Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑަންގަލް

"ޑަންގަލް" އައިފާއަށް ނޯމިނޭޓެއް ނުވި

އައިފާ އެވޯޑް ހަފްލާ އޮންނާނީ ނިއުޔޯކްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 އެޕްރީލު 2017 | އަންގާރަ 11:33
ޑަންގަލް

ޑަންގަލް

އާމިރު ޚާންގެ "ޑަންގަލް"އަކީ މިދިޔަ އަހަރުގައި ނިކުތް ބޮލީވުޑްގެ ފިލްމުގެ ތެރެއިން ފާހަގަކޮށް ލެވޭ އެއް ފިލްމެވެ.

އެފިލްމު ވަނީ 380 ކުރޯޑް ރުޕީސް ހޯދައި އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މިހާތަނަށް ފިލްމަކަށް ލިބުނު އެންމެ ބޮޑު ފައިދާ ހޯދާފައެވެ.

މުޅިދުނިޔޭގައި ވެސް މި ފިލްމުގެ މަގުބޫލުކަން ބޮޑެވެ. އެހެން ނަމަވެސް 18 ވަނަ އައިފާ އެވޯޑްގެ ނޮމިނޭޝަންތައް ހޯމަ ދުވަހު އާންމުކޮށްފައިވާއިރު އެވޯޑްގެ އެއްވެސް ބަޔަކުން "ޑަންގަލް" ނޮމިނޭޓެއް ނުވިއެވެ.

މިކަންވީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށެވެ. އާމިރަށް މި ފިލްމުން އެންމެ މޮޅު އެކްޓަރުގެ އެވޯޑް އަދި އެންމެ މޮޅު ފިލްމް ކެޓަގަރީ "ޑަންގަލް" ނޮމިނޭޓް ވާނެ ކަމަށް އުންމީދުކޮށްގެން ތިބި ނަމަވެސް ނޮމިނޭޓްވެފައެއް ނުވެއެވެ.

"ޑަންގަލް"އަކީ ބޮކްސިން ކުޅޭ މީހެއްގެ ހުވަފެން ހަގީގަތަކަށް ހަދައި، އިންޑިއާއަށް ރެސްލިންގައި ރަން މެޑެލް ހޯދައިދިން އަންހެން ދަރިއަކު އުޅޭ ގޮތް ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގައި ބޮލީވުޑަށް އަލަށް ތައާރަފްވި ފާތިމަތު ސަނާ އާއި ސާންޔާ މަލްހޯތްރާ ފެނިގެން ދެއެވެ.

މި އަހަރުގެ އައިފާ އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ވޯޓު ދިނުމަށް ބޭއްވި ހަފްލާގައި ބައިވެރިވި ފަންނާނުންގެ ތެރެއިން ކްރީތީ ސަނޮން އާއި އާލިއާ ބަޓްގެ އިތުރުން ޝިލްޕާ ޝެޓީ ވަނީ އައިފާ އެވޯޑުން އާމިރް ޚާންގެ "ޑަންގަލް" ނޮމިނޭޓް ނުވުންއެއީ ބޮޑު ހައިރާންކަމެއް އެމީހުންނަށް ލިބުނު ކަމެއް ކަމަށް ބުނެފަ އެވެ.

މިއަހަރުގެ ޖޫންމަހުގެ 14 އިން 15 އަށް ބާއްވާ އައިފާ އެވޯޑް ހަފްލާ އޮންނާނީ ނިއުޔޯކްގައެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އާމިރުޚާންގެ "ޑަންގަލް" ޗައިނާއަށް

15 އެޕްރީލު 2017
އާމިރުޚާންގެ "ޑަންގަލް" ޗައިނާއަށް
10 އެޕްރީލު 2017

އަކްޝޭއަށް ނެޝަނަލް އެވޯޑް ލިބުމުން ފާޑުކިޔަންޖެޭހޭ ސަބަބެއް ނުވިސްނުނު: ޕްރިޔާދަރްޝަން

10 އެޕްރީލު 2017
އަކްޝޭއަށް ނެޝަނަލް އެވޯޑް ލިބުމުން ފާޑުކިޔަންޖެޭހޭ ސަބަބެއް ނުވިސްނުނު: ޕްރިޔާދަރްޝަން
07 އެޕްރީލު 2017

އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ

07 އެޕްރީލު 2017
އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ
05 އެޕްރީލު 2017

ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

05 އެޕްރީލު 2017
ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު