއިޖިންގައެވެ. ސުޕަސްޓާ އާމިރް ޚާންގެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިކުތް ފިލްމު "ޑަންގަލް" އަކީ މިހާތަނަށް ނިކުތް އެންމެ ކާމިޔާބު ހިންދީ ފިލްމެވެ.

އަންނަ މަހު ޗައިނާގެ ބެއިޖިންގައި ބާއްވާ ބެއިޖިން އިންޓަނޭޝަން ފިލްމު ފެސްޓިވަލްގައި "ޑަންގަލް" ދައްކާލަން ހަމަޖެހިފައިވާއިރު، ޗައިނާގެ އެކި ހިސާބުތަކުގައި މި ފިލްމު ދައްކަން ފަށާނީ އަންނަ މަހު އެވެ.

މި ފިލްމު ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން އާމިރް ވަނީ އިންޑިއާ އާއި ޗައިނާގެ ފިލްމުތައް ވެސް ދެ ގައުމުގައި ދެއްކޭނެ ހަރުދަނާ ގޮތްތަކެއް ކުރިއަށް އޮތް ތަނުގައި ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް ބުނެފަ އެވެ.

"ޑަންގަލް" ގެ ކުރިން ރިލީޒްވި އާމިރްގެ "ޕީކޭ" އާއި "3 އިޑިއަޓްސް" އަދި "ދޫމް 3" ވެސް ޗައިނާގެ ގައި ރިލީޒްކޮށް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.

އާމިރް ފިލްމުތަކަށް ޗައިނާއިން މީގެ ކުރިން ލިބިފައިވާ ތަރުހީބާއި އާމްދަނީއަށް ބަލައި، ކުރިއަށް އޮތް ތަނުގައި ވެސް "ޑަންގަލް" ގެ އާމްދަނީ ބޮޑުތަން އިތުރު ވެގެންދާނެ ކަމަށް ބެލެވެ އެވެ.

"ޑަންގަލް" އަކީ ރެސްލިން ތެޅުންތެރިޔާ މަހާވީރް ސިންގް ޕޯގަތް އޭނާގެ ގޭގައި ދެ އަންހެން ކުދިންނަށް ރެސްލިންތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބީއާ ހަމައަށް ގެންގޮސްދިނުމަށް ކުރާ މަސައްކަތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްުމުގައި އާމިރާ އެކު އޭނާގެ ދެ އަންހެން ދަރިންގެ ރޯލުން ފެނިގެންދަނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވި ފާތިމާ ސަނާ ޝައިޚް އާއި ސަނާޔާ މަލްހޯތުރާ އެވެ.

"ޑަންގަލް" ވަނީ ބޮލީވުޑްގެ ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު ފައިދާ ހޯދި ފިލްމެއްގެ ގޮތުގައި ރެކޯޑެއް ހަދާފަ އެވެ.

ސިނަމާ ތަކުގައި މިދިޔަ ޑިސެމްބަރު މަހު "ޑަންގަލް" އެޅުވި ފަހުން މިފިލްމަށް ވަނީ 385 ކްރޯޑްގެ ބޮޑު ފައިދާއެއް ލިބިފަ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
15 ޖެނުއަރީ 2017

އެންމެ މޮޅު ފިލްމަކަށް ޑަންގަލް

15 ޖެނުއަރީ 2017
 އެންމެ މޮޅު ފިލްމަކަށް ޑަންގަލް
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު